އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒަޚަމްވި މީހުންނާ ޝަހީދުވި މީހުންގެ ހަށިތަކުން ހޮސްޕިޓަލްގެ ގޯތި ތެރެ ފުރިއްޖެ!

ޒަޚަމްވި މީހުންނާ ޝަހީދުވި މީހުންގެ ހަށިތަކުން ހޮސްޕިޓަލްގެ ގޯތި ތެރެ ފުރިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 57 ސިކުންތު

އެމެރިކާގެ ރައީސް ހައްދުފަހަނައަޅާފައިވާ ޔަހޫދީންނަށް ހިތްވަރުދޭން ބުދަ ދުވަހު އިޒްރޭލަށް އަންނާތީ އާއި ހަނގުރާމައިގައި ބައިވެރިވާން އެމެރިކާއިން ސިފައިން ފޮނުވަން އުޅޭތީ ހައްދު ފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުންނަށް ލިބުނު ހިތްވަރު އިތުރުވުމުން މިރޭގެ އިރާކޮޅު ވަނީ ޣައްޒާގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް ހަމާލާދީފައެވެ. އެޙަމަލާގައި ވަނީ ހޮސްޕިޓަލުގެ ބޮޑުބައެއް ހަލާކުވެ އެތައް ބައަކު ޝަހީދުވެފައެވެ. ކަރަންޓް ކެނޑިފައެވެ. 

ތިރީގައި އެވަނީ އެ ހޮސްޕިޓަލުގެ މިވަޤުތުގެ ޙާލަތު ބަޔާންކޮށް ވީނިޔުސްގައި ލިޔެފައިވާ ލިޔުމެކެވެ. 

ޣައްޒާގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް އިސްރާއީލުގެ ޓެރަރިސްޓުން މިރޭދިން ވަރުގަދަ އުދުވާނީ ހަމަލާގައި ޝަހީދުވި މީޙުންގެ ހަށިތަކާއެކު، ޣައްޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލްކަމަށްވާ ޝިފާ ހޮސްޕިޓަލްގެ ގޯތިތެރެ ފުރާލައިފިއެވެ.މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެރަރިސްޓުން ޣައްޒާގެ އެތަންމިތަނަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންނާއިގެން ކުރިންވެސް ޝިފާ ހޮސްޕިޓަލް ކުރިންވެސް އޮތީ ފުރިފައެވެ. ޖަނާޒާ ބޭއްވެންދެން ހަށިގަނޑެއް ބާއްވާނެ ތަނެއް ނެތެވެ.

އަލްއަހްލީ ހޮސްޕިޓަލަށް ދެވުނު ހަމަލާގައި ޝަޙީދު މީހުންގެ ހަށިތަކާއި، ޒަޚަމްވި މީހުން ގެންނައިރު، ޝިފާ ހޮސްޕިޓަލުން މިރޭ އެއްކޮށް ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

މިރޭގެ ޙަމަލާގައި 500 އަށްވުރެ ގިނަ މީހުން ޝަހީދުވި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އަދި އިތުރު 600 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަލްއަހްލީ އަރަބް ހޮސްޕިޓަލަށް ހަމަލާދިން އިރު، ކުރީގެ ހަމަލާތަކުގައި ޒަޚަމްވެގެން އެ ހޮސްޕިޓަލުގައިވެސް ދިޔައީ އެތައް ސަތޭކަ ބަޔަކަށް ފަރުވާ ދެމުންނެވެ. އަދި އާންމު ބަލިމީހުންނަށްވެސް ދިޔައީ ފަރުވާ ދެމުންނެވެ.

އަދި އިސްރާއީލުގެ ޓެރަރިސްޓު ހަމަލާތަކުން ދިފާއުވެ ހިމާޔަތް ހޯދަން އެތައްހާސް ބަޔަކު ހޮސްޕިޓަލުގައި ތިއްބެވެ.

އެމެރިކާގައި ގާއިމްކޮށްފައިވާ މެޑްގްލޯބަލް ހިއުމަނިޓޭރިއަން އޮގަނައިޒޭޝަނުން ބުނެފައިވަނީ، މިއީ، 21 ވަނަ ގަރުނުގެ ތެރޭގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް އަމާޒުކޮށް ދިން އެންމެ ވަރުގަދަ އަދި އެންމެ ގެއްލުންބޮޑު ހަމަލާ ކަމަށެވެ.

ހޮސްޕިޓަލަށް ދިން އުދުވާނީ ހަމަލާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިންވަނީ ކުށްވެރި ކޮށްފައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް އެކްސް ޕްލެޓްފޯމްގައި ޕޯސްޓްކުރެއްވި މެސެޖެއްގައި، އިސްރާއީލުގެ ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައި، ސިއްހި ޚިދުމަތްދޭ ތަންތަނާއި އާންމުންގެ ރައްކާތެރި ކަމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައި ވެއެވެ.

އދގެ ފަލަސްތީނު ރެފިއުޖީންގެ އޭޖެންސީން ބުނެފައިވަނީ "ބުނާނެ އެއްޗެއްވެސް ނޭނގެ. ބަސްހުއްޓިފައި" ކަމަށެވެ.

ޣައްޒާގެ ހޮސްޕިޓަލަށް ދެވުނު އުދުވާނީ ހަމަލާގައި އެތައްސަތޭކަ ބަޔަކު ޝަހީދުވުމާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްވަނީ، ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާން ކުރައްވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް