އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަމުނަމާދަށް ހޭލެވޭނެ ކަމުގެ ޔަޤީންކަން ނެތްމީހާ ވިތުރިނުކޮށް ނިދަން ހެޔޮވެސްނުވާނެ!

ދަމުނަމާދަށް ހޭލެވޭނެ ކަމުގެ ޔަޤީންކަން ނެތްމީހާ ވިތުރިނުކޮށް ނިދަން ހެޔޮވެސްނުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ސުންނަތް ނަމާދުތަކުގެ ތެރެއިން ކޮންމެ ނަމާދަކީވެސް ވަރަށް މުހިންމު ނަމާދެކެވެ. އެނަމާދުތަކާއި ގުޅިފައިވާ ފައިޑާތައް ވަރަށް ގިނައެވެ. މިރޭ މިބަލައިލަނީ ވިތުރިއަށެވެ. 

ސުންނަތް ނަމާދުތަކުގެ ތެރެއިން ވިތުރިއަކީ އެނަމާދުކުރުމަށް ރަސޫލް ވަރަށް ބޮޑަށް ބާރުއަޅުއްވަވާފައިވާ ނަމާދެކެވެ. ބާރު އެޅުއްވެވިވަރު ނިކަން ދެކިބަލާށެވެ! ވިތުރި އަކީ އެންމެ ފަހުން ކުރާ ނަމާދު ކަމުގައި ހެދުމަށް ރަސޫލް () ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އަދި ވިތުރި ނުކޮށް ނުނިދުމަށްވެސް ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. އެކަމަށް ވަޞިއްޔަތްވެސް ވަނީ ކުރައްވަވައިފައެވެ. 

އަހުރެންގެ ފުރަތަމަ ސުވާލަކީވެސް ތިބާ ﷲ ތަޢާލާ ދެކެ ލޯބިވަމު ހެއްޔެވެ؟ ރަސޫލް ގެ ވަޞިއްޔަތް ޤަބޫލުނުކޮށް ވިތުރް ނުކުރާ މީހަކަށް ތިމާއަކީ ﷲ ތަޢާލާ ދެކެ ލޯބިވާ މީހެއް ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ވިތުރި ކުރުން ލައްވަވާފައިވަނީ އެންމެ ފަސޭހައިންވެސް ކުރެވެން އޮތް ނަމާދުކަމުގައެވެ. އެހެނީ އެންމެ ރަކްޢަތެއް ކުރި ނަމަވެސް ވިތުރި ކުރެވުނީއެވެ. ﷲ ތަޢާލާއަށްޓަކައި އެންމެ ރަކްޢަތެއް ކުރަން ބޮޑާވެ ފަސްޖެހޭ މީހާ، ނުވަތަ އެއީ މުހިންމު ކަމެއް ކަމަށް ނުދެކޭ މީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮންނާނީ ކޮން ލޯތްބެއް ކަމާއިމެދު ހަމަގައިމުވެސް އަހަރެން ސުވާލު އުފައްދަމެވެ. 

ވިތުރި ކުރުމަށް މުޅި ރޭގަނޑު އެބަ ލިބެއެވެ. ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްއަތުން  ފެށިގެން ފަތިސް ނަމާދާއި ދެމެދުގެ ކޮންމެ ވަގުތެއްގައިވެސް ވިތުރި ކުރެވޭނެއެވެ. މިހައި ގިނަ ވަގުތު ލިބިގެންވުމުންވެސް މިހައި މުހިންމު ނަމާދެއް ނުކުރާނަމަ ދެން އިތުރަށް ބުނަން އޮތީވެސް ކީކޭ ހެއްޔެވެ؟ 

ދަމު ނަމާދަށް ހޭލެވޭނެ ކަމުގެ ޔަޤީންކަން އޮންނަ މީހުން ވިތުރި ނުކޮށް ނިދުމަކީ މައްސަލައެއް ނޫނެވެ. ދަމުނަމާދަށްފަހު ވިތުރި ކުރާނީއެވެ. އަދި ވިތުރި ކޮށްގެން އޮއްވައި ދަމު ނަމާދަށް ހޭލެވިއްޖެ ނަމަ ދަމު ނަމާދުކުރާށެވެ! އެއީ އެއްވެސް މައްސަލައެއް ނޫނެވެ. 

ވިތުރި ކުރުމަކީ މިހައި މުހިންމު ކަމެއްކަން އެނގެން އޮތްއިރު ވިތުރީގެ އެންމެ 1 ރަކްޢަތް ނަމަވެސް ކުރަން އާދަކުރާށެވެ! ވިތުރިކުރުމަކީ ހަމައެކަނި ރަމަޟާންމަހު ކުރާ އަޅުކަމަކަށް ނުހަދާށެވެ! ވިތުރި ކުރަން އަންގަވާފައި އޮތީ ރަމަޟާންމަހު އެކަންޏެއް ނޫނެވެ. އަހަރުގެ ހުރިހާ ރޭތަކެއްގައެވެ. 

- ޝައިޚް ސާލިމް އަލްއަމްރީގެ ދަރުސަކުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް