އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ބައިވެރިން ޕާޓިސިޕޭޝަން އެގްރީމަންޓް ގައި ސޮއިކޮށްފި

އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ބައިވެރިން ޕާޓިސިޕޭޝަން އެގްރީމަންޓް ގައި ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ދިވެހިރާއްޖޭގައި ފަސޭހ،ަ އަވަސ،ް އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭ އިން ކުރިޔަށް ގެންދާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ދަށުން ޤާއިމްކުރާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (އައިޕީއެސް) ގެ ފުރަތަމަ މަރުހަލާގައި ބައިވެރިވާ ބޭންކްތަކުން 'ޕާޓިސިޕޭޝަން އެގްރީމަންޓް ގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމާބެހޭގޮތުން އެމްއެމްއޭ އިން ބުނެފައިވަނީ މި އެގްރީމެންޓްގައި ސޮއިކޮށްފައިވަނީ ތިން ބޭންކަކުން ކަމަށާއި އެއީ ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑ،ް މޯލްޑިވްސް އިސްލާމިކް ބޭންކް ޕަބްލިކް ލިމިޓެޑ،ް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ ކަމަށެވެ.

މި އެގްރީމެންޓަކީ މިސިސްޓަމްގައި ބައިވެރިވުމުގެ ސަބަބުން ލިބިދޭ ހައްޤުތަކާއި އުފުލަންޖެހޭ އިލްތިޒާމްތަ ކަށް އެއްބަސްވ،ެ ބައިވެރިވާ ބޭންކުތަކާއި ސިސްޓަމްގެ އޮޕަރޭޓަރު ކަމަށްވާ އެމްއެމްއޭ އާއި ދެމެދު ސޮއިކުރެވުނު އެގްރީމެންޓެކެވެ. އެގޮތުން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއި ކުރި ބޭންކުތަކާ އެމްއެމްއޭ އިން ވަނީ ޔޫސާ އެކްސެޕްޓަންސް ޓެސްޓިންގ ގެ މަސައްކަތް ނިންމާފައެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާ ގެ ތެރޭގައި އައިޕީއެސްގެ ޕައިލަޓް ޓެސްޓިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއި ރ،ު ޕައިލެޓް ޓެސްޓިން އަށް ފަހު މި ބޭންކްތަކާއިއެކު ވަރަށް އަވަސް މުސްތަޤްބަލެއްގައ،ި އައިޕީއެސްގެ ޚިދުމަތްތައް އާންމުންނަށް ތަޢާރަފްކުރުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް މިހާރުދަނީ ވަމުންނެވެ.

މިއަދު އެގްރީމެންޓްގައި 3 ބޭންކަކާއެކު ސޮއިކުރެވު ނު ކަމުގައި ވީ ނަމަވެސ،ް ބޭންކްތަކުން ތައްޔާރުވަމުންދާ މިންވަރަށް ބަލ،ާ އިތުރު ބޭންކުތައް ވެސް ސިސްޓަމްގައި ބައިވެރިކުރުމުގެ މަސައްކަތްތައް ކުރެވެމުން ދާކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު