އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގަ އިޚްލާޞްތެރިކަމެއް ހުރިނަމަ ފަޤީރުން އެންމެ ގިނައިން ބޭނުންކުރަންޖެހޭ ކުދި ސައިޒުގެ ކޮތަޅު ސަރުކާރަށް ގެނެވެންދެން އެސައިޒުން މީރާއަށް 2 ރުފިޔާއަތުލުން ހުއްޓާލަންވީނު؟

ސަރުކާރުގަ އިޚްލާޞްތެރިކަމެއް ހުރިނަމަ ފަޤީރުން އެންމެ ގިނައިން ބޭނުންކުރަންޖެހޭ ކުދި ސައިޒުގެ ކޮތަޅު ސަރުކާރަށް ގެނެވެންދެން އެސައިޒުން މީރާއަށް 2 ރުފިޔާއަތުލުން ހުއްޓާލަންވީނު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

ސަރުކާރުން ވިއްކަންފެށި "ތިމާވެށްޓަށް ފައިދާކުރާ، ފަރުތަކަށް ދިރުން ލިބޭ، ކޭމަ ވެލާ ކަހަނބު ފަލަވާ" ކޮތަޅުގެ އެންމެ ގިނައިން ބޭނުންކުރަންޖެހޭ ސައިޒު ހުސްވެ އެތައް ދުވަހެއް ފާއިތުވެގެންހިނގައްޖެއެވެ. 

އެކަމުގެ ސަބަބުން ފަޤީރުންގެ ޖީބުތަކަށް ބާރުބޮޑުވަމުންދާކަން ރައީސް އިބްޜާހީމަށް އެނގިވަޑައިނުގެންފާނެއެވެ. ރައީސް އިބްރާހީމްގެ ޖީބުފުޅުން އެފަފަ ޚަރަދުތައް ކުރައްވަން ޖެހިވަޑައިނުގަންނަވާތީ އާއި އަރިހުގައި ގެންގުޅުއްވާ މީހުންގެ ޖީބުތައް ހުސްނުވާތީ ކަމަށް ވެދާނެއެވެ.

މިކަމާއި ގުޅީގެން ވެމްކޯއިން ކުރިން ބުނަމުން އައީ ޖުލައި 1 ގައި ވިއްކަން ފަށާނެ ކަމަށެވެ. 1 ވަނަ ދުވަހު ވަނަ ދުވަހު ގުޅުމުން ބުނީ އެއީ ބަންދުދުވަހަކަށްވުމުން ހުޅުވުނީމަ 2 ވަނަ ދުވަހު ވިއްކަން ފަށާނެ ކަމަށެވެ. 2 ވަނަ ދުވަހު ބުނީ ހުސްވެފައިވާ ކަމަށެވެ. ލިބޭނެ ދުވަހެއް ނުއެނގޭ ކަމަށެވެ. 

ސަރުކާރުން ވިއްކަންފެށި ތިމާވެށްޓަށް ފައިދާކުރާ، ފަރުތަކަށް ދިރުން ލިބޭ، ކޭމަ ވެލާ ކަހަނބު ފަލަވާ ކޮތަޅުގެ އެންމެ ގިނައިން ބޭނުންކުރަންޖެހެނީ ކުދި ސައިޒެވެ. އެ ސައިޒު ވިއްކީ 35 ރުފިޔާއަށެވެ. ސަރުކާރުން މި ކޮތަޅު ވިއްތަން ފެށީ އެއިރު 30 ރުފިޔާއަށް ބާޒާރުގައި ވިއްކަމުން އައި ކޮތަޅުގެ އަގު 230 އަށް ވިއްކަން ޖައްސުވައިފައެވެ. އެއީ ކޮންމެ ކޮތަޅުބޮނޑިއަކުން މީރާއަށް 200 ރުފިޔާ އަތުލަން ފެށުމުންނެވެ. (އަތުލަނީ ކަމަށް ބުނަން ޖެހެނީ އެއްވެސް ހަމައެއް އިންޞާފެއް ނެތި ރައްޔިތުންނަށް މަޖުބޫރުކުރުވައިގެން އަތުލާތީއެވެ.) 

ސަރުކާރުގެ ކުންފުނިތަކުން ސައިބޯނިބޮކި މޮޑެލަށް ވަރަށް ގިނަ ކަންތައްތައް ކުރެއެވެ. ސައިބޯނި ބޮތްކަކީ އަރައިގެންދާއިރު ވަރަށް ގިނަ ސައިޒުތަކާ ބައްޓަންތަކާ ކުލަތައް އެއިން ފެންނަ އެއްޗެކެވެ. 2،3 ސިކުންތުތެރޭގައި ގޮވަންދެން ބަލައިލަން ވަރަށް ރީތިވާނެއެވެ. 

ސަރުކާރުގެ ކުންފުނިތަކުން ފަށާ މިފަދަ ކަންކަމުގައިވެސް ފެންނަމުން މިދަނީ ހަމަ އެފަދަ ގޮތްތަކެވެ. މިހާރު ޖައްސުވާފަ މިއޮތް ޙާލަތަކީ ތިމާވެށްޓަށް ފައިދާކުރާ، ފަރުތަކަށް ދިރުން ލިބޭ، ކޭމަ ވެލާ ކަހަނބު ފަލަވާ ކޮތަޅުގެ ކުދި ސައިޒު ސަރުކާރަށް ގެންނަ ދުވަހެއް ވަންދެން 30 ރުފިޔާއަށް ކުރިން ގަންނަމުން އައި ކޮތަޅުބޮނޑިއެއް 230 ރުފިޔާއަށް ގަނެގަނެ ތިބެންވީއެވެ. 

ފަޤީރުން ހަމަ ހަނާވަމުންދާންވީއެވެ. އެތަން ފެންނާނެ ދެކޭނެ ވެރިއަކު ވިޔަސް މުއައްސަސާއެއް ވިޔަސް ރާއްޖެއަކު ނެތެވެ!  

ސަރުކާރުގަ އެއްވެސް ވަރެއްގެ އިޚްލާޞްތެރިކަމެއް ފަޤީރުންނަށް ކުޑަނަމަވެސް ލޯތްބެއް ހުރިނަމަ ފަޤީރުން އެންމެ ގިނައިން ބޭނުންކުރަންޖެހޭ ކުދި ސައިޒުގެ ކޮތަޅު ސަރުކާރަށް ގެނެވެންދެން އެސައިޒުން މީރާއަށް 2 ރުފިޔާއަތުލުން ހުއްޓާލަންވީނޫންހެއްޔެވެ؟ އެއިރުން ކުރިން ލިބުނު އަގަށް ލިބޭނެތީއެވެ!

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު