އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ އެހީތެރިކަމުގަ ތަނަވަސްކަން ލިބުނީމަ ޣައްދާރުވާ ފިރިންނަށް މިއީ އަގުހުރި ފިލާވަޅެއް! ނިކަމެތިވާ އަންހެނުންނަށް ހިތްވަރެއް!

ޢިބްރަތްތެރި ވާހަކަ: އަނބިމީހާގެ އެހީތެރިކަމުގަ ތަނަވަސްކަން ލިބުނީމަ ޣައްދާރުވާ ފިރިންނަށް މިއީ އަގުހުރި ފިލާވަޅެއް! ނިކަމެތިވާ އަންހެނުންނަށް ހިތްވަރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 58 ސިކުންތު

އަޅުގަނޑުމެންގެ ކައިވެނިކުރެވުނުއިރު ފިރިމީހާ ކޮންމެ ހަފްތާއަކުހެން ކޯޓަށް ގެންދެއެވެ. އެއީ ދަރަނި ނުދައްކާތީއެވެ. ދުވާލަކު 2، 3 މީހުން އޭނާ ހޯދަން ގެއަށްވެސް އާދެއެވެ. ހަމަ ފައިސާގެ މައްސަލަތަކުގައެވެ. އަބަދު ހުންނަން ޖެހުނީ އެކަމާހުރެ ބޯގޮވައިފައެވެ. 

އޭނާދެކެ ލޯބިވެވުނު ވަރުން އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވެދިނީމެވެ. ދަރަނިތައް އަދާކުރަން ޢާއިލާގެ މީހުން އަތުން ފައިސާވެސް ހޯދައިދިނީމެވެ. އެއިގެ އިތުރުން ވިޔަފާރިކުރާނެ ފައިސާވެސް ހޯދައިދިނީމެވެ. 2 ފިހާރައިގެ ހިސާބުތައް ބަލަހައްޓައިދީ އެހީތެރިވީމެވެ. 

މިވީ 6 އަކަ އަހަރެވެ. މިހާރު އޭނާއަކީ ތަނަވަސް މީހެކެވެ. ދަރަނިތަކުން ސަލާމަތްވެވި ތަނަވަސްކަން ލިބުމުން މިހާރު ޒުވާން ކުއްޖަކާ 2 އަންތބަށް ކައިވެނިކޮށްފިއެވެ. ކައިވެނީގެ ކުރިން 2 އަހަރު ބެހެއްޓީ ވަރަށް ދުރުކޮށްފައެވެ. މިހާރު އަޅުގަނޑަކީ އޭނާގެ ކުރިމަތީގައި އެއްވެސް މީހެއް ނޫނެވެ. ކާންބޯންދެއެވެ. އެހެން އެއްވެސް ގުޅުމެއް ނުބާއްވައެވެ. 

އަޅުގަނޑުގެ މިހާރުގެ ޢުމުރަނީ 33 އަހަރެވެ. ވީމާ ޢުމުރުން ދެން އޮތް ދުވަސްތައް މިޙާލުގައި ހޭދަކުރާކަށް އަމިއްލަ ޒަމީރު ޤަބޫލެއް ނުކުރެއެވެ. ހުރީ އެންމެ ކުއްޖެކެވެ. ﷲ އިރާދަކުރެއްވިއްޔާ އެކުއްޖާވެސް ބެލޭނެއެވެ. އަޅުގަނޑުގެ ސުވާލަކީ މިޙާލަތުގައި އޮތީ ކެތްކުރުންތޯއެވެ؟ ކެތްކުރަން ވެއްޖެނަމަ ހުރިހާ ފޮތަކުން ވެސް އަޅުގަނޑުގެ ދުވަސް ހިނގައިދާނެއެވެ. ވީމާ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ 

ކިޔުންތެރިޔާގެ މައްސަލަ 2 ފަރާތަކަށް ޙިއްޞާކުރުމުންވެސް ދިން ލަފައަކީ ތިއަފަދަ ފިރިއަކު އިޞްލާޙް ވުމަކީ ނާދިރުކަމެއް ކަމަށާއި ނަމަވެސް އިޞްލާޙްވާން މުއްދަތެއް ދިނުން ރަނގަޅު ކަމަށެވެ. އެމުއްދަތުގައި އެދެވޭ ބަދަލެއް ނުފެނިއްޖެނަމަ ވަކިވެ އަލުން ދިރިއުޅުމެއް ފެށުން ބުއްދިވެރިކަމަށެވެ. އަދި ފުރަތަމަ ކަމަކަށް އިސްތިޚާރާ ކުރަންވާނެ ކަމަށެވެ. ޢުމުރުން ދެން އޮތްބައިގައި އުފާވެރި ޙަޔާތެއް ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެ ކަމަށެވެ. 

ތިރީގައިވާ ވާހަކައަކީވެސް ކިޔުންތެރިޔާއަށް ދިމާވި ޙާލަތާއި ގުޅުންހުރި ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. 

އަހަރެމެންގެ ކައިވެނިކުރެވުނުއިރުވެސް ފިރިމީހާ ކުދިކުދިވިޔަފާރިކުރެއެވެ. ނަމަވެސް މަސައްކަތްކުރަމުން އައީ ވަރަށް ދަތިޙާލުގައެވެ. ކުންފުނި ހިންގާ އިމާރާތުގެ ކުލިވެސް އޮންނަނީ ޤަވާއިދުން ނުދެއްކިފައެވެ. ބިލްތައް ވެސް ހުންނަނީ ނުދެއްކި ފުނިޖެހިފައެވެ. 

އަހަރެން ފިރިމީހާއަށް އެހީތެރިވީމެވެ. ފިރިމީހާކުރާ މަސައްކަތުގައިބައިވެރިވީމެވެ. ލިބޭ އޯޑަރުތައް އިތުރުކުރަން މަސައްކަތްކުރީމެވެ. ފިރިމީހާއަށް ކަންކަން ކުރާނެގޮތް ބުނެދީ ވިސްނައިދިނީމެވެ. ނަތީޖާއަކަށްވީ  ވިޔަފާރިކުރިއަރަންފެށުމެވެ. 10 ވަރަކަށް އަހަރުގެ ތެރޭގައި ފިރިމީހާގެ ކުންފުނި ވަނީ މިލިއަނުން ފައިދާ ލިބޭ ކުންފުނިތަކުގެ ލިސްޓުގައެވެ. 

އެހިސާބުން ފިރިމީހާ ބޭނުންވީ އަހަރެން އޮފީހަށް ނުގޮސް ގޭގައި ދަރިންގާތު މަޑުކުރުމަށެވެ. އަހަރެން އެކަންވެސް ޤަބޫލުކުރީމެވެ. އެގޮތަށް އުޅެންފެށިތާ ދުވަސްކޮޅެއްފަހުން ފިރިމީހާއަށް އަންގައިވެސް ނުލައި އޮފީހަށް ދިއައިމެވެ. ކޮންމެހެން ވަކިކަމެއް ވެގެނެއް ނޫނެވެ. ހަމަދެވުނީއެވެ. 

ގޮސް ފިރިމީހާގެ ކެބިނަށް ވަންއިރު ފިރިމީހާ ހުރީ ސެކެޓްރީގެ ގައިގައި ބައްދައިގަނެގެންނެވެ. ދެމީހުން ލޯބިކުރަނީއެވެ. އަހަރެންނަށް ރޯންފެށުނެވެ. އަދި ކައިވެންޏަށް މިހައި ގިނަ ދުވަސްވެ ކަލޭގެ ވިޔަފާރިއަށް މިބޮޑު ކުރިއެރުން ލިބުމުން އަނބިމީހާގެ އިތުރުން މިކުރިއެރުން ހޯދައިދޭން އެންމެ ބޮޑަށް މަސައްކަތްކުރި މީހާއަށް ދޭންފެނުނު އިނާމަކީ ތިއައީތޯ ސުވާލުކުރީމެވެ. 

ޖަވާބުގައި ފިރިމީހާ ބުނީ "ކާމިޔާބު ކޮންމެ ވިޔަފާރިވެރިއަކު ވެސް އަނބިމީހާއަށް މަކަރުހަދާނެކަން އެނގެންވާނެ" ކަމަށެވެ. 

އަހަރެން ބުނީމެވެ. "ތިއަ ޖަވާބުން ފުދިއްޖެއެވެ. ހަމައެކަނި އެންމެ ވާހަކައެއް ބުނެލާނަމެވެ. ޓެކްސް ދައްކާނެ ފައިސާ ނެތިގެން ބަންދުކުރާ ހާލަތަށް ދިއުމުން ވެޑިންގ ރިންގާއި މައިންބަފައިން އަތުން ލިބުނު ގަހަނާ ވިއްކައި ޓެކްސް ދައްކައިދިންކަމުގެ އަގު ވަރަށް ރަނގަޅަށް ލިބިއްޖެއެވެ. ވެޑިންގ ރިންގުގެ ބަދަލުގަ އެއަށްވުރެ އަގުހުރި ރިންގެއް ދޭނެކަމަށް އެދުވަހު ބުނި ނަމަވެސް އަދިވެސް ނުދެމެއް ނޫންހެއްޔެވެ؟ ވީމާ އެދަރަނިވެސް މާފުކޮށްފީމެވެ. އެއްވެސް އެއްޗެއް އިތުރަށް ބޭނުމެއް ނޫނެވެ. އައިކާރުގެ ތަޅުދަނޑިވެސް މިއޮތީއެވެ. ކޭޝްކާޑުވެސް މިއޮތީއެވެ. ޢުމުރަށް ސަލާމެވެ! އަހަރެން މިދަނީއެވެ!" 

ޓެކްސީއަކަށް އަރައިގެން އަހަރެން ދިއައީ މައިންބަފައިންގެ ގެއަށެވެ. ހިތްވަރު އެލުވައެއް ނުލަމެވެ. ތެދަށްބުނާނަމަ އަތުގައި އޮތީ ހަމައެކަނި ދަބަހުގައި ހުރި ވަކި ރިޔާލަކޮޅެވެ. 

އަހަރެންގެ ބޮޑުބޭބެއަކީ ވެސް ތަނަވަސް މީހެކެވެ. އޭނާގެ ކިބައިން ވަޒީފާއަކަށް އެދުމުން އޭނާ އަހަރެންނަށް އެހީތެރިވިއެވެ. އަމިއްލައަށް މަސައްކަތެއް ފެށުން މާރަނގަޅުވާނެކަމަށްބުނެ ފަށައިގަނެވޭވަރުގެ ކުޑަ ކެޕިޓަލެއް އަނބުރާދައްކާގޮތަށް ދިނެވެ. 

މަސައްކަތް ފެށިތާ 3 ވަނަ އަހަރު އެއްދުވަހު މެންދުރު ގެއަށްދާން ނުކުތްއިރު މަގުމަތގައި ފިރިހެނަކު ބަލަހައްޓައިގެން ހުއްޓެވެ. ފިރިމީހާ އާއި ވަރަށް ވައްތަރެވެ. ނަމަވެސް މާހިއްކެވެ. ލައިގެންވެސް ހުރީ ވަރަށް އާދައިގެ ޓީޝާޓެކެވެ. އެހެންވެ އެއީ ފިރިމީހާކަމަށް ނުވާނެކަމަށް ބަލައި ސަމާލުކަންވެސް ނުދީ ހިނގައިގަތުމުން އެމީހާ ފަހަތުން އައިސް ވާހަކަ ދައްކަން ފެށިއެވެ. 

"ޚަލީލާއެވެ. އަހަރެންނަށް މާފުކުރާށެވެ! އަހަރެންނަށް ކަންކަން ކުރެވުނީ ވަރަށް ގޯސްކޮށެވެ. ކުށްވެރިއަކި އަހަރެންނެވެ. އެކަމުގެ ޝަޒާއަކީ އަހަރެން ބަނގުރޫޓުވެސްވުމެވެ. މިއަދު އަހަރެންގެ އަތަކު އެއްވެސް މުދަލެއް ފައިސާއެއް ނެތެވެ. ސެކްޓްރ އަހަރެންގެ ތަނަވަސްކަން ބޭނުންކޮށްލާފައި ފިލައިފިއެވެ."

"ތިއައީ އަަހރެންނާ އެއްވެސް ވަރަކަށް ބެހޭ މައްސަލައެއް ނޫނެވެ. ތިއަ މައްސަލަ ހައްލުކުރަން ސެކެޓްރީ ހޯދައިގެން މަޝްވަރާކުރާށެވެ! ތެދުވެރި ކޮންމެ އަންހެނަކާއިއެކުގައިވެސް ﷲ ވޮޑިގެންވެއެވެ! ﷲ އަށް ތެދުވެރިވީމާ އަނިޔާލިބޭ މީހުންނަށް ސަލާމަތްކަން ދެއްވަވާނެތެވެ! ދެންވެސް ﷲ އަށް ތެދުވެރިވާށެވެ!"

އަހަރެންގެ އިންތިޒާރުގައި އަހަރެންގެ ކާރު އޮތެވެ. އެއީ އަހަރެން ވަރަށް ފަހުން ގަތް އެންމެފަހުގެ މާސީޑެޒް ބެންޒް އެންމެ އަގު ބޮޑު ކާރެކެވެ. ކާރަށް އަރަން ފެށުމުން އެއީ ހަމަ އަމިއްލަ ކާރެއްތޯ ސުވާލުކުރުމުން "ދާދިފަހުން ގަތް ކާރެއް" ކަމަށްބުނެފައި ހެޔޮދުޢާކުރަމުން އަހަރެން ދިއައީ ގެއަށެވެ.

ފިރިމީހާ ފަޤީރުވިކަން އެނގުމުން ކާރު ފޮނުވައިގެން 2 ދަރިން އަހަރެންގެ ގެއަށް ގެނެސްފީމެވެ. އެކަމަށް ފިރިމީހާ ދެކޮޅެއްވެސް ނުހަދައެވެ. މިހާރު ދިރިއުޅެމުން މިދަނީ 2 ދަރިންނާއިއެކު އަމިއްލަ ގޭގައެވެ. މިގޭގައި ފިރިމީހާއަށް އެއްވެސް ޖާގައެއް ނެތެވެ. ނުވެސް ދޭނަމެވެ. އިން ޝާ ﷲ

ލޮބުވެތި އުޚުތުންނޭވެ! ރަނގަޅު ފިރިން ވެސް ތިބޭނެއެވެ! ނަމަވެސް އަނިޔާވެރި ފިރިއަކު ލިބިއްޖެނަމަ އަވަހަށް ސަލާމަތްވާށެވެ! " ތެދުވެރި ކޮންމެ އަންހެނަކާއިއެކުގައިވެސް ﷲ ވޮޑިގެންވެއެވެ! ﷲ އަށް ތެދުވެރިވީމާ އަނިޔާވެރިންނަށް އަނިޔާއެއް ނުދެވޭނެއެވެ. ރިޒްޤް ދެނީ ފިރިމީހާއެއް ނޫނެވެ! ރިޒްޤްވެސް ތަނަވަސްކަން ދެއްވަވަނީ ﷲ އެވެ." މި ބަސް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! ހިތާމަކުރާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް