އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޣާޒާގެ މައްސަލަ: މުސްލިމުންނަކީ މީހުންމަރާ ބައެއްކަމަށް ބުނެ ފަތުރަނީ ދޮގު މަޢުލޫމާތުކަމުގެ ހެކިތައް ތާރީޚުން ފެންނަން މިހުރީ!

ޣާޒާގެ މައްސަލަ: މުސްލިމުންނަކީ މީހުންމަރާ ބައެއްކަމަށް ބުނެ ފަތުރަނީ ދޮގު މަޢުލޫމާތުކަމުގެ ހެކިތައް ތާރީޚުން ފެންނަން މިހުރީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

މުސްލިމުންނަކީ ހަރުކަށިފިކުރުގެ ބައެއް ކަމަށް ބުނެ މުސްލިމުންގެ ބޮލުގައި ތަފާތު ތުހުމަތުތައް އަޅުވަމުން ގެންދާ މީހުން ނިކަން އަހުރެންގެ މިސުވާލުތަކަށް ޖަވާބުދީބަލާށެވެ! 

1 ދުނިޔޭގައި ކުރެވުނު 2 ބޮޑުހަނގުރާމައިން އެއްވެސް ހަނގުރާމައެއް ފެށީ މުސްލިމުން ހެއްޔެވެ؟

2 ޖަޕާނަށް ނިޔުކްލިޔަރ ބޮން އަޅައި އިންސާނިއްޔަތަށް ދިން ބޮޑު ގެއްލުން ދިނީ މުސްލިމުން ހެއްޔެވެ؟

3 އެތައް މިލިއަން ޔަހޫދީން މެރި ހޮލޮކާސްޓް ހިންގީ މުސްލިމުން ހެއްޔެވެ؟

4 މިހާރު ފަށައިގެން ކުރިއަށް ގެންދާ ޔޫކްރޭން ހަނގުރާމަ ފަށައިގެން އުޅެނީ މުސްލިމުން ހެއްޔެވެ؟

5 ޤައުމުތަކަށް ވެރިވެގަނެ އެޤައުމެއްގެ ރައްޔިތުން އަޅުވެތިކޮށް އަޅުންކަމުގައި ހަދައިގެން މުޅި ދުނިޔެއަށް ވެރިވެގަނެގެން އުޅުނީ މުސްލިމުންހެއްޔެވެ؟ 

ދެން އޮތީ އިޒްރޭލާއި ފަލަސްޠީނުގައި މިހާރު ކުރިއަށްދާ ކަންކަމެވެ. އަހުރެންގެ ސުވާލަކީ ބައަކު އައިސް ތިބާ ގޭގައި ބަންދުކޮށް ގެއިން ނުކުތަ ނުދީ ހިފަހައްޓަމުން، ކާންބޯން މަސައްކަތްކުރަން ހުރަސް އަޅަމުން ތިބާ ނަމާދުކުރަން އެންމެ ލޯބިކުރާ މިސްކިތުގައި (އަޤްޞާގައި) ނަމާދުކުރަން ހުރަސް އަޅަމުން އަދި އެވަރުންވެސް ނުފުދިގެން ކޮންމެ ދުވަހަކު ގެތަކަށްވަދެ އެގޭގެ އެންމެން ގެއިން ބާރަށްލައި އެގެތަކަށް ވެރިވެގަންނަމުންދާނަމަ އެކަންކަމަށް ކެތްކޮށްގެން ހުރެވޭނީ ކިހައި ދުވަހަކުހެއްޔެވެ؟ 

އިޒްރޭލުން ހިންގާ މިފަދަ އެއްވެސް ޖަރީމާއެއް އިޒްރޭލުގެ ސަޕޯޓަރުންނަކަށް ނުފެނެއެވެ. ފެންނަނީ ފަމައެކަނި ހަމާސްއިން ނުވަތަ ފަލަސްޠީނުން ކުރާ ކަންކަމެވެ. މިއީ އެއްވެސް އިންޞާފެއް ނޫނެވެ. ކަންކަމަށް ބަސްބުނަންވާނީ އިންޞާފުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް