އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު
އިޒްރޭލުން ޣާޒާއަށް ފެނާއި ގޭހާއި ޑީސަލް ދިނުން ހުއްޓާލުމާއި ގުޅިގެން ޣާޒާގައި ހުރި އެމީހުން އަމިއްލައަށް ފެން އުފައްދާ ޕްލާންޓް ތަކުގެ މަސައްކަތް ހުއްޓުމާއި ގުޅިގެން ފެނަސްޖެހި އެންމެން މަރުވެދާނެ ކަމުގެ އިންޒާރު އދ އިން ދީފިއެވެ. އެންމެ ފަހު ޕްލާންޓް މިއަދު ހުއްޓިފައިވާކަމަށްވެސް ބުނެއެވެ.
ޣާޒާގެ ރައްޔިތުން މިޙާލުގައި ތިބިއިރުވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓް ސިފައިން މިހާރުވެސް ގެންދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑުގެ މަގުންވެސް ޙަމަލާތައްދީ ރައްޔިތުން ޝަހީދުކުރަމުންނެވެ.
ޣާޒާގެ އިތުރުން ވެސްޓް ބޭންކް ސަރަޙައްދުތަކަށް ދެމުން ގެންދާ ޙަމަލާތަކުގައި މިހައިތަނަށް 60 އަށްވުރެ ރައްޔިތުން ޝަހީދުވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ޣާޒާއިން ޝަހީދުވި މީހުންގެ ޢަދަދު އިއްޔެ އާއި ހަމައަށް 2800 އަށް އަރާފައިވާއިރު އެއިގެ ތެރޭގައި 1000 އަށްވުރެ ކުޑަކުދިން ހިމެނެއެވެ. ޝަހީދުވާ މީޙުންގެ 60 އިންސައްތައަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
Advertisement
17 އޮކްޓޯބަރ 2023