އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

100 ޑޮލަރުގެ ވަގު ނޫޓު ދައުރުވަމުން ދާތީ ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށްފި

100 ޑޮލަރުގެ ވަގު ނޫޓު ދައުރުވަމުން ދާތީ ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

100 ޑޮލަރުގެ ވަގު ނޫޓު ދައުރުވަމުން ދާތީ ސަމާލުވުމަށް އެމްއެމްއޭ އިން އިލްތިމާސްކޮށްފިއެވެ.

މިކަމާގުޅިގެން އެމްއެމްއޭއިން ބުނެފައިވަނީ ދައުރުވާ ސައްޙަ ނޫން ނޫޓުތަކަކީ 1996 އިން 2016 އާ ދެމެދުގެ ތާރީޙުގެ ތެރޭގައި ޕްރިންޓުކޮށްފައިވާ، ހުދު ބޯޑަރު ހިމެނޭ ނޫޓުތަކެއް ކަމަށެވެ. އެ ނޫޓުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަންތައްތައް ވެސް އެމްއެމްއޭ އިން ހާމަކޮށްފައިވެއެވެ. އެގޮތުން ވަގު ނޫޓުތަކުގައި، ސައްޙަ ނޫޓާ ތަފާތު ކަރުދާހެއްގައި ޕްރިންޓް ކޮށްފައި ހުރުން، ނޫޓު އައްޔަށް ދިއްކުރުމުން ނޫޓުގެ ކަނާތް ފަރާތުގައި ފެންނަންހުންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ ހިމެނޭ ވޯޓާ މާކް، ސައްޙަ ނޫޓާ ތަފާތުކޮށް ހުރުން، ނޫޓު އައްޔަށް ދިއްކުރުމުން ފެންނަން ހުންނަ "USA100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެ ފަރާތުން ފެންނަން ނެތުން، ނޫޓް އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގައި ދިއްލިފައި ހުންނަން ޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނެތުން، ނޫޓް އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަން ޖެހޭ ސެކިއުރިޓީ ފައިބާ ނެތުން، ނޫޓުގެ ކަނާތް ފަރާތުން ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު ނޫޓު އަލިކުރުމުން ކުލަ ބަދަލުނުވުން ހިމެނެއެވެ.

މީގެ އިތުރުން އެމްއެމްއޭއިން ބުނީ 100 ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ގަތުމުގެ ކުރިން ސަމާލުވުމަށް އެދޭ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު