އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަށުނަމާދަށް އެންމެން ނުދިޔަނަމަވެސް ފުދޭނެއިރު ކޮންމެހެން ކަށުނަމާދަށް ދާންޖެހޭނެތަ؟

ކަށުނަމާދަށް އެންމެން ނުދިޔަނަމަވެސް ފުދޭނެއިރު ކޮންމެހެން ކަށުނަމާދަށް ދާންޖެހޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

މީހަކު މަރުވުމުން އޭނާގެ ޖަނާޒާގައި ބައިވެރިވުމަކީ އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެކެވެ. ކޮންމެވެސް ބައަކު ޖަނާޒާގެ ކަންތައް ފުރިހަމަކޮށްފިނަމަ އެހެންމީހުންގެ މަތިން ވާޖިބު ކެނޑިގެންދާނެއެވެ. އެއްވެސް މީހަކު، ބައަކު އެކަން ނުކޮށްފިނަމަ އެންމެން ފާފަވެރިވާނެއެވެ.

"ކަށުނަމާދަށް އެންމެން ނުދިޔަނަމަވެސް ފުދޭނެއިރު ކޮންމެހެން ކަށުނަމާދަށް ދާންޖެހޭނެތޯ؟" ބައެއް މީހުން ސުވާލުކުރެއެވެ. 

މި ސުވާލަށް އަހުރެންގެ ޖަވާބަކީ މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް ޖަނާޒާގައި ބައިވެރިނުވި ނަމަ އެކަމުން ތިބާއަށް ހޯދެން އޮތް ގިނަ ގުނަ ޘަވާބުތައް ތިބާއަކަށް ނުލިބޭނެއެވެ. ޘަވާބު ލިބޭނީ އެކަމުގައި ބައިވެރިވި ބައަކަށެވެ. 

މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށް ވަޅުލައި ނިމެންދެން ޖަނާޒާގައި ބައިވެރިވުމަކީ މަދީނާގެ ބޭރުން ފެންނަން އެހުންނަ އުހުދު ފަރުބަދައިގެ 2 ފަރުބަދަ ހައި ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ. ވީމާ ޖަނާޒާގައި ބައިވެރިނުވުމުން އެދޫކޮށްލެވެނީ ކިހައި ގިނަ ޘަވާބުތަކެއްކަމާއިމެދު ވިސްނައިލާށެވެ! 

އަދި މިފަދައިންވެސް ވިސްނައިލާށެވެ! ތިބާވެސް ކޮންމެވެސް ދުވަހަކުން މަރުވާނެއެވެ. ތިބާގެ މައްޗަށް ކުރެވޭ ކަށުނަމާދުގައި ވީހައި ގިނަ ބައަކު ބައިވެރިވަން ތިބާ ނުއެދެން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު އަމިއްލައަށް ދިނުމުން ކަށުނަމާދުތަކަށްދާންވީ ސަބަބު ވިސްނޭނެއެވެ. އިން ޝާ ﷲ 

Concerning the virtue of attending funerals until the prayer has been offered and the deceased has been buried, the Prophet (peace and blessings of Allaah be upon him) said: “Whoever attends the funeral until the prayer has been offered will have one qiraat (of reward) and whoever attends until the deceased has been buried will have two qiraats.” It was said, “What are the two qiraats?” He said: “Like two great mountains.”

Narrated by al-Bukhaari, 1325; Muslim, 945.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް