އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައްހައި ގިނަ ޘަވާބު ފުނިތައް ތިބާއަށް ދެއްވަވާތަން ފެނުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ!

ޤިޔާމަތް ދުވަހު ބޮޑެތި ފަރުބަދަތައްހައި ގިނަ ޘަވާބު ފުނިތައް ތިބާއަށް ދެއްވަވާތަން ފެނުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ތިބާ ޖާއިޒު ދުޢާއެއް ކޮށްފިނަމަ، މާތް ﷲ ތިބާ ހުސްއަތާ ދޫނުކުރައްވަވާނެކަން ދަންނާށެވެ. އެހެނީ، ދުޢާ އިޖާބަ ކުރެވޭ އެކިއެކި ގޮތްގޮތް ހުރެއެވެ. އޭގެ ތެރެއިން ދަރަޖައިގެ ގޮތުން އެންމެ ފަހަތުގައި ވަނީ، ތިބާ އެދުނު ކަމެއް އެ އެދުނު ގޮތަކަށް ދުނިޔެ މަތީގައި ދެއްވުމެވެ.

ދެން އޮތީ ދަރަޖައިގެ ގޮތުން އެއަށްވުރެ މަތިވެރި ގޮތްގޮތެވެ. އެއީ ދުނިޔެ މަތީގައި ތިބާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން ތިބާ ސަލާމަތްކުރައްވައި ރައްކައުތެރި ކުރެއްވުމެވެ. ނުވަތަ، އެ އެދުނު ކަމަށްވުރެ ހެޔޮ ކަމެއް ދުނިޔެ މަތީގައި ދެއްވުމެވެ.

މިގޮތްގޮތަށް ވުރެންވެސް މޮޅު އިތުރުވެގެންވާ ގޮތަކީ، އާޚިރަތުގައި ބޮޑެތި ޘަވާބުގެ ފަރުބަދައިގެ ގޮތުގައި ޘަވާބު ދެއްވުމެވެ. ނުވަތަ ޤިޔާމަތްދުވަހުން ތިބާއަށް ކުރިމަތިވާން ހުރި މުޞީބާތަކުން ތިބާއަށް ރައްކައުތެރިކަން ދެއްވައި، ތިބާއަށް ސަލާމަތާއި ނަޖާތު ދެއްވުމެވެ.

ވީމާ ދުޢާކުރުން ގިނަ ކުރާށެވެ. ދުޢާ ކުރުމުން އޮތީ ޘަވާބާއި ދަރުމައެވެ. އެއީ އަޅުކަމެވެ. އެއީ އަޅުކަމުގެ ސިކުނޑިއެވެ. އެއީ މާތް ﷲ ލޯބިވެވޮޑިގަންނަވާ މަތިވެރި ކަމެކެވެ. ދެއަތް އުފުލާ ދުޢާ ކުރާށެވެ. ގިނަގިނައިން ދުޢާ ކުރާށެވެ.

--ޝައިޚް ޝަފީޢު ޢަބްދުﷲ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް