އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފާވެރިކަން އެންމެ ބޮޑުވާނީ ދުޢާކުރުމަށްފަހު ޔަޤީންކަމާއެކު އިންތިޒާރުކުރާމީހުންނަށް!: ޑރ. ޔާސިރު ޤާޟީ

އުފާވެރިކަން އެންމެ ބޮޑުވާނީ ދުޢާކުރުމަށްފަހު ޔަޤީންކަމާއެކު އިންތިޒާރުކުރާމީހުންނަށް!: ޑރ. ޔާސިރު ޤާޟީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ދުޢާއަކީ އަހުރެމެންނަށް އޮތް އެންމެ ތަނަވަސް އަދި އެންމެ ފަހި މަގެވެ. ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރާށެވެ! ދުޢާކުރުމަށްފަހު ޢިޖާބްކުރައްވަވާނެ ކަމުގެ ޔަޤީންކަމާއިއެކު ކެތްތެރިވެލާށެވެ! ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ!

ﷲ ތަޢާލާއީ ދީލަތިވަންތަވެވޮޑިގަތުމުގައި އިމެއްނެތް ރަސްކަލާނގެއެވެ. ހަމައެހައިމެ އޯގާތެރިވަންތައެވެ. އެކަން ބަޔާންކުރައްވަވައި ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ "އަޅާ ކަމަކަށް އެދި ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރުމުން ހުސްއަތާ ދޫކޮށްލައްވަވަން ﷲ ތަޢާލާ ލަދުވެތިވެވޮޑިގަންނަވާ" ކަމަށެވެ.

ވީމާ އެއްވެސް މީހަކު ކުރާ އެއްވެސް ދުޢާއެއް ޢިޖާބަނުކުރައްވަވައި ދޫކޮށްނުލައްވަވާނެތެވެ. ކެތްތެރިވެލަންވީ އެކަމުގެ ޔަޤީންކަމާއިއެކުގައެވެ.

ކުރާ ދުޢާ، އެމީހާ އެދުނު ގޮތް ނޫންއެހެން ގޮތަކަށްވެސް ހިންމަވައިދެއްވަވައިފާނެތެވެ. މިސާލަކަށް ބުނާނަމަ މިވެނި ވަޒީފާއަކަށް އެދި ދުޢާކުރުމުން އެވަޒީފާ ނުލިބި އެހެން ގޮތަކުން ޢާމްދަނީ ލިބޭނެ މަގުފަހިކޮށްދެއްވަވައިފާނެއެވެ. އެހެނީ އަހަރެމެންނަށް އެންމެ ބޮޑަށް ފައިދާކުރާނީ ކޮން ގޮތަކުންކަން އަހަރެމެންނަކަށް ނުއެނގޭނެއެވެ. އެގޮތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.

ދުޢާ ޢިޖާބަކުރެއްވެވުން ލަސްވެގެން ޝަކުވާނުކުރާށެވެ! އަހަރެމެންނަކީ އެކަލާނގެ އަޅުތަކުންނެވެ. "މާލިކް" އަކީ ﷲ ތައާލާއެވެ. ވީމާ އެއްވެސް ކަމަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. އޮތީ ވަކީލްކުރުމެވެ.

ވީމާ ދުޢާކުރާ މީހާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ! ﷲ ތަޢާލާ ކޮންމެ ކަމެއްވެސް ހިންމަވައިދެއްވަވާނީ ތިމާއަށް އެންމެ ފައިދާހުރިގޮތަށް، އެކަމަކުން އެންމެ ފައިދާކުރާނެ ވަގުތުގައިކަން ޔަޤީންކޮށްގެން ހުންނަ މީހަކަށް ﷲ ތަޢާލާ ގެ ރަޙްމަތް އަބަދުވެސް ދާނީ އިތުރުވަމުންނެވެ.

--ޑރ. ޔާސިރު ޤާދީގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް