އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު
އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣާޒާއަށް ދެމުން ގެންދާ ޙަމަލާތަކުގައި ޝަހީދުވާ، ޙަމަލާދީ ޝަހީދުކުރާ މީހުންގެ ހަށިތަކުން ޣާޒާގެ މަގުތައް ފުރެމުން އަންނަކަމަށް ރިޕޯޓްތައް ބުނެއެވެ.
"މިހާރުވެސް މަގުތަކުގައި އެތައް ބައެއްގެ ހަށިތައް އެބަހުރި. ވަކިމަގެއް ނޫން. ހުރިހާ މަގުތަކެއްގަވެސް. ހަށިތައް ނަގަން ކައިރިވާން އުޅުނަސް ދެނީ ޙަމަލާ" ކަމަށް ބުނެއެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި ޝަހީދުކުރާ މީހުން ވަޅުލެވޭނެ ގޮތެއް ނެތިގެން މަހުގެ ބާވަތްތަކާއި އައިސްކްރީމް އުފުލާ ލޮރީތަކުގެ ފްރިޖްތަކަށްވެސް ހަށިތައް ލަމުން ގެންދާތީ ވެހިކަލްތައްވެސް އަންނަނީ ފުރެމުންނެވެ. ވަޅުނުލެވޭ އެންމެ ބޮޑު އެއް ސަބަބަކީ ޖަނާޒާތަކަށް ވެސް ހަމަލާދޭތީ އާއި ހަށިތައް އުފުލާ ލޮރީތަކަށްވެސް ޙަމަލާދޭކަމެވެ.
ހައްދުފަހަނައަޅާފައިވާ މިއަދުވެސް ގެންދަނީ ޣާޒާއަށާއި އެހެން ސަރަޙައްދުތަކަށްވެސް ބޮންއަޅަމުންނެވެ. މިސައިލުންނާއި ބޮޑުބަޑިން ޙަމަލާތައްވެސް ދެމުންނެވެ. ގެންދަނީ ޙަމަލާދޭ ސަރަޙައްދުތައްވެސް އިތުރުކުރަމުންނެވެ. ޙަމަލާތަކުގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.
Advertisement
15 އޮކްޓޯބަރ 2023