އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ކޮންމެ ކަމެއްވާއިރަށް އަހުރެން ގެނެސް ތިއަ ސިވާކުރާއިރު ކަލޭމެންނަށް ތިތިބީ ކިހިނެއްވެފައި ހެއްޔެވެ؟
ކޮންމެ ދުވަހަކު އިޒްރޭލުން ފަލަސްޠީނަށް ގެއްލުންދީ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާތައް ނުފެންނަނީހެއްޔެވެ؟ އަނިޔާވެރި ގޮތުގައި ކޮންމެ ދުވަހަކު އަމިއްލަ ގެދޮރުން ބޭރުކުރެވެމުން އަންނަތަން ނުފެންނަނީހެއްޔެވެ؟ 2 މިލިއަނަށްވުރެ ގިނަ އިންސާނުން ރަޙީނުކޮށް ޖަލެއްގައި ބައިތިއްބައި އެމީހުންގެ އިންސާނީ ޙައްޤުތަކުން މަޙްރޫމްކޮށްގެން ގެންގުޅޭތާ 16 އަހަރުވީކަން ނުއެނގެނީހެއްޔެވެ؟
ފަލަސްޠީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ކުރަމުން ގެންދާ އަނިޔާތަކާއި ގުޅިގެން އެއަނިޔާތަކަށް ކެތްނުކުރެވިގެން ކަމެއްކުރާއިރަށް އެކަން އެއީ ދުނިޔެއަށްވުރެ ބޮޑު ކަމަކަށް ހަދައިގެން އަހުރެންނާއި ސުވާލުކުރާއިރު، ފަލަސްޠީނާއި ސުވާލުކުރާއިރު އިޒްރޭލުން ކޮންމެ ދުވަހަކު ކުރާ ކަންކަން ކަލޭމެންނަށް އެބަފެނޭހެއްޔެވެ؟ އެމީހުންނާ އެބަ ސުވާލުކުރެވޭ ހެއްޔެވެ؟
މިއީ ސިޔާސީ ކަމަކަށް ހަދައިގެން ކަންކަން ކުރަން އުޅޭވަރަށްވުރެ މިއީ މާބޮޑު މައްސަލައެކެވެ. ފަލަސްޠީނުގެ މައްސަލައަށްވުރެ ޙައްލު ނުކުރެވި ގިނަ ދުވަސްވީ، އަދި ދުވަހުން ދުވަހަށް އަނިޔާވެރިކަން އިތުރުވަމުންދާ މައްސަލައެއް ނިކަން މުޅި ދުނިޔެއިންވެސް ދައްކައިބަލާށެވެ!
- އިނގިރޭސިވިލާތުގަ ހުންނަވާ ފަލަސްޠީން ސަފީރުގެ ވާހަކަފުޅަކުން.
Advertisement
13 އޮކްޓޯބަރ 2023