އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ އަޅުވެތިކޮށްލަން ވާގިވެރިވަމުންދާ ޝައިޚުންނާ އެހެން މީހުން މިލިޔުންވެސް ހަނދުމަފުޅުކޮށްލެއްވުން ރަނގަޅުވާނެ!

ރާއްޖެ އަޅުވެތިކޮށްލަން ވާގިވެރިވަމުންދާ ޝައިޚުންނާ އެހެން މީހުން މިލިޔުންވެސް ހަނދުމަފުޅުކޮށްލެއްވުން ރަނގަޅުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު

ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ވިއްކައިލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. އެއިގެ ފަހަތުން އަންނަންހުރި ކަންކަމަށް ނުވިސްނާނަމަ އެމީހަކީ ﷲ ތަޢާލާ އާއި އަދި ޤަުމުގެ ޚާއިނަކަށް ނޫނީ ނުވާނީ ކިހިނަކުންތޯއެވެ؟ 

ލަކްޝަދީޕް މީހުން މިއަދު ބަނޑުހައި ހޫނުކަމުގެ ތަޅުތާލެއް ކޮށްފި! 

21 ޖޫން 2021

އަބްދުއްލަތީފް

އިންޑިއާގެ ލަކްޝަދީޕްގައި މޮދީ ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް ރައްޔިތުން މިއަދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކޮށްފިއެވެ. ހެނދުނު 6ން ހަވީރު 6ށް ބޭއްވި މި ހަޅުތާލުގައި މިއަދު ކުދި ބޮޑު އެންމެން ބައިވެރިވިއެވެ. ފިހާރަތައް ހުރީ ބަންދު ކޮށްފައެވެ. މަސްވެރިން ތިބީ ގޭގައެވެ.

މީހުންވަނީ ގޯއްޗާއި ހޮޅުއަށްޓާއި ހަރުގޭގައިވެސް ބޯޑު ހިފައިގެން ބަންޑުހައި ހޫނުކަމުގައި ތިބެ ޝުއޫރުތައް ފާޅުކޮށްފައެވެ.  

ރައްޔިތުންގެ ގޮވެއްޔަކީ، ކަލްޝަދީބްގައި އަމާންކަމެއް ނެތް ނަމަ ތަރައްގީއެއް ނާންނާނެ ކަމަށެވެ. މޯދީ ސަރުކާރުން ފޮނުވާފައިވާ ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޓަރ ގުޖުރާތުގެ މޮދީގެ އަޚް، ޕަރަފުލް ކޯޑާ ޕަޓޭލް އަނބުރައި ގެންދިއުމަށްވެސް މީހުން ގޮވާލާފައި ވެއެވެ. މީހުން ބޭނުން ވަނީ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި މޯދީ ނުކުޅެ އޮތް ގޮތަށް ބާއްވާށެވެ.

މިއަދުގެ ހަޅުތާލުގައި ލަކްޝަދީބްގެ ބީޖޭޕީގެ މެމްބަރުންވެސް ބައިވެރިވިއެވެ.

ޒުވާނުން ވަނީ ފީނައިގެން މޫދު އަޑީގައި ތިބެގެން އެމީހުންގެ އަމާން ހިމޭން ޖަޒީރާ ރައްކާތެރިކޮށްދޭން ގޮވާފައެވެ.

ބީޖޭޕީއަކީ މުސްލިމުންނަށް އެލާޖިކް ޕާޓިއެއްކަމުން މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ބީޖޭޕީގެ ހިންދީ ދީނުގެ މީހުންނަށް އިސްކަން ދޭ ސިޔާސަތުގައި އެމީހުން ދެކެން ބޭނުންވާ ސަގާފަތެއް ނޫނެވެ. ބީޖޭޕީން މަސައްކަތް ކުރަމުން ދަނީ ގެރިއަކީ އެމީހުންގެ ކަނލާގެއެއް ކަމުން، މުސްލިމުން ގެރި ގެންގުޅުން މަނާ ކުރުމަށް ގާނޫނީ ގޮތުން ވެސް މަސައްކަތް ކުރުމަށް ވިސްނަމުންނެވެ.

މިއާޚިލާފަށް މުސްލިމު ގައުމުތަކުން ދަނީ މޮދީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މުސްލިމުން މޮދީއަށް އެލާޖިކް ނުވާ ހިނދު އަރަބި މުއްސަނދި ގައުމުތަކުން ވަނީ ކޮވިޑް19ގެ ޝިކާރައަކަށްވެގެން އޮކްސިޖަނަށް ޖެހުނު ގިނަ ހިންދީން ނޭވަލެވޭ ގޮތަށް އޮކްސިޖަންވެސް ފޯރުވައި ވައިދީފައެވެ. 

 

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް