އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހެއްގެ ފިރިއަކާއި ގުޅުން ބޭއްވި އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައިވާނަމަ ތައުބާވުމަށް ޢަމަލުކުރަން އޮތްގޮތް: ޑރ. އިޔާޟް

މީހެއްގެ ފިރިއަކާއި ގުޅުން ބޭއްވި އެކަމުން ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައިވާނަމަ ތައުބާވުމަށް ޢަމަލުކުރަން އޮތްގޮތް: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 4 ސިކުންތު

އެންމެ ފުރަތަމަވެސް ދޭން އޮތް ނަޞޭޙަތަކީ މިފަދަ ވިޔާނުދާ ފާޙިޝް ޢަމަލުތަކުން ސަލާމަތްވެ ދުރުގައި ތިއްބަވާށެވެ. މިހެނީ މިފަދަކަންކަމަކީ ބޮޑެތި ފާފަތަކެވެ. އެފަދަ ނުބައި ޢަމަލެއްގެ މަތީ ހުއްޓާވެސް މަރު ތިމާޔާ ކުރިމަތިލުމަކީ ދުރުކަމެއްނޫނެވެ.

މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ އެ ޙައްޤުގެ ވެރިފަރާތުން މަޢާފަށް އެދެން ޖެހޭނެއެވެ. ތައުބާވެސް ވާންޖެހޭނެއެވެ. އެހެންނަމަވެސް ތިޔަވިދާޅުވި ޙާލަތުގައި މަޢާފަށް އެދުމުގެ ސަބަބުން މަޞްލަޙަތު ގެއްލިދާނެކަމުގެ ބިރުހީވާނަމަ ޙައްޤުގެ ވެރިޔާއަށް ހެޔޮދުޢާކޮށް އަދި ތިމާގެ ބޮލުގައި އެޅިފައިވާ އެހެންމީހުންގެ  ޙައްޤުތައް އުފުއްލަވައިދެއްވުން އެދި ﷲގެ ޙަޒުރަތުގައި ދުޢާކުރުން ހުއްޓެވެ.

ތައުބާވުމަކީ ކުރެވެމުންދާ ފާފައިން ދުރުވެ ﷲގެ ޙަޟްރަތަށް ރުޖޫޢަ ވެގަތުމެވެ. އަޅާ އަށް ފާފަކުރެވުމުން އޭނާ ތައުބާ ވެ ﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެނަމަ، ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާގެ ތައުބާ ޤަބޫލު ކުރައްވާނެއެވެ. އެހެންކަމުން ކިތަންމެ ބޮޑު ފާފައެއް ކުރެވުނު ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އޮތީ، އެއިލާހުގެ ރަޙްމަތާމެދު އުއްމީދު ކަނޑާލުމެއްނެތި ތައުބާގެ ޝަރުޠުތަކާއެކު އަވަހަށް ތައުބާވުމެވެ.

އަދި ފަރުޟު ފަސްނަމާދު ވަގުތުން އަދާކުރާށެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި ދީނީ ނަސޭހަތުގެ ދަރުސުތައް އަޑުއަހާށެވެ. ﷲ ތަޢާލާ ތިބާއާއި އަޅުގަނޑުމެންނަށް ފާފަފުއްސަވައި ތައުބާ ލައްވައި ރަޙްމަތް ލައްވާށިއެވެ.! އާމީން 

މީހެއްގެ ފިރިއެއްނަމަވެސް، ނުވަތަ އެހެން މީހަކާއި އެކުގައި ނަމަވެސް ކައިވެނިން ބޭރުގައި ގުޅުންބޭއްވުމަކީ ހުއްދަ ކަމެއް ނޫނެވެ. ވީމާ، ތިޔަ ކުރެވޭ ކަންތަކުން އަވަހަށް ތައުބާވެ ހެޔޮ ޢަމަލު ގިނަ ކުރުމަށް ނަޞޭޙަތްތެރިވަމެވެ. ތިޔަ ދެމީހުންގެ މެދުގައި ހިނގާފައިވާ ކަންތައް އިތުރުމީހަކަށް ނޭގޭ ކަމަށްވަނީނަމަ އެކަން ސިއްރުކޮށްފައި ބާއްވާށެވެ. އެއްވެސް މީހަކަށް އެވާހަކަތައް ކިޔައިނުދޭށެވެ. ފިރިހެންމީހާގެ އަނބިމީހާ އަށް ތިޔަކަމުގެ ޚަބަރު ލިބިފައިވަނީނަމަ، އޭނާގެ ގާތުން މާފަށް އެދޭށެވެ. ނޫންނަމަ، އެވާހަކަ އިތުރަށް ނުދައްކާ ސިއްރުކޮށްފައި ބާއްވާށެވެ.

ސުވާލުގެ ފަހަތުބައި ބުނެފައި ތިވަނީ އެފިރިހެން މީހާ އަކީ އޭނާގެ ޢާއިލާ އަށްވެސް އަދި އަނބިމީހާ އަށް ވެސް ވަފާތެރި މީހެއް ނޫން ކަމަށެވެ. ކައިވެންޏަށް އިޚްތިޔާރު ކުރެވޭ ފިރިމީހާ އަކީ އެފަދަ ގޯސް މީހެއް ކަމަށްވަނީނަމަ، އެމީހަކާ ކައިވެނި ކޮށްގެން ނުވާނެއެވެ. ތިޔަ ކަމުން ސަލާމަތް ވުމަށްޓަކައި ގިނަގިނަ އިން ދުޢާ ކުރައްވާށެވެ. އަދި ރޯދަ ހިފާށެވެ. ކޮންމެހެން 40 ދުވަސް ވަންދެން ރޯދަ ހިފުން ލާޒިމެއް ނޫނެވެ. ރޯދަ ހިފަންވީމާ، މާތް ﷲ ގެ މަގުގައި ރޯދަ ހިފަމޭ ހިތަށް އެރުވުމަށް ފަހު ރޯދަ ހިފުމުން ފުދޭނެއެވެ. والله أعلم 

މިއީ މީހަކު ކޮށްފައިވާ ތިރީގައިއެވާ ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެވެ! 

އަޅުގަނޑު މިއުޅެނީ މީހެއްގެ ފިރިއަކާ ރައްޓެހިވެ އޭނާ އަޅުގަނޑާ އެކިގޮތްގޮތަށް މަސައްކަތްކުރުމަށް ފަހު އޭނަގެ ފަރާތުން ސަލާމަތް ނުވެވި އޭނާއި ރައްޓެހިވެ ވަކިނުވެވޭރަށް މިހާރު  ލޯބިވެވިފައި، އަޅުގަނޑު އޭރު އުޅެގެންވެސް އެކަމަކުން ސަލާމަތް ނުވެވުނު. އޭނާއަކީ އަޅުގަނޑު އޮފީހުގެ ބޮޑުމީހާ، 

އެކަމަކު މިހާރު އޭނަގެ ބޭނުން ފުދި ނިމުނީމަ 10 އަހަރުވަންދެން ގެންގުޅެފައި އޭނާ މީހާރު އަޅުގަނޑު ބޭނުމެއްނޫން! އެކަމަކު އަޅުގަނޑަށް މީހާރު އޭނާއާއި ނުލައި ނުއުޅެވޭވަރުވޭ، އަދި ބައެއްފަރު އޭނާ ނުފެނުނީމަ ރޮވެންވެސް ރޮވޭ! އަދި ގުޅާލެވޭ އެހާވަރަށް! އެންމެ ދެރަކަމަކީ ނަމާދުވެސް ގޯސްވާހިސާބަށް އޭނަގެ ހިޔާލުގައި ހުރެ ނުބައިކޮށް ނަމާދުކުރެވޭ އަދި އެވަގުތުގައި ރޮވޭ! 

މިކަމުން ސަލާމަތް ވާން އުޅެއުޅެވެސް ދުރަކަށް ނުދެވުނު! އަޅުގަނޑަކީ ދީނީގޮތުން ކަންތައްތައް އިނގޭމީހެއްވެސްނޫން! މިކަމަށް ހަދާނެގޮތެއް ދީނީ ގޮތުން ކުރެވިދާނެ ގޮތެއް ބުނެދެއްވަފާނަންތޯ! މިސާލަކަށް 40 ވަންދެން ރޯދައަށް ހުރެވިދާނެތޯ! އަދި އެނިޔަތުގައި ރޯދައަށް ހުންނަ ނަމަ ކިޔާ ނިޔަތް ވެސް ބުނެދެއްވަފާނަންތޯ! އަދި ދަންނަވަންތޯއެވެ. މިފިރިހެނާއަކީ އޭނާގެ މައިންފައިންނަށްވެސް ރަނޅަގުމީހެއްވެސް ނޫން އަނބިމާހީއަށްވެސް ތެދުވެރިމީހެއްނޫން!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް