އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު
ޔަހޫދީ ޓެރަރިސްޓުން ޣާޒާއަށް ދެމުން ގެންދާ ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން އީރާނުން ބަސްބުނަން ފެށުމުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންނަށް އެހީތެރިވެ އެމީހުން ދިފާޢުކޮށްދިނުމުގައި ހައްދުފަހަނައަޅާފައިވާ އެމެރިކާއިން މޭކަރަން ފަށައިފިއެވެ. މޭގަނޑު އަތަން އަންނަން ފަށައިފިއެވެ.
އެމެރިކާގެ ރައީސް ބިޑެން މިހާރު ބުނަނީ ޣާޒާއަށް ބޭނުންވާ އިންށާނީ ޙައްޤުތައް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ. އެކަމަށް އިޒްރޭލުން ފުރުޞަތުދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ކުރެވޭނެ މަގެއް ދައްކަންޖެހޭނެކަމަށެވެ. ހަނގުރާމަކުރަންޖެހޭނީ ހަނގުރާމަކުރުމުގެ އިންތަކުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން އެއްގަމު މަގުން ޣާޒާއަށް އަރައި ޤާޒާ އަތުލައިގަތުމަކީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންނަށް ހެދޭނެ ވަރަށް ބޮޑު ގޯހެއްކަމަށްވެސް ބިޑެން ބުނެއެވެ.
ބިޑެންގެ މިވާހަކަތަކަކީ ބައިނަލްއަޤްވާމީ ހަނގުރާމައިގެ ކޯޓަށް ހާޒިރުވާންޖެހިދާނެ ކަމަށް ބިރުންނާއި އީރާނުން ކޮށްފާނެ ކަމަކަށް ޖެހިލުންވެ ހުރެ ދައްކާ ވާހަކަ ކަމަށް ބެލެވެއެވެ. ޣާޒާއަށް މިހާރު ދެމުން ގެންދާ ޙަމަލާތަކުގެ ޝަރީޢަތް ކުރެވޭނެ ދުވަހެއްވެސް އަންނާނެއެވެ. އިން ޝާ ﷲ. އަދި ފަލަސްޠީނު ރައްޔިތުންގެ ދިފާޢުގައި ތެދުވާނެ ބައަކުވެސް ފައުޅުވާނެއެވެ. އިން ޝާ ﷲ
އީރާނުން މިހާރުވެސް ގެންދަނީ އިންޡާރުގެ ބަސްތައް ބުނަމުންނެވެ. ހިޒްބުﷲ ހަނގުރާމަވެރިން މައިދާނަށް ނުކުތުމުން ދެން ކަންކަން ވެގެންދާނެ ގޮތަކާއިމެދު މޭކަރަން ފެށީއެވެ. ގުޑުގުޑާކޮޅާ ގަހުވަފޮދު ހިއްޕަވާ މުސްލިމް ލީޑަރުން އަދިވެސް ތިއްބެވީ ދެބަނދިހާރު ޙާލަތުގައި ހަމަހޭނެތި ވާނުވާގައިކަން ފާހަގަކުރެވެއެވެ.
Advertisement
16 އޮކްޓޯބަރ 2023