އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕްލާސްޓިކް ކޮތަޅުގެ ދުވަސް ޚުޠުބާތަކުގަ ފާހަގަކުރާއިރު މިއަދު މިފާހަގަކުރާ ޤައުމީ ދުވަހުގެ ވާހަކަ އިއްޔެގެ ޚުޠުބާގައި ފާހަގަނުކުރީ ކީއްވެ؟

ޕްލާސްޓިކް ކޮތަޅުގެ ދުވަސް ޚުޠުބާތަކުގަ ފާހަގަކުރާއިރު މިއަދު މިފާހަގަކުރާ ޤައުމީ ދުވަހުގެ ވާހަކަ އިއްޔެގެ ޚުޠުބާގައި ފާހަގަނުކުރީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

އދ އިން ދުވަހެއް ފާހަގަކުރާނަމަ އެދުވަހެއްގެ ވާހަކަ ޚުޠުބާތަކުގައި ކިޔާއިރު އިއްޔެ ޚުޠުބާގައި މިއަދު މިފާހަގަކުރާ ޤައުމީ ދުވަހުގެ ވާހަކަ ނުގެނައީ ކީއްވެގެންތޯއެވެ؟ ތިމާވެށީގެ ދުވަހާ ޕްލާސްޓިކް ކޮތަޅާ އެނޫންވެސް އެފަދަ ކަންކަމަށްވުރެ ޤައުމިއްޔަތާއި އިސްލާމް ދީން މުހިންމު ނުވީތޯއެވެ؟  

އަޅުގަނޑަށް ވިސްނޭ ގޮތް ވަރަށް ތަފާތެވެ! ދިވެހިންގެ ޤައުމީ ދުވަހަކީ ހަމައެކަނި ޤަުމު މިނިވަންކުރެވުނު ދުވަހެއް ނޫނެވެ. އެހެން މިބުނަނީ ރުހުމުގައި ބަނގުރާ ބޮއި ކާފިރު ނުވި މީހަކުނަމަ އެމީހެއްގެ ކަރަށް އަނެއް ދުވަހު ގަދަކަމުން ބަނގުރާ އަޅަން ޕޯޗްގީޒުން ނިންމާފައިވަނިކޮށް އެރޭ ބޮޑުތަކުރުފާނަށް މާލ؛ެ ވަޑައިގެންނެވުނީ ކާކު ބޮޑުތަކުރުފާނަށް އެކަން އަންގައިގެންތޯ ސުވާލު ނުއުފައްދަންވީ ސަބަބެއް ނެތީމައެވެ.  

އެޒަމާނަކީ މޯބައިލްފޯނެއް ސެޓެލެލައިޓެއް، އެންމެ ކުޑަމިނުން ވޯކީޓޯކީއެއްވެސް ގެންގުޅުނު ޒަމާނެއް ނޫނެވެ. އެފަދަ ޒަމާނެއްގައި މިހައި ބޮޑު އިއްތިފާޤެއް ހިނގައި ދިއުމުން އެއީ ﷲ ތަޢާލާ ދިވެހިންނަށް މިންވަރުކުރެއްވެވި ކޮންފަދަ ބޮޑު ނަޞްރެއްކަމާއިމެދު ނުވިސްނާނަމަ އެމީޙެއްގެ ވިސްނުން ފުރިހަމަވާނެތޯއެވެ؟  

އަޅުގަނޑު މިވާހަކަ މިބަޔާންކުރަނީ ސިޔާސީ ވިސްނުމުގައިކަމަށްބުވާތީ ސިޔާސީ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ. ޤައުމިއްޔަތާއި ﷲ ގެ ދީނަށް، ރާއްޖޭގައި އިސްލާމްދީން ޙިމާޔަތްކޮށް ނަޞްރުދެވޭ މިންވަރާއިމެދު ކޮންމެ ބޭފުޅަކުވެސް ވިސްނަވައިލެއްވެވުމުން ފުދޭނެއެވެ.  

އަޅުގަނޑުގެ ކަންބޮޑުވުމަކީ އިއްޔެގެ ޚުޠުބާގައި ދިން ނަޞޭޙަތެއް ނޫނެވެ. ނަމަވެސް އެއީ ޤައުމީ ދުވަސްފަދަ މުހިންމު ދުވަހެއް، އިސްލާމް ދީން ދިﷲާޢުކުރަން އެންމެން ކަމަރުބަންނަން ގޮވާލަންޖެހޭ ދުވަހެއް ކުރިއަށް އޮއްވައި ކޮންމެހެން އިއްޔެ ދިނުން މުހިންމު ނަޞޭޙަތަކަށް ހެދީ ކީއްވެގެންތޯއެވެ! ވައްސަލާމް! 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް