އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވޯޓު ކަރުދާސްކޮޅުގަ ފާހަގަ ޖެހުމުގެ ކުރިން ވިސްނާލަން އެބަޖެހޭ! އިންޑިއާއަށް ރާއްޖެ ވިއްކާލައިފިކަން ޔަޤީންކުރަން މާގިނަ ކަންކަމަކަށް ބަލާކަށް ނުޖެހޭ!

ވޯޓު ކަރުދާސްކޮޅުގަ ފާހަގަ ޖެހުމުގެ ކުރިން ވިސްނާލަން އެބަޖެހޭ! އިންޑިއާއަށް ރާއްޖެ ވިއްކާލައިފިކަން ޔަޤީންކުރަން މާގިނަ ކަންކަމަކަށް ބަލާކަށް ނުޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު

ސުރުޚީ ބާއްވާށެވެ! ސ އަތޮޅު ފިހާރައިން ހއ އަތޮޅު ފިހާރައާއި ހަމައަށް ހުރި އަތޮޅު ފިހާރަތަކުގެ ތެރެއިން ދިވެހިންނަށް ވިޔަފާރިކުރަން މިހާރު ލިބިފައި ހުރީ ކިތައް ފިހާރަކަން ބަލައިލާށެވެ! ކުރިން ކުޑަ ސޭޓަކަށް އިންޑިއާ މީހުން ތިބި ފިހާރަތަކުގައި މިހާރު ބޮޑު ސޭޓަކަށްވެސް އިންނަނީ ކާކުކަން ބަލައިލާށެވެ! 

މިއަދުގެ ހުކުރުގެ ފަހުން ހިނގިކަމެކެވެ. ލޮނުމިދު ކިލޯއެއްގެ އަގުހުރީ 60 ރުފިޔާގައެވެ. އެއްފިހާރައަކުން އަގު ޖަހާފައި ހުރީ 55 ރުފިޔާއަށެވެ. މީހަކު ލޮނުމިދުކޮޅެއް ނެގުމުން ކިރައިލިއެވެ. ކައްޓާގައި އަގުޖެހީ 60 ރުފިޔާއަށެވެ. ތިއަޖެހީ ކޮން އަގެއްތޯ އާއި ދުވާލަކު ކިތައްފަހަރު ތިއަގޮތަށް ވައްކަން ކުރަންތޯ ކަސްޓަމަރު ސުވާލުކުރުމުން ކަސްޓަމަރު އެކިޔަނީ ކީކޭތޯ ކުޑަސޭޓު ކިރާ މީހާއާއި ސުވާލުކުރުމުން ބުނީ 60 ރުފިޔާއަށް އަގުޖެހީމާ ކުރި ސުވާލުކުރީ ކަމަށެވެ. 

އެފިހާރައިގައިވެސް ދެ ސޭޓުންނަށް ތިބީވެސް އިންޑިއާމީހުންނެވެ. އެންމެ ދިވެއްސަކުވެސް ފިހާރައަކު ނެތެވެ. 

ދެން ބަލައިލާށެވެ! މިސަރުކާރުން ޕްލާސްޓިކް ކޮތަޅު މަނާކުރަންދެން ކޮތަޅުގެ ވިޔަފާރި އޮތީ ދިވެހިންގެ އަތްމަތީގައެވެ. މަނާކޮށް ނިދީން ހޭލެވިއްޖެކަމަށް ބުނެ ހުއްދަކުރި ހިސާބުން ފެށިގެން ޕްލާސްޓިކް ކޮތަޅުގެ ވިޔަފާރީގެ ކޮންޓްރޯލް އޮތީ ކޮންބައެއްގެ އަތުގައިކަން ބަލައިލާށެވެ! މާރުކޭޓުތަކަށާއި ފިހާރަތަކަށް ކޮތަޅު ސަޕްލައި ކުރަނީ ކޮންބައެއްކަން ބަލައިލާށެވެ. 

މިހެން ގޮސް ލިސްޓް ދިގުކުރެވިދާނެއެވެ. ޤައުމުގެ އިޤްޠިޞޯދުގެ ބާރު މިހާރުވެސް މިވަނީ ދިވެހިންގެ އަތްމަތިން ގެއްލިގެން ގޮސްފައެވެ. ވިޔަފާރީގެ ނަފާ ފުރައިގެން އެދަނީ ޤައުމުން ބޭރަށެވެ. އިންޑިއާއަށެވެ. ވީމާ ނަން ދިވެހިރާއްޖެ އޮތް ނަމަވެސް ދިވެހިންނަށް ދިވެހިރާއްޖެ ގެއްލި ނިމެނީއެވެ. 

ޤައުމުގައި އިންޑިއާ ސިފައިން ތިބި ޢަދަދު ސިއްރުކުރެވިދާނެއެވެ. ނަމަވެސް ފެންނަން ތިބި ވިޔަފާރިވެރިންނާއި ފޮރުވިގެން ތިބި ވިޔަފާރިވެރިންގެ ޢަދަދު ސިއްރެއް ނުކުރެވޭނެއެވެ. ޢަދާލަތު ޕާޓީގެ ނަމުގައި ހިންގާ ޕާޓީގެ ބައެއް ޝައިޚުންނަށް ނުފެންނަނީ ހަމައެކަނި ފާއިތުވި 5 އަހަރު ޜާއްޖޭގައި ހިންގި ލާދީނީ ކަންތައްތައް އެކަންޏެއް ނޫނެވެ. މިފަދަ އެއްވެސް ކަމެއްވެސް ނުފެނެއެވެ. ހޭވައްޓާލާފައި މަސައްކަތްކުރަމުން އެދަނީ ދިވެހިންގެ ޤައުމާއި އެއްދީންވަންތަކަން، ދިވެހިންގެ އަތްމަތިން ނަގާލުމަށެވެ. ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކުރުމާއި ޙަވާލުވެތިބެ އެޤާނޫނަށް ފައިން އެރިފަދައިން ދިވެހިންގެ ކަރަށް ފައިން އެރުމަށެވެ. 

ހޭލުންތެރިވެ މި ޤައުމު އަނބުރާ ދިވެހިންގެ އަތްމައްޗަށް ގެންނަން ގެންނަން އަދާކުރަންޖެހޭ ފަރުދީ ޒިންމާ ކޮންމެ ރައްޔިތަކު ނުއުފުލައިފިނަމަ ދެން ކަންކަން ވެގެންދާނެ ގޮތާއިމެދު ކޮންމެ ރައްޔިތަކުވެސް ވިސްނައިލާށެވެ! ﷲ ތަޢާލާގެ ދީން ޙިމާޔަތްކުރުމާއި ދިވެހިންގެ ޤައުމު، ދިވެހިންގެ ރާއްޖެއެއްގެ ގޮތުގައި ޙިމާޔަތް ކުރަން ރައްޔިތުން މިއަދު ނުކުޅެދިއްޖެނަމަ މާދަމާ އަހުރެމެންގެ ދަރިންނަށް ޖެހޭނެ ޙާލަށް ވިސްނައިވެސް ޢަމަލުކުރާށެވެ! ނޫންނަމަ ދެން ކަންކަން ވެގެންދާނެ ގޮތް އަމިއްލައަށް ވިސްނައިލުމަކީ ޤައުމީ އަދި ދީނީ ވާޖިބެއްކަން ދަންނާށެވެ!

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
100%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް