އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބިލީހުގެ 5 ދަރިން-

އިބިލީހުގެ 5 ދަރިން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

- ފާޠިމަތު ނަޢީޝާ

 

ކީރިތި ޤުރުޢާނުގެ އެކިއެކި ތަފްސީރުތަކުގައިވާގޮތުން، އިބިލީސްގެ 5 ދަރިން ތިބެއެވެ. އަދި އެމީހުންނަށްވަނީ ތަފާތު މަސައްކަތްތައްވެސް ޖައްސާފައެވެ. 

· ދާސިމް

ދާސިމްއަށް ހަވާލުކުރެވިފައިވާ މަސައްކަތަކީ ދެބަސްވުންތައް އުފެއްދުމެވެ. އޭނާ އުޅޭނީ އާއިލާތަކުގެ ތެރޭގައި ކައިބޮއި، އަނބިމީހާ އާއި ފިރިމީހާއާއި ދެމެދު މައްސަލަ ޖެއްސަމުންނެވެ.  

· އަޢުވަރު

މިއީ ޒިނޭއާއި ބަދު އަޚުލާޤީ ޢަމަލުތައް މީސްތަކުންގެ މެދުގައި ފެތުރުމަށް މަސައްކަތްކުރާ އިބިލީސްގެ ދަރިއެވެ. އޭނާ މިކަން ހާސިލްކުރަނީ، އެފަދަ ޢަމަލުތަކަކީ ރީތި، ރަނގަޅު ޢަމަލުތަކެއްގެ ގޮތުގައި މީސްތަކުންނަށް ދައްކައިދީގެންނެވެ.  

· މިސޫޠު

މީނާގެ މަސައްކަތަކީ މީސްތަކުންގެ ތެރޭގައި ދޮގު ޚަބަރު ފަތުރާ އަޑުގަދަކޮށްއުޅުމެވެ.  

· ޘަބަރު

ޘަބަރުގެ މަސައްކަތަކީ އިސްލާމްދީނުގެ ރިވެތި އުސޫލުތައް މީސްތަކުންގެ ކިބައިން ހަނދާންނައްތާލާ، އިސްލާމްދީނުގެ ކުރިން އޮތް ޒަމާނުގެ ނުބައި އާދަތައް މިސްތަކުންގެ ތެރޭގައި އާއްމުކުރުމެވެ. 

· ޒަލަންޕޫރު

މިއީ އެކި އެކި މަސައްކަތްތައްކުރާ އިބިލީސްގެ ދަރިއެކެވެ. އެގޮތުން މީސްތަކުންގެ ދެމެދު ދޭތެރެޖެއްސުން ހިމެނެއެވެ. 

https://lifeinsaudiarabia.net/5-children-of-iblis-shaitan

Advertisement

ކޮމެންޓް ކުރެއްވުމަށް