އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމެއްގެ ސިފަ، ލާފޭރާމާ ބޭރުފުށުން ދެއްކުމަކުން ނުފުދޭނެ! ސިފައާ އެއްގޮތަށް ޢަމަލުކޮށްގެން ނޫނީ ސަލާމަތެއް ނުވެވޭނެ!

މުސްލިމެއްގެ ސިފަ، ލާފޭރާމާ ބޭރުފުށުން ދެއްކުމަކުން ނުފުދޭނެ! ސިފައާ އެއްގޮތަށް ޢަމަލުކޮށްގެން ނޫނީ ސަލާމަތެއް ނުވެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

މުސްލިމުން އަދި އިސްލާމް ދީން ދަނީ ބާރުސްޕީޑްގައި ކުރިއަރަމުންނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ބެލިނަމަވެސް އެންމެ ބާރަށް ކުރިއަރައިގެންދަނީ އިސްލާމް ދީން ކަމަށް ދެކޮޅުހެދޭކަށް މިއަދަކު ނެތެވެ. ތަފާސް ހިސާބުތަކުން އެކަން އަންނަނީ ފެންނަމުންނެވެ. 

އެހެނަސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކުގައި ބައަކު ދަނީ ފޭލްވަމުންނެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ. 

އާނއެކެވެ! މުސްލިމް އަންހެނުންވެސް އަދި ފިރިހެނުންވެސް ތިބެން ވަކިގޮތްތަކެއް އެބައޮތެވެ. މިދައްކަނީ ފޭރާންލުމާއި ބޭރުފުށުގެ ސިފައިގެ ޥާހަކައެވެ. އެހެންވެ ވަރަށް ގިނަ މުސްލިމުން މިއަދު ތިބީ އެސިފައިގައެވެ. އަންހެނުން ޙިޖާބާއި ނިޤާބް އަޅައިގެންނެވެ. ފިރިހެނުން ތުނބުޅި ބަހައްޓައިގެންނެވެ. އަދި އެހެން ގޮތްގޮތުންވެސް ބޭރުފުށުން ވަރަށް ފުރިހަމައަށް މުސްލިމެއްގެ ސިފަ ދައްކައިގެންނެވެ. 

އަހުރެންގެ ސުވާލަކީ ލައިގެންހުރި ފޭރާމާއި ބޭރުފުށުން ދައްކައިގެންހުރި ސިފައާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓޭހެއްޔެވެ؟ ނަމާދުކުރެވޭހެއްޔެވެ؟ ތެދުވެރިވެވޭހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެވޭހެއްޔެވެ؟ އެކަންކަން އެގޮތަށް ކުރެވޭހެއްޔެވެ؟ ކުރެވޭނަމަ އެމީހަކު ހިމެނިގެންދާނީ ފުރިހަމަ މުސްލިމުންގެތެރޭގައެވެ. 

އަހުރެންނަށް ބުރަވެވެނީ ގިނަ ބައަކަށް އެމީހުންގެ ޢަމަލުތައް ސީދާކުރުމުގައި ފޭލްވެވޭކަމަށެވެ. މިސްކިތްތަކުގެ ޖަމާޢަތަށް ބަލައިލުމުން މިބުނެވެނީ ތެދެއްކަން އެނގިގެންދެއެވެ. ބަންގިގޮވާވަޤުތު މިސްކިތް ކައިރިން ހިނގާފައިދާ ހުރިހާ މުސްލިމުން ނަމާދަށް އަރާނަމަ މިސްކިތް ފުރިބާރުވެގެންދާނެއެވެ. އަދި މަގުމަތިވެސް ފުރޭނެއެވެ. އެކަމުގެ ދަލީލަކީ ރޯދަމަހު މިބުނާ ގޮތަށް މަންޒަރު ފެންނަކަމެވެ. 

މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނީ އެމީހެއްގެ ބޭރުފުށުގެ ސިފައަށް ބައްލަވައިވޮޑިގެނެއް ނޫނެވެ. އެމީހަކު ކުރި ޢަމަލަށް ބައްލަވައިވޮޑިގެނެވެ. ބޭރުފުށުގެ ސިފަ މުސްލިމުންނާއި އެއްގޮތް ކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އެހެނަސް އެކަމުން ލިބެންވާ ޙަޤީޤީ ފައިދާ އެމީހަކަށް ލިބިގެންދާނީ އެމީހާގެ ޢަމަލުތަކުން ތިމާއަކީ މުސްލިމެއްކަން ޘާބިތުކުރުމުންނެވެ. 

ވީމާ ކޮންމެ މުސްލިމަކުވެސް މިކަންކަމަސް ވިސްނައިލުން ވަރަށް ބޮޑަށް އެދެވިގެންވެއެވެ. އާޚިރަތް ދުވަހު އުފާކުރަން ލިބޭނެ މީހަކަށް ވެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް