އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލުގެ އަމާޒަކީ ޣާޒާ ސަރަޙައްދު ހިސޯރުކޮށް ވެރިވެގަނެ އިޒްރޭލާ އެއްކޮށްލުން؟

އިޒްރޭލުގެ އަމާޒަކީ ޣާޒާ ސަރަޙައްދު ހިސޯރުކޮށް ވެރިވެގަނެ އިޒްރޭލާ އެއްކޮށްލުން؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

އިޒްރޭލުގެ އަމާޒަކީ ޣާޒާއިން މީހުން ހުސްކޮށް އިޒްރޭލުގެ ސަރަޙައްދާއި އެއްކޮށްލުން ކަމަށް ބެލެވޭ ކަމަށް މައްސަލަ ދިރާސާކުރާ ފަރާތްތަކުން ބުނަން ފަށައިފިއެވެ. އެގޮތަށް ބުރަވާ މީހުން ބުނަނީ ޣާޒާއާއިމެދު މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޣާޒާދޫކޮށް ދިއުމަށް ޣާޒާގެ ރައްޔިތުންނަށް މަޖުބޫރުވާނެކަމަށެވެ. 

ޣާޒާގެ ޢިމާރާތްތަކަށް ވައިގެމަގުންނާއި އެނޫންވެސް ގޮތްގޮތުން ދެމުން ގެންދާ ޙަމަލާތައް ކުރިއަށް ގެންދަނީ ޣާޒާ އަތުލައިގަންނަން ކަމަށް ބެލެވޭއިރު އިޒްރޭލުގެ ބަސްމަގުންވެސް ފެންނަނީ އެކަމެވެ. "ދުވަހަކު ނުދޭވަރުގެ ބާރުގަދަ ޙަމަލާތަކެއް ދޭނަން! މުޅިން ތަފާތު ނަތީޖާއެއް ނެރޭނަން!" ފަދަ ބަސްތަކުން އިޒްރޭލުގެ އަމާޒު ދަނީ ފާހަގަކުރެވެމުންނެވެ. 

އިޒްރޭލާއި ދެކޮޅަށް ޢަމަލީ ގޮތުން ކަމެއް ކުރެވޭނީ ސަޢުދިޢަރަބިޔާ، މިޞްރު، އަދި ޔޫއޭއީ ފަދަ ޤައުމުތަކަށް ނަމަވެސް އެއިން ޤައުމަކުން އެއްވެސް ޢަމަލީ ފިޔަވަޅެއް އަޅައިފާނެ ކަމަކަށް ނުބެލެވެއެވެ. އެފަދަ ކަމެއް ކުރިނަމަވެސް ކުރާނީ އީރާނުންނެވެ. އެމެރިކާއިން ގެންދަނީ އީރާނަށް ބިރުދައްކަމުންނެވެ. 

އިޒްރޭލުން ޣާޒާ ހިފައިފިނަމަ ޖެހިގެން އޮތް ފަލަސްޠީނުގެ ބިމަށްވެސް އެކަމުގެ އަސަރުކުރާނެއެވެ. ޣާޒާ ހިމާޔަތްކުރުމުގެ ނަމުގައި ފަލަސްޠީނުގެ ބިމުން ބޮޑުބައެއް އިތުރަށް ފޭރިގަންނާނެތީއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް