އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެ ދެކެފައިވާ އެންމެ ހިތްދަތި ޤައުމީ ދުވަހަށްވާ ފެންނަންހުރި ސަބަބުތައް!

ރާއްޖެ ދެކެފައިވާ އެންމެ ހިތްދަތި ޤައުމީ ދުވަހަށްވާ ފެންނަންހުރި ސަބަބުތައް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

މިއަދަކީ އަޅުގަނޑުމެންގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ޤައުމީ ދުވަސް ނިޞްބަތް ކުރެވިފައިވަނީ 9 ވަނަ ހަސަން ރަސްގެފާނު އިންޑިއާއަށް ވަޑައިގެން އިސްލާމް ދީން ދޫކުރައްވައި ޕޯޗްގޯޒުންނާއި ގުޅިވަޑައިގެން ފޮނުއްވި މަޝްކަރު ރާއްޖެ އަޅުވެތިކުރުމުން ރާއްޖެ ސަލާމަތްކޮށް މިނިވަންކުރެވުނު ދުވަހަށެވެ. 

ބެލެވޭ ގޮތުން 17 ވަރަކަށް އަހަރު ޕޯޗްގީޒުން ރާއްޖޭގައިވެރިކަން ކުރިއެވެ. އެއިރު ކަނޑުގެ ސިންގާގެ ނަމުން ދުނިޔެއަށް މަޝްހޫރުވެފައި އޮތް ޕޯޗްގީޒުން ބަލިކުރެއްވީ ދިވެހިން އެބޭފުޅަކަށްޓަކައި އަބަދުވެސް ފަޚުވެރިވާނޭ އައްސުލްޠޯން މުޙައްމަދު ތަކުރުފާށނުލް އައުޒަމް ނުވަތަ ބޮޑުތަކުރުފާނެވެ. އުތީމު މަހާރަދުންނެވެ. ސާބިތުކަމާއިއެކު 7 ވަރަކަށް އަހަރު ވަންދެން އަނގަމަތި ދޯންޏެއް ކަމުގައިވާ ކަޅުއޮށްފުންމީގައި ކުރެއްވެވި ހިތްވަރުގަދަ ޖިހާދުންނެވެ. އަރިއަހުގައި ގެންގުޅުއްވީ ހައަކަ ފަހުލަވާނުންނެވެ. 

އެއިގެ 450 އަހަރު ފަހެވެ. ރާއްޖޭގެ ޙާލަތު މިހާރު އޮތްގޮތް ހާދަބިރުވެރިއެވެ. ރާއްޖޭގެ ފަޅުތަކާއި ކަނޑުތަކުގެ ބާރު ދިވެހިންގެ އަތުން ވަނީ ގެއްލިފައެވެ. ދިވެހިން ކުރަމުން އައި ވިޔަފާރިތައް ބިދޭސީންގެ އަތްމައްޗަށް ހިނގައްޖެއެވެ. ޤައުމުގެ ދަރަންޏަށް ބަލައިފިނަމަ ބެލެވޭ ގޮތުގައި ޕޯޗްގީޒުންގެ ލަޝްކަރުގެ ގޮތުގައި ރާއްޖޭގައި ތިބި ލަޝްކަރުގައި ހިމެނޭ ޚާއިނުންގެ ޢަދަދަށް ނިޞްބަތްކުރިޔަސް ޚާއިނުންގެ ޢަދަދަށްވުރެ ރާއްޖެ މިހާރު ދަރާއޮތް ބިލިއަންތައް ގިނަވާނެކަމަށް އެދަނީ ހާމަކުރަމުންނެވެ.

އެއިރު ރާއްޖޭގައި ތިބީ ހަމައެކަނި ޕޯޗްގީޒުންގެ ހަނގުރާމަވެރިންނެވެ. ގޮތް ނުއެނގޭ ނަންނަ ކިޔައިގެން ރާއްޖޭގައި ތިބި ބިދޭސީ ސިފައިންގެ ޢަދަދުވެސް ރައްޔިތުންނަކަށް ނުއެނގެއެވެ. އެއިގެ އިތުރުން ދަރާ އޮތް ބިލިއަން ތަކުން ކުރިމަތިވަމުން އަންނަ އަޅުވެތިކަން މިހާރުވެސް އަންނަނީ ފެންނަމުންނެވެ. 

ދިވެހި އަސްކަރިއްޔާގެ ތެރެއަށް ވަންނަ ބޭރުގެ ކާރުތަކުގެ ވާހަކަ ދެކެވުމުގެ އިތުރުން ރިޔާސީ އިންތިޚާބުގެ ވޯޓުލީ ދުވަހު، 9 ސެޕްޓެމްބަރުގައި ކަންކަންވީ ގޮތާއި ވޯޓަށްފަހު ފޯރުވަމުން އަންނަ ނުފޫޒު އެބަފެނެއެވެ. 

ވީމާ މިއަދުގެ ޙަޤީޤީ ޙާލަތަށް ބަލައިފިނަމަ މިއަދަކީ ދިވެހި ޢައުމާއި ބައްދަލުކުރި އެންމެ ހިތްދަތި ޤައުމީ ދުވަހެވެ. އެންމެ އަޅުވެތި ޤައުމީ ދުވަހެވެ. ޤައުމުގެ މިނިވަންކަން އޮތް މިންވަރާއިމެދު ސުވާލު އުފެދިފައިވާތީއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
25%
އޯކޭ
75%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް