އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމިލިއަނަށްވުރެ ގިނަ އިންސާނުން ބަނޑަށް ޖައްސުވައި ކަނުއަނދިރީގެ ތެރެއަށް ފޮނުވައިލާއިރު ދުނިޔެ ކޮބާ؟

ދެމިލިއަނަށްވުރެ ގިނަ އިންސާނުން ބަނޑަށް ޖައްސުވައި ކަނުއަނދިރީގެ ތެރެއަށް ފޮނުވައިލާއިރު ދުނިޔެ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ކައްކާ ގޭހާ، ފެނާ، ތެޔޮ ޣާޒާއަށް ފޯރުކޮށްދޭން އިޒްރޭލުން ހުރަސް އަޅައި އެކަން ހުއްޓުވުމާއި ގުޅިގެން ކުރިއަށް އޮތް މަދު ގަދިއރުކޮޅެއްގެ ތެރޭގައި ޣާޒާގެ އިންޖީނުތައް ހުއްޓި ކަނުއަނދިރީގައި ތިބެންޖެހޭނެކަން ޣާޒާއިން ހާމަކޮށްފިއެވެ. 

ޣާޒާއަކީ ހަމާސްއެއްވެސް ނޫނެވެ. އަދި ހަމާސްއަކީ ޣާޒާއެއްވެސް ނޫނެވެ. ޣާޒާއަކީ 2.3 މިލިއަން އިސްސާނުން ދިރިއުޅޭ ބިމެކެވެ. ވީމާ ހަމާސް ޢާއި ޣާޒާ އާއި ދެމެދު އުފެދިފައިވާ މައްސަލއެއްގެ ސަބަބުން ޣާޒާގެ 2.3 މިލިއަން ރައްޔިތުން ބަނޑަށް ޖައްސުވައި މެރުމުގެ ބޮޑު ޖަރީމާ އިޒްރޭލުން ހިންގަމުންދާއިރު ދުނިޔެއަށް އެއީ ކަންބޮޑުވުމަކަށް ނުވެއެވެ. މުސްލިމް ލީޑަރުން ގަނޑުވަރުތަކުގައި ތިބެގެން ގަހުވަ ހިއްޕަވަނީއެވެ. އެމީހުންނާއި ބެހޭ ކަމެއް ހިނގާކަން އެނގޭ ކަމަކަށްވެސް ނުވެއެވެ. 

ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުން މިހާރު ހިންގަމުން ގެންދަނީ ދުނިޔޭގެ ފަހުގެ ތާރީޚުގައި އިންށާނިއްޔޔަތާ ދެކޮޅަށް ހިންގާ އެންމެ ބޮޑު ، އެންމެ ނުބައި ޖަރީމާއެވެ. 

އިޒްރޭލުން މިހައިތަނަށްވަނީ 22،600 ޣާޒާގެ ގެތަކާއި 10 ހޮސްޕިޓަލާއި 48 ސްކޫލް  ފުނޑުފުނޑުކޮށްލައިފައެވެ. މިހާރު ތައްޔާރުވަމުން ދަނީ ވައިގެ ހަމަލާތައް ދިނުމުގެ އިތުރުން  އެއްގަމު މަގުން އަރައިގަތުމަށެވެ. 

ޣާޒާގެ އިތުރުން ފަލަސްޠީނުގެ އެހެން ސަރަހައްދުތަކަށްވެސް މިހާރު އިޒްރޭލުން ގެންދަނީ ބޮން އަލަމުންނެވެ. 

ގިނަ ބައަކު ބުނަނީ އިޒްރޭލުގެ ނުބައިކަމަށްވުރެ މިކަމުގައި ކަންކަން ކުރެވޭނެ، ބާރުހުރި މުސްލިމް ޤައުމުތަކުގެ ވެރިންގެ ނުބައިކަން ކުޑަނޫންކަމަށެވެ. 2.3 މިލިއަން މުސްލިމުން ޝަހީދުކޮށްލުމަށް ދޫކޮށްލައިގެން އެތިބެނީ އެމީހުންގެ ނުބައިކަމުން ކަމަށެވެ. 

https://twitter.com/hashtag/Al_Karama?src=hash&ref_src=twsrc%5Etfw

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް