އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ޕްރޮގުރާމްއަށް އެހީތެރިކަން ފޯރުކޮށްދެނީ!

ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް" ޕްރޮގުރާމްއަށް އެހީތެރިކަން ފޯރުކޮށްދެނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

މުޖުތަމަޢުގައި އެހީއަށް ބޭނުންވެފައިތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، ދިރާގުން މަމްސް އެއިޑްގެ "ބެކް ޓު ސޫކޫލް 2023" ޕްރޮގްރާމްގައި ބައިވެރިވެއްޖެއެވެ. 

"ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިރާސީ އައު އަހަރު ފެށޭއިރު މުޖުތަމަޢުގައި އެހީއަށް ބޭނުންވަފައިތިބި އާއިލާތަކުގެ ތެރެއިން ޚާއްޞަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ.  މި މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ބަލި ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ފަރާތްތައް ވެސް ހިމެނެ އެވެ. 

މި ޕްރޮގްރާމްގެ ދަށުން މަމްސް އެއިޑްގެ ކެއާރ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް  ބޭނުންވާ ބޫޓު، އިސްޓާކީނު، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެއެވެ. އެގޮތުން ދިރާގުގެ އެހީތެރިކަމާއެކު، "ބެކް ޓު ސްކޫލް 2023" ޕްރޮގްރާމުގައި މަމްސް އެއިޑް ކެއަރ ލިސްޓުގައި ހިމަނޭ ކީ ސްޓޭޖު 3 އަދި 4 ގެ ދަރިވަރުންނަށް މިތަކެތި  ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. 

މަމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެހީތެރިކަން ބެނުންވެފައިވައިތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށް ގެންދާ މި ޕާޓްނަރޝިޕް މަގްސަދަކީ، އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެއްބާރުލުން ދިނުމާއި ޚާއްޞަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމަޢެއް ބިނާކުރުން ކަމަށް ދިރާގުން ވަނީ ބުނެފައެބެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު