އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2 މީހުން، މި 2 ކަމަށް ނިޔަތްގަނެގެން ކުރެވުނު އެންމެ ކައިވެންޏެއްވެސް ފޭލްވެފައިވާނަމަ އެކަން ނިކަން އަންގާލަދީބަލާށެވެ!

2 މީހުން، މި 2 ކަމަށް ނިޔަތްގަނެގެން ކުރެވުނު އެންމެ ކައިވެންޏެއްވެސް ފޭލްވެފައިވާނަމަ އެކަން ނިކަން އަންގާލަދީބަލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ކައިވެނި ނުވަތަ ޒަވާޖީ ޙަޔާތް އެންމެ ބޮޑަށް ފޭލްވާ ސަބަބާއިމެދު ޚިޔާލުތަފާތުވެދާނެއެވެ. އެކި ޢިލްމުވެރިން އެކިގޮތަށް ބަޔާންކުރައްވަވައިފާނެއެވެ. އެއިން އެއްވެސް ޚިޔާލަކަށް ފާޑުކިޔާކަށް ނެތީމެވެ. އަހުރެން ދުނިޔޭގެ އެންމެންނާއި މިކުރަނީ ސުވާލެކެވެ. ނުވަތަ މިއެދެނީ އެންމެ ކަމަކަށެވެ.

"ކައިވެނި މިކުރަނީ އިސްލާމް ދީން ފުރިހަމަކުރުމަށް ކަމަށާއި ބައިވެރިޔާ ދެކެ ލޯބިމިވަނީ ﷲ ތަޢާލާއަށްޓަކައި" ކަމަށް އިޚްލާޞްތެރިކަމާއިއެކު ނިޔަތްގަނެގެން ކުރެވުނު އެންމެ ކައިވެންޏެއްވެސް ފޭލްވެފައިވާނަމަ އެކަން ނިކަން އަންގާލަދީބަލާށެވެ! ކައިވެނީގެ މައްސަލަތަކާއި ގުޅިގެން އަހުރެންނާއި ބައްދަލުކޮށް އެތައް ސަތޭކަ ބައަކު ކައުންސިލިންގ ހޯދައިފިއެވެ. ފޭލްވި ނުވަތަ މައްސަލަ ޖެހުނު އެއްވެސް ދެމަފިރިއަކު މިބަޔާންކުރި 2 ކަންތަކުގެ ބޭނުމުގައި ކައިވެނިކޮށްފައެއް ނުވެއެވެ. މާނައަކީ ﷲ ތަޢާލާއަށްޓަކާ އަނެކާދެކެ ލޯބިވެގެންނާއި އިސްލާމް ދީން ފުރިހަމަކުރުމުގެ ނިޔަތް އޮވެގެން ކުރި އެންމެ ކައިވެންޏެއްވެސް ފޭލްވެގެން އެކަމުގެ ޝަކުވާ ހުށަހަޅާފައި ނެތްކަމެވެ. 

މީސްތަކުންނޭވެ! އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އަނެކާދެކެ ލޯބިވެގެން ކައިވެނިނުކުރާށެވެ! އޭނާ ކިތަންމެ ރީތި ނަމަވެސް، ކަމުދިއަ ނަމަވެސް އޭނާދެކެ ލޯބިވާންވާނީ ﷲ ތަޢާލާއަށްޓަކައެވެ. އެއިރުން އޭނާދެކެވާ ލޯބީގެ ކުރިއަށް އޮންނާނީ ﷲ ތަޢާލާ ދެކެވާ ލޯތްބެވެ. ދެ މީހުންވެސް މިނިޔަތުގައި ކައިވެނިކޮށްފިނަމަ މައްސަލައެއް ޖެހުނަސް އަވަސްވެގަނެވޭނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ަމއްސަލަ ޙައްލުކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އެއިރުން ވަރިޢާއިދިމާއަށް ފުންމައިގަންނާކަށް ނުޖެހޭނެއެވެ. ވަރިއަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ކަންތައް ކަމުގައިވުމުން ވަރިޢާއި ކައިރިވާންވެސް ބިރުވެތިވާނެއެވެ. 

ދެން މިދެއްކީ އިސްލާމްދީން ފުރިހަމަކުރަން ކައިވެނިކުރާ ވާހަކައެވެ. އެއީ އާދައިގެ ވާހަކައެއް ނޫނެވެ. އިސްލާމް ދީން ފުރިހަމަކުރުމުގެ ނިޔަތުގައި ކައިވެނިކޮށް އަދި އެކަމަށް ޢަމަލުކުރާނަމަ ދެމީހުން ވާނީ އަނެކާގެ ދީން ފުރިހަމަކުރަން އެހީތެރިވެދޭ މީހާއަށެވެ. ނުވަތަ އެހީތެރިޔާއަށެވެ. އެފަދަ އެހީތެރިއަކު ދޫކޮށްލަން، ނުވަތަ އެމީހަކާއި ވަކިވާން ބޭނުންވާނީ ކާކުހެއްޔެވެ؟ 

ވީމާ ކައިވެނިކުރުމުގައި މިބަޔާންކުރި 2 ކަންތަކަށް، އިސްލާމް ދީން ފުރިހަމަކުރުމަށާއި ބައިވެރިޔާ ދެކެ ލޯބިމިވަނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ކަނޑައަޅައިގެން ކުރާ ކައިވެންޏެއްގައި މައްސަލައެއް ޖެހުން ވާނީ ހަމަ ވަރަށް ނާދިރު ކަމަކަށެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު