އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާއާއެކު ތިއްބަވާ ރަޙްމަތުގެ މަލާއިކަތުން ތިބާއާ އަބަދު މޭލެއްގެ ދުރަށް ޖައްސުވައި ބޭތިއްބޭ ސަބަބު އެނގޭހެއްޔެވެ؟

ތިބާއާއެކު ތިއްބަވާ ރަޙްމަތުގެ މަލާއިކަތުން ތިބާއާ އަބަދު މޭލެއްގެ ދުރަށް ޖައްސުވައި ބޭތިއްބޭ ސަބަބު އެނގޭހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

ދޮގުބުނުމަކީ މިއަދު ގިނަ ބައެއްގެ ކަށީގައި ހިފާފައިވާ އެންމެ ނުބައިކަން ބޮޑު އެއް އާދައެވެ. ދޮގުބުނުމަކީ ފާފައެއްކަން ޤަބޫލުކޮށް އެކަމަށް ބިރުވެތިވަނީ ވަރަށް މަދު މީހެކެވެ. އެހެނަނަމަވެސް އެކަމުގެ ޙަޤީޤަތް ބުނެދިނުމުގެ ގޮތުން ބަހެއް ބުނެލާނަމެވެ.

ޢަބްދުﷲ އިބްން ޢުމަރު (ރޢ) އަރިހުން އިމާމް ތިރުމިޛީ ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. 

"މީހަކު ދޮގުބުނާނަމަ އޭނާގެ އަނގައިން ނުކުންނަ ނުބައި ވަހުގެ ސަބަބުން މަލާއިކަތުން އޭނާ އާއި މޭލަކަށް ދުރަށް ޖެހިވަޑައިގަންނަވައެވެ." 

ނިކަން ވިސްނައިލަބަލާށެވެ! ތިބާ ވާހަކަދައްކާއިރު އަބަދު ދޮގުބުނާނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ރަހްމަތުގެ މަލާއިކަތުން ތިއްބަވާނީ ކިހައި ހިސާބު ދުރެއްގައި ހެއްޔެވެ؟ މިއީ ދޮގު ބުނުމުން ދެއްވަވާ ޢަޛާބުގެ އިތުރުން ހުރި ކަންކަމެވެ. 

މީސްތަކުންނޭވެ! ދޮގުބުނުމަކީ މުނާފިޤުންގެ ސިފައެކެވެ. ވީމާ އެކަމަށް ވަރަށް ބޮޑަށް ރައްކައުތެރިވާންވާނެއެވެ. ދެމީހަކު ޞުލްހަކުރުން ފަދަ ދޮގު ބުނުން ހުއްދަވެގެންވާ ކަމެއްގައި މެނުވީ ދޮގު ނުބުނާށެވެ! 

އަދި ބުނަންހެއްޔެވެ؟ ދޮގުބުނުމަކީ ވައްކަންކުރުމުގެ ތަޅުދަނޑިއެވެ. ދޮގުބުނާ މީހަކަށް ވައްކަން ކުރެވުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. ދޮގުބުނަން ޖެހިލުންވާ މީހަކު ވައްކަންކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެން މިބުނީ ކުރި ވައްކަން ފޮރުވަން ދޮގުހަދަންޖެހޭނެތީ އެކަމަށް އޭނާ ބިރުވެތިވާނެތީއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Ibn 'Umar narrated that the Messenger of Allah said: 

"When the slave (of Allah) lies, the angel goes a mile away from him because of the stench of what he has done."Yahya said: "(I asked) 'Abdur-Rahim bin Harun if he approved of it,and he said 'Yes'."  

Reference

 : Jami` at-Tirmidhi 1972

In-book reference

 : Book 27, Hadith 78

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް