އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތައިލުމުގެ ޢަމަލުތައް ކުށްވެރިކޮށް ކާފިރުން މިއަދު އެދައްކާ ވާހަކަތައް... ދުނިޔެ ލަދުގަންނަން ޖެހޭ!

އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތައިލުމުގެ ޢަމަލުތައް ކުށްވެރިކޮށް ކާފިރުން މިއަދު އެދައްކާ ވާހަކަތައް... ދުނިޔެ ލަދުގަންނަން ޖެހޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

އިޒްރޭލުން ހިންގަމުން ގެންދާ ނަސްލު ނައްތައިލުމުގެ ޢަމަލުތައް އިންސާނީ ޙައްޤުތައް ޙިމާޔަތްކުރަން މަސައްކަތްކުރާ ދުނިޔޭގެ އެންމެ ބޮޑު 2 ޖަމިއްޔާއިން އެއޮތީ ޑޮކިޔުމަންޓްކޮށްފައެވެ. އެކަންކަން ދުނިޔޭގެ އެންމެންނަށް އެބަފެނެއެވެ. ދުވަހުން ދުވަހަށް ހުރިހާ ކަމެއް އެބަ އެނގެއެވެ.  

އެ 2 ޖަމިއްޔާއިން ވެސް ގޮވާލާފައި އެވަނީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބައިނަލް އަޤްވާމީ ކޯޓުން ބެލުމަށެވެ. އެއަޑު އިވެނީ ކާކަށް ހެއްޔެވެ؟ އެކަމަށް ޢަމަލީ ގޮތުން މަސައްކަތްކުރަނީ ކާކު ހެއްޔެވެ؟  

ފަލަސްޠީނުގެ ބިންތައް ފޭރުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާވެރި ޢަމަލުތައް ކުރަން ދުރާލައި ރާވައިގެން ބޮޑެތި ޖަރީމާތައް ކޮންމެ ދުވަހަކު ހިންގާތާ 70 އަހަރުވީއެވެ. އެތަން ފެނުނީ ކާކަށް ހެއްޔެވެ؟ ބުނަންޖެހޭ ޙައްޤުބަސް ބުނީ ކާކުހެއްޔެވެ؟ އެކަންކަން ހުއްޓުވަން އަޅަންޖެހޭ ފިޔަވަޅު އެޅުނީ ކޮން ފަރާތަކަށް ހެއްޔެވެ؟  

އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާއިރު އިޒްރޭލުގެ ޢުދުވާނުތަކުގެ ވާހަކަ ދައްކަންޖެހޭ ޢިބާރާތުން ދައްކަން ކެރެނީ ކާކަށް ހެއްޔެވެ؟ އެއީ ނަސްލު ނައްތައިލުމަށް ހިންގާ ޖަރީމާތަކެއްކަމަށް ބުނެލަން ކެރުނީ ބާރެއްހުރި ކާކަށް ހެއްޔެވެ؟  

މިއީ މިއަދު މުސްލިމުން ދައްކާ ވާހަކައެއް ނޫނެވެ. ބާރާއި ނުފޫޒުހުރި ކާފިރުން ދައްކާ ވާހަކަތަކެވެ. ވީއިރު އަނިޔާތަކަށް ކެތްނުކުރެވިގެން އިޒްރޭލަށް ކިތަންމެ ކުޑަނަމަވެސް ޙަމަލާއެއް ދީފިނަމަ އެކަންކުށްވެރިކޮށް ވާހަކަ ދައްކަން ދުނިޔެ ލަދުނުގަންނަނީ ކީއްވެގެންހެއްޔެވެ؟

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް