އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަވަރަ އިން ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފި

ފަވަރަ އިން ފައިސާ ފޮނުވޭ ލިމިޓް ބޮޑުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަަރަ" އިން ޓްރާންސްފާ ކުރެވޭ ލިމިޓް 200،000 ރުފިޔާއަށް މިއަދު ބޮޑުކޮށްފި އެވެ. 

މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާ އެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާ އެވެ. 

އެކަމަކު، މިއަދު ގެނެވުނު ބަދަލާ އެކު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެ އެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ފަވަރަ ރިކުއެސްޓް ކުރެވޭނެ އެވެ. 

"ފަވަރަ" އަކީ ފަސޭހަ، އަވަސް އަދި ރައްކާތެރި ޕޭމަންޓް ޙިދުމަތްތައް ފޯރުކޮށްދެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ގާއިމުކޮށްފައިވާ އިންސްޓެންޓް ޕޭމަންޓް ސިސްޓަމެކެވެ. 

ސިސްޓަމްގެ ބައިވެރިން މެދުވެރިކޮށް ކޮންމެ ބޭންކެއް ނުވަތަ ޕޭމަންޓް ޙިދުމަތްދޭ ކޮންމެ ފަރާތެއްގައި އެކައުންޓް ނުވަތަ ވޮލެޓެއް އޮތްކަމުގައި ވިއަސް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ވަގުތުން ވަގުތަށް ފައިސާގެ މުޢާމަލާތްތައް ހިންގޭނެ އެވެ. 

ފަވަރާގައި ބައިވެރިވާ ބޭންކުތައް:

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)

ބޭންކް އޮފް ސިލޯން (ބީއޯސީ) 

ފަވަރަ އައިޑީ އަދި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް އެއް ބޭންކެއްގެ އެކައުންޓްތަކުގެ މެދުގައްޔާއި ދެ ބޭންކެއްގެ ދެމެދުގައި ކުރާ ހުރިހާ މުއާމަލާތްތަކަށް ލިބިގެންދާނެއެވެ. ނަމަވެސް ބީއެމްއެލްގެ ކަސްޓަމަރުންނަށް އެ ބޭންކުގެ އެއް އެކައުންޓުން އަނެއް އެކައުންޓަށް ކުރާ މުއާމަލާތްތަކުގައި ފަވަރަ ރިކުއެސްޓްގެ ޚިދުމަތް ނުދޭން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު