އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
އިންޑިއާގަ މިސްކިތެއްގައި ހުޅުޖަހައި އިމާމް ޝަހީދުކޮށްލައިފިއެވެ. އިމާމަށް ހަމަލާދީފައިވަނީ 70-80 ވަރަކަށް މީހުންގެ ޖަމާޢަތަކުންނެވެ. އިމާމަށް ހަމަލާދީފައިވަނީ ކަނޑި ފަދަ ތަކެތިން ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޝަހީދުކޮށްލާފައިވަނީ ޢުމުރުން 19 އަހަރުގެ މައުލާނާ ސާދްއެވެ.
މިތަނަކީ ޢިމާރާތް ކުރަމުން ދިއަ މިސްކިތެއް ނަމަވެސް އެތަނުގެ ތިރީބައިގާ މިހާރުވެސް ޤަވާއިދުން ނަމާދުކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހަމަލާ ދީފައިވަނީ ރޭ މެންދަމު ގުރްގްރާމް އަވަށުގައެވެ. އަންދައިލި މިސްކިތަކީ އަންޖުމަން ޖުމްޢާ މަސްޖިދެވެ.
https://twitter.com/Alhamdhulillaah/status/1686377138994507778
Advertisement
1 އޮގަސްޓް 2023