އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 31 ސިކުންތު
ސައުދީ އަރަބިއްޔާއިން އިސްރާއީލާ ގުޅުން ރަނގަޅުކުރުމަށް އެމެރިކާ ތާއީދުކުރާ ޕްލޭންތަކަށް އެއްބަސް ވަމުންދާކަމަށް ދެމަސްދަރަކުން ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ލިބިފައިވާކަމަށް އަލްޖަޒީރާއިން ބުނެފައިވެ އެވެ.
މިހާރު ފެށިގެންއުޅޭ ހަމަނުޖެހުމުގެ ސަބަބުން އީރާނާ ސައުދީއަރަބިޔާއާއި ދެމެދުގައިވެސް ވަނީ މައްސަލަ އުފެދިފައެވެ. ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަލަސްތީނުގެ މައްސަލައިގާ އެންމެ ފުރަމަތަވެސް ފޯނުކުރައްވާފައިވަނީ އީރާނުގެ ރައީސް އިބްރާހިމް ރައިސީއަށެވެ. އެއީ މުޅި ސަރަހައްދުގައި އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި އިތުރުވުން ހުއްޓުވުމަށް ރިޔާޒުން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.
މި ދެ މަސްދަރުން ރޮއިޓާސްއަށް ދިން މައުލޫމާތުގައި އިސްރާއީލާއެކު އާންމު ހާލަތަކަށް ގެންދިއުމާ ގުޅޭގޮތުން އެމެރިކާގެ ތާއީދު އޮންނަ މަޝްވަރާތައް ފެށެން އަދި އަވަސް ނުވާނެ ކަމަށާއި އެއީ ރިޔާޒުން ދެކޭ ގޮތުގައި އެމެރިކާގެ ދިފާއީ އެއްބަސްވުމެއްގައި ވާގޮތުން އެމެރިކާ ރުހުން ހޯދުމަށް ސައުދީން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
އީރާނުގެ ތާއީދު އޮންނަ ހަމާސް އިން އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ފަނާކުރަނިވި ހަމަލާއެއް ދީގެން ހަނގުރާމައެއް ފެށުމާ ހަމައަށް އިސްރާއީލާއި ސައުދީ ލީޑަރުން ވެސް ބުނަމުން އައީ މެދުއިރުމަތި އަލުން ބައްޓަން ކުރެވިދާނެ އެއްބަސްވުމަކަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އިސްލާމްދީނުގެ އުފަން ރަށް އަދި އެންމެ މާތް ސަރަހައްދު ކަމަށްވާ ސައުދީ އަރަބިއްޔާއިން ފަލަސްތީނުގެ އެންމެ ފަހުގެ ހަމަނުޖެހުންތަކާ ހަމައަށް އިޝާރާތްކޮށްފައި އޮތީ އިސްރާއީލުން ފަލަސްތީނަށް ބޮޑެތި ލުއިތަކެއް ނުދިންނަމަވެސް އެމެރިކާގެ އެ ދިފާއީ އެއްބަސްވުން ސައުދީން ކުރިއަށް ގެންދިއުމަށެވެ.
ފަލަސްތީނުގެ ރައްޔިތުން އެއްފަރާތްކޮށްލާ އުސޫލަކުން ސަރަހައްދުގެ ވަށައިގެން ތިބި އަރަބިން ރުޅި އައުމުގެ ނުރައްކާ އޭގެ ސަބަބުން ކުރިމަތިވާނެ ކަމަށާއި، އަރަބި ނޫސްތަކުން އިސްރާއީލުން ބަދަލު ހިފުމުގެ ވައިގެ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ ތަސްވީރުތައް ދައްކަމުން ދާތީ ރުޅިވެރިކަން އިތުރުވާނެ ކަމަށެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާގައި އިސްރާއީލުގެ 1،300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެކަމުގެ ރައްދުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ހުކުރު ދުވަހުގެ ނިޔަލަށް ވަނީ 1،952 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުވެފައެވެ.
ރިޔާޒުގެ ވިސްނުމަށް ތާއީދުކުރާ މަސްދަރަކުން ބުނާގޮތުން މިވަގުތު މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަޝްވަރާތައް އަލުން ފެށުމަށްޓަކައި ފަލަސްތީނަށް އިސްރާއީލުން ލުއިތަކެއް ދިނުމަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެއެވެ.
ރޮއިޓާސްގެ ފަރާތުން މިކަމާގުޅޭގޮތުން ބަހެއް ހޯދުމަށް އީމެއިލް މެދުވެރިކޮށް އެދުމުން ސައުދީ ސަރުކާރުން ޖަވާބެއް ނުދެއެވެ.
ނޯމަލައިޒޭޝަން އަކީ ކުރިން ވެސް [އަރަބި ދުނިޔޭގައި] އާދައެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމެއް... މި ހަނގުރާމައިން އެކަން ހާމަކޮށް ބޮޑުގޮތެއްގާ ފެނޭ” ސައުދީ އަރަބިއްޔާގެ އެނަލިސްޓް އަޒީޒް އަލްޣާޝިއަން ވިދާޅުވިއެވެ.
ވޮޝިންޓަނުން ބޭނުންވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ގޮތަށް ގަލްފްގެ ބައެއް ގައުމުތަކުން ގުޅުން އާންމުކުރި އެއްބަސްވުމެއް ކަމުގައިވާ "އަބްރަހަމް" އެއްބަސްވުންތަކުގެ މައްޗަށް މެދު އިރުމަތީގެ މަސްލަހަތު ބިނާކުރުމަށެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން މި ހަފްތާގައި ވައިޓް ހައުސްގައި ބޭއްވި ބްރީފިންގައި ވިދާޅުވީ ނޯމަލައިޒޭޝަންގެ މަސައްކަތް "ހުއްޓިފައި ނުވާ" ކަމަށާއި ނަމަވެސް ފޯކަސް ކުރަނީ މިވަގުތަށް ހުރި އެހެން ގޮންޖެހުންތަކަށް ކަމަށެވެ.
ސައުދީ ވިސްނުން ހުރި މަސްދަރަކުން ބުނީ ހަމާސްގެ ހަމަލާ ކުށްވެރި ކުރުމަށް ވޮޝިންޓަނުން މި ހަފްތާގައި ރިޔާދަށް ޕުރެޝަރު ކުރި ނަމަވެސް ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އެކަމަށް ފަހަތަށް ޖެހިފައިވާ ކަމަށެވެ. މިމައްސަލަވަނީ އެމެރިކާގެ މަސްދަރަކުން ރޮއިޓާރސްއަށް ކަށަވަރުކޮށްދީފައިވެއެވެ.
ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ސައުދީ ވަލީއަހުދު އާއި އީރާނުގެ ރައީސްވެސް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައި ވަނީ ޗައިނާގެވެސް އެހީގެ ދަށުން ގަލްފުގެ ވާދަވެރި ގައުމުތަކުން އޭޕްރީލް މަހު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިންނެވެ.
ސައުދީގެ ބަޔާނެއްގައި ބުނެފައިވަނީ ވަލީއަހުދު ރައިސީއަށް ވިދާޅުވީ "މިހާރު ހިނގަމުންދާ ހާލަތު ހުއްޓުވުމަށް ބައިނަލްއަގްވާމީ އަދި ސަރަހައްދީ ހުރިހާ ޕާޓީތަކާ ގުޅިގެން ސައުދީއިން ބޮޑު މަސައްކަތެއް ކުރަމުންދާ" ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ ރައިސީ ސައުދީގެ ވަލީއަހުދުއަށް މި ގޮވާލުމުގެ މަގުސަދަކީ "ފަލަސްތީނަށް ތާއީދުކޮށް އެ ސަރަހައްދުގައި ހަނގުރާމަ ފެތުރުން ހުއްޓުވުން" ކަމަށެވެ.
"އެ ކޯލް ރަނގަޅު އަދި އުއްމީދީ ކޯލެއް،" އޮފިޝަލް ވިދާޅުވިއެވެ.
އީރާނުގެ ދެވަނަ އޮފިޝަލަކު ވިދާޅުވީ މި ގޮވާލުން 45 މިނެޓަށް ދެމިގެންދިޔަ ކަމަށާއި އެ ކޯލްގައި ސުޕްރީމް ލީޑަރު އަލީ ހުސެއިނީ ޚާމަނާއީގެ ތާއީދުވެސް ލިބިގެންވާ ކަމަށެވެ.
ސައުދީ ސަރުކާރުން އެ ގޮވާލުމާ ބެހޭ އިތުރު ތަފްސީލެއް ނުދިން ނަމަވެސް ބަޔާނުގައި ބުނެފައި ވަނީ ވަލީއަހުދު ވަނީ ރަސްކަމުގެ "އެއްވެސް ގޮތަކަށް މަދަނީންނަށް އަމާޒުކޮށް އަދި މައުސޫމް މީހުންގެ ފުރާނަ ގެއްލުމާ ދެކޮޅު ހަދާ" ކަމަށް ވިދާޅުވެފަ އެވެ.
މެދުއިރުމަތީގެ އެހެން ތަންތަނުގައި އުފެދިފައިވާ ފިތުނަތައް ކުޑަކުރުމަށް ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުން އަންނައިރު، އީރާނާ ގުޅިފައިވާ ހޫތީންނާ ދެކޮޅަށް ހަނގުރާމައިގައި ރިޔާޒުން އިސްކޮށް ހުރެގެން ޔަމަނުގައި ހިނގި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ވަލީއަހުދުއާ އެކު ރައިސީ ގޮވާލެއްވި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ވޮޝިންޓަނުން އޮތީ "ސައުދީ ލީޑަރުންނާއެކު މެދުނުކެނޑި ކުރެވެމުންދާ މަޝްވަރާތަކުގައި" ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވަނީ ސައުދީ އަރަބިއްޔާއާ އެކު އެތައް ކޯލެއް ކުރައްވާފައެވެ.
އޮފިޝަލް ވިދާޅުވީ ވޮޝިންޓަނުން އެދެނީ ހަމާސް، ހިޒްބުالله މި ހަނގުރާމައިން ބޭރުކޮށްލުން ކަމަށެވެ.
“ސައުދީންނަށް އަދިވެސް އެ ސަރަހައްދު ގަބޫލުކުރެވޭ، އަދި ޚުދު ސައުދީ އަރަބިއްޔާ ވެސް ސަރަހައްދީ އެއްބާރުލުމާއި އިގްތިސާދީ ތަރައްގީއާ ދިމާއަށް ބަދަލުވާން ޖެހޭ. އީރާނުން އިސްކަންދެނީ އިސްރާއީލުގެ މީހުންނާ ހަމައަށް ހަނގުރާމަ ގެންދިއުން އޮފިޝަލް ވިދާޅުވިއެވެ.
Advertisement
17 އޮކްޓޯބަރ 2023