އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްވިޑްންގަ ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީގަ ތައުރާތާ ބައިބަލް އަންދާލަން ހުއްދަނެގި މުސްލިމް މީހާ ނިންމީ އެކަން ނުކުރަން!

ސްވިޑްންގަ ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީގަ ތައުރާތާ ބައިބަލް އަންދާލަން ހުއްދަނެގި މުސްލިމް މީހާ ނިންމީ އެކަން ނުކުރަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު

ސްވިޑްންގައި ހުންނަ އިޒްރޭލް އެމްބަސީ ކުރިމަތީގައި ޔަހޫދީންގެ ތޯރާ އާ، ކްރިސްޓިއަނުންގެ ބައިބަލް އަންދާލަން ހުއްދަނެގި މުސްލިމް މީހަކު އެކަން ނުކުރަން ނިންމައިފިއެވެ. އޭނާ ބުނީ އެހުއްދަ ނެގީ ޤުރްއާނުގެ މުޞްޙަފް އަންދައިލި މައްސަލަ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. 

އޭނާ ވަނީ އިޒްރޭލް އެމަބަސީ ކުރިމަތީގައި ހުރެ، "ރަސޫލާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް (އެބަހީ: ކީރިތި ޤުރްއާނަށް) ރަސޫލާއާއި މުއުމިނުން އީމާން ވިއެވެ. އެ އެންމެންމެ ﷲއާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާން ވިއެވެ. (އެއުރެން ބުނެތެވެ.) ތިމަންމެން، އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއް ނުކުރަމުއެވެ. އަދި، އެއުރެން ބުނޫއެވެ. ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަފުއްސަވައިފާނދޭވެއެވެ! އަދި، އެނބުރި ދިއުންވަނީ، އިބަރަސްކަލާނގެ ޙަޟްރަތަށެވެ."

(އަލް ބަޤަރާ: 285) މިއާޔަތާއި އެހެންވެސް ބައެއް އާޔަތްތައް ކިޔަވައިފައެވެ. 

އޭނާގެ މިނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. ސަބަބަކީ އެހެންދީންތަކަށް ފުރައްސާރަކުރުމާއި އެމީހުން އަޅުކަންކުރާ ތަންތަނަށް ގެއްލުން ދިނުމަކީ މުސްލިމުން ކުރަން ހުއްދަ އޮތް ކަންކަމެއް ނޫނެވެ. ވީމާ އެއްވެސް ހަމައެއް އިންޞާފެއް ނެތް ބައަކު ކުރާ ނުބައި ޢަމަލުތައް ކުރުމެއް މުސްލިމުންނަކަށް ނެތެވެ. 

މުސްލިމުންނަށް އޮތީ އިސްލާމް ދީނަށް ނަޞްރުދޭން މަސައްކަތްކުރުމެވެ. މުސްލިމުންގެ ޢަދާވާތްތެރިންނާއި ދުރުހެލިވުމެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް