އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނިކުރުމަށްފަހު ބޭވަފާތެރިވެ ޚިޔާނާތްތެރިވުމުން އެ އުވައިލެވެނީ ﷲ ގެ ނަންފުޅުގައިވީ އަހުދެއް! ބައްލަވައިވޮޑިގެންވާނެ! ހިތިރަހަވެސް ލާނެ!

ކައިވެނިކުރުމަށްފަހު ބޭވަފާތެރިވެ ޚިޔާނާތްތެރިވުމުން އެ އުވައިލެވެނީ ﷲ ގެ ނަންފުޅުގައިވީ އަހުދެއް! ބައްލަވައިވޮޑިގެންވާނެ! ހިތިރަހަވެސް ލާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މިއަދުގެ ޙާލަތަށް ބަލައިފިނަމަ ގިނަ ބައެއްގެ ޙާލާއިމެދު ލަދުވެތިވާންޖެހެއެވެ. އެއީ ކަންކަމުގައި ގުޅާ މީހުންގެ ތެރެއިން ދީނުގެ ކަންކަން އޮޅުންފިލުވަން ގުޅަނީ ވަރަށް މަދު މީހެކެވެ. ގިނަ ބައަކު ގުޅަނީ ކޮންމެވެސް މައްސަލައެއް ދިމާވެގެންނެވެ. ކޮންމެވެސް މީހެއްގެ ކިބައިން އަނިޔާ ލިބޭތީއެވެ. ހިތްދަތިކަން ލިބޭތީއެވެ. ފިރިމީހާ ނުވަތަ އަނބިމީހާ ބޭވަފާތެރިވެގެންނެވެ. ހިތްދަތިކުރުވާތީ ކެތްނުކުރެވިގެންނެވެ.

މިހުރިހާ މައްސަލަތަކަށްވެސް އޮތީ ހަމަ އެންމެ ޙައްލެކެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ތަޤްވާވެރިވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ ތަޤްވާވެރިކަން ކުޑަވުމުންނެވެ. ﷲ ތަޢާލާއަށް ބިރުވެތިނުވެވޭތީއެވެ. ވީމާ މައްސަލަތަކުން އަރައިގެނެވުން އޮތީ ތަޤްވާވެރިވީ މިންވަރަކުންނެވެ. ތަޤްވާވެރިވެވޭނީ ﷲ ތަޢާލާއަށް ބިރުވެތިވެވިގެންނެވެ.

ދެމަފިރިން އެކަކު އަނެކަކަށް ބޭވަފާތެރިވެ ޚިޔާނާތްތެރިވާއިރުވެސް ވިސްނައިލާށެވެ! ތިމާ މިކުރާ ޢަމަލު ބައިވެރިޔާއަށް ސިއްރު ކުރެވިދާނެއެވެ! ނަމަވެސް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. އަދި ފަޅާނާރައި ބޭޒާރުނުވެވެސް ނުދާނެއެވެ. ކުރި ކުށާއި ކުރިމަތިލާން ނުޖެހިއެއްވެސް ނުދާނެއެވެ! އެޙާލަތުގައި ކުރަންޖެހޭނެ ހިތާމައަށް ވިސްނާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް