އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުން ޖައްސުވާފައިވާ އެންމެ ބޮޑެތި ވަބާތަކުގެ ތެރެއިން ވައްކަންކުރުން ގިނަވުން: ކުރާ ހުރިހާ ވައްކަން ރިޕޯޓްކުރާނަމަ ފުލުހުންގެ ފޯނުގެ ރިންގ މިހާރަކު ނުކެނޑޭނެ!

މަޖިލީހުން ޖައްސުވާފައިވާ އެންމެ ބޮޑެތި ވަބާތަކުގެ ތެރެއިން ވައްކަންކުރުން ގިނަވުން: ކުރާ ހުރިހާ ވައްކަން ރިޕޯޓްކުރާނަމަ ފުލުހުންގެ ފޯނުގެ ރިންގ މިހާރަކު ނުކެނޑޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

ވައްކަމެއް ކުރުމުން މިހާރު ފުލުހުންނަށް ރިޕޯޓް ކުރަނީ މަދުމީހެކެވެ. ގިނަ ބައަކު ބުނާ ގޮތުގައި އެއީ ރިޕޯޓްކޮށް ބަޔާންދޭން ދޭން އުފުލަންޖެހޭ ތަކްލީފާއި އެއްވަރުގެ ނަތީޖާއެއް ނުނެރެވޭތީއެވެ. ގެންގޮސްފައި ވަޤުތުން މިނިވަންކުރުމުން އެނބުރި އައިސް ދޭ ގެއްލުން ބޮޑުވީމައެވެ. 

ވައްކަންކުރުމަކީ މިހާރު އަދަބުލިބޭ ކުށެއް ނޫނެވެ. އެތައް އަހަރެއް ފަހުން ކުރަނީ ޖުރުމަނާއެކެވެ. އެގޮތުން ކުރާ ޖުރުމަނާ ނުދައްކައިގެން އެއްވެސް މީހަކަށް ފިޔަވަޅެއް އެލިކަން އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ.

ވައްކަންކުރުން ޢާންމުވެ، އެކަމަށް ނިރުކުޑަވެފައިވާ މިންވަރަކީ ﷲ ތަޢާލާގެ ގެކޮޅުތަކަށް، މިސްކިތްތަކަށް ހަދިޔާކޮށްފައި ހުންނަ ތަކެތި ވަގަށް ނަގަންވެސް ބިރެއް ނުގަނެއެވެ. އަދި އެފަދަ މައްސަލަތައް އަތުލައިގަނެ ފުލުހުންނަށް ރިޕޯޓްކުރުމުން މައްސަލަ ބަލައި ޘާބިތުވުމުން އެއްވެސް ފިޔަވަޅެއް ނުއަޅައި ދޫކޮށްލާފައިވެސް އެބަހުއްޓެވެ. 

މީގެ 3 ދުވަސްކުރިން މީހަކު ހެނދުނު 6 ނުޖަހަނީސް މިސްކިތެއްގައި 6 ފުޅި އަތަރު ބެހެއްޓިއެވެ. ފުޅީގެ ތިންބައިކުޅަ އެއްބައަށް އަޅާފައެވެ. މަޣްރިބް ނަމާދު ވަޤުތު ޖެހުނުއިރު އެންމެ ފުޅިއެއްވެސް ނެތެވެ.

ވައްކަންކުރުން މިހާރު ޢާންމުވެފައިވާވަރުން ގިނަ މީހުން ޤަބޫލުކުރާ ގޮތުގައި މާލެސިޓީގައި އެކަނި ކުރާ ވައްކަމުގެ ހުރިހާ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓްކުރާނަމަވެސް ރިޕޯޓްކުރަން ފުލުހުންނަށް ގުޅާ ފޯނުގެ ރިންގ ކެނޑޭނެ ވަޤުތެއް ނުއަންނާނެއެވެ. އަދި އަދި 10 ވަރަކަށް ފޯނުން ޖަވާބުދީގެން ނޫނީ ފޯނުކޯލުތައް ނުވެސް ނެގޭނެއެވެ. 

ދެން ބަލައިލަންވީ ވައްކަންކުރާމީހުންނަށް މަޖިލީހުން މިހައި ލުއި ގޮތެއް ހަމަޖައްސައިދިން ސަބަބަށެވެ. ބަރުބަރީ މިސްކިތުގައި އޮތް ފައިފުހި (3500 ރުފިޔާގެ) ވަގަށް ނަގައިގެން ގެންގޮސް ވިއްކައިލީ މެންބަރެއްގެ ސަފާރީއަކަށް އެންމެ 100 ރުފިޔާއަށެވެ. ފުލުހުންގެ ތަޙްޤީޤަށް ޘާބިތުވި ނަމަވެސް އެމައްސަލައަށް ވީގޮތެއް އަދިވެސް ނުއެނގެއެވެ. އެހެންވީމާ މަޖިލީހުން މިކަންކަން މިގޮތަށް ކުރަމުން މިގެންދާ ސަބަބު މިއޮތީ ފެންނަން ނޫންތޯއެވެ؟

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު