އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސްބާ އިފްތިތާޙްކޮށްފި - ބޭނުމަކީ ކުރިއަށް ދާން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދިނުން: ޢައިޝަތު ނަހުލާ

އަސްބާ އިފްތިތާޙްކޮށްފި - ބޭނުމަކީ ކުރިއަށް ދާން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މަގުދައްކައިދިނުން: ޢައިޝަތު ނަހުލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

އެސޯސިއޭޝަން ފޮރ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް (އަސްބާ) ގެ ނަމުގައި މިރޭ މަދަނީ ޖަމިއްޔާއެއް އިފްތިތާޙްކޮށްފިއެވެ.

 

ޖަމިއްޔާގެ ފައުންޑަރުންނަކީ އިޖުތިމާޢީ ޚިދުމަތޔް ކުރެއްވުމުގައި ރާއްޖެއަށް ނަމޫނާ ދައްކަވާފައިވާ ވިލާ ފައުންޑޭޝްނުގެ ބާނީ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢައިޝަތު ނަހުލާ އާއި އެކަމަނާގެ މަންމާފުޅު ޚަދީޖާ އިބްރާހީމް އެވެ.

 

މިކަމަށްޓައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޢައިޝަތު ނަހުލާ ވިދާޅުވީ އެހީތެރިކަމަށް އެދިގެން އަންނަ މީހުންނަށް ފައިސާދީގެން އެކަނި މައްސަލަތައް ޙައްލު ނުކުރެވޭނެ ކަމަށާއި އެމަނާގެ މަޤްޞަދު މާމަތިވެރި ކަމަށެވެ. އެހެންކަމުން މިޖަމިއްޔާގެ މަޤްޞަދަކީ ފައިސާތަކެއް ބެހުން ނޫން ކަމަށާއި މަޤްޞަދަކީ ކުރިއަށް ދެވޭނެ މަގު ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކަށް މަގުދައްކައިދިނުން ކަމަށެވެ. އެހެންކަމުން މިޖަމިއްޔާއިން ކުރަމުން ގެނަދާނީ ދުރު ރާސްތާއަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތައް ކަމަށެވެ.

 

"ބޭނުމަކީ މަސް ނޫން އެއްޗެއް ނުކެވޭ މީހާއަށް މަހެއް ދިނުމެއް ނޫން. ކޮންމެ ދުވަހަކު ދޭނެ މަހެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރާނީ އޭނާއަށް ބޭނޭގެ ގޮތް ހޯދައިދިނުން."

 

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އާއި ބޭރުގެ އިއްޒަތްތެރިންނާއި ކޯލިޝަނުގެ އިސް ބައެއް ބޭފުޅުންނާއި ބައެއް ޖަމާއަތްތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް