އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު
ޣާޒާއަށާއި ފަލަސްޠީނުގެ އެހެން ސަރަޙައްދުތަކަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓުން ދެމުން ގެންދާ ޢުދުވާނީ ޓެރަރިސްޓް ޙަމަލާތައް ހުއްޓުވައި އިންސާނީ ޙައްޤުތައް ފޯރުކޮސްދިނުމަށް އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި މައްސަލަ އެމެރިކާއިން ވީޓޯކޮށްފިއެވެ.
ސުވާލަކީވެސް މައްސަލައަކީވެސް ފަލަސްޠީން ނައްތާލުމަށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އެމެރިކާއިން ވީޓޯ ކުރީމާ މުސްލިމް ޤައުމުތަކަށް އެމެރިކާ ބޮއިކޮޓް ނުކުރރެވޭކަން! ނޫންތޯއެވެ؟
ބާރުހުރި މުސްލިމް ޤައުމުތަކުން އެމެރިކާ އާއި ގުޅުން އެއްކޮށް ކަނޑާ ނުލައި ތަންކޮޅެއް ދުރަށް ޖެހިލައި އެމެރިކާއާއިއެކު ކުރާ ވިޔަފާރިތައް މަޑުޖައްސައިލިނަމަވެސް ޙާލަތު ބޮޑުތަނުން ރަނގަޅުވެގެން އަންނާނެކަން ޔަޤީންވާއިރު އެވަރުވެސް ކޮށްލަން މުސްލިމް ޤައުމުތައް ނުކުޅެދުމުން އެޤައުމުތަކުގެ ޙާލަތަކީ އެމެރިކާއަށް ތާއީދުކުރުންކަން ހާމަނުވޭތޯއެވެ؟
ގުޅުންހުރި އިތުރު ތަފްޞީލް ވީނިޔުސްއިން:
15 މެމްބަރުން ހިމެނޭ ސަލާމަތީ މަޖިލީހުގައި ދާދި ދެންމެއަކު ނެގި ވޯޓުގައި ގަރާރާ އެއްކޮޅަށް 12 މެމްބަރު ގައުމުން ވޯޓު ދިނެވެ.
އެ ގައުމުތަކަކީ، އަލްބޭނިއާ، ބްރެޒިލް، ޗައިނާ، އިކުއެޑޯރ، ފްރާންސް، ގެބޯން، ގާނާ، ޖަޕާން، މޯލްޓާ، މޮޒަމްބީކް އަދި ސްވިޒަރލޭންޑެވެ.
އެމެރިކާއިން ގަރާރު ވީޓޯ ކުރިއިރު، ވޯޓުލީ ވަގުތު އެބްޒެންޓްވީ ރަޝިޔާއާއި އިނގިރޭސިވިލާތެވެ.
މިގަރާރުގައި، ހަމާސްއިން އިސްރާއީލަށް ދޭ ހަމަލާތައް ކުށްވެރިކުރުމުގެ އިބާރާތް ހިމަނާފައި ވެއެވެ. އަދި އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދިނުންވެސް ކުށްވެރި ކޮށްފައި ވެއެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަގުފަހި ކުރުމުގެގޮތުން ހަމަލާތައް ހުއްޓާލަންވެސް ގަރާރުގައި ވެއެވެ.
އެމެރިކާއިން މި ގަރާރު ވީޓޯކުރީ، ހަމަލާތައް ހުއްޓާލުމުގެ ވާހަކައާއި، ފަލަސްތީނު އާންމުންގެ ވާހަކަ އޮތުމުން ކަމަށް ބެލެވިފައި ވެއެވެ.
ސަލާމަތީ މަޖިލީހުގައި މި ގަރާރަށް ވޯޓަށް އެހުން ފަސްކުރެވޭތޯ އެމެރިކާއިން ވަރަށް މަސައްކަތް ކުރިއެވެ. އެއީ، ބައިޑެން ދަތުރުމަތީގައި އުޅުއްވާނެތީ ކަމަށް ބުނެއެވެ.
ނަމަވެސް، އެމެރިކާގެ ހުށަހެޅުމަށް ބެލުމެއްނެތި ވޯޓުނަގައި ނިންމާލީއެވެ.
އަނެއްކޮޅުން، އިސްރާއީލުގެ ކެބިނެޓާ ބައްދަލު ކުރައްވައި ވާހަކަ ދައްވަމުން ބައިޑެންވަނީ، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް ނަތަންޔާހޫއާއި އޭނާ އެއްބަސްވެފައިވާ ކަމަށެވެ.
ނަތަންޔާހޫގެ އޮފީހުން މީގެ ކުޑަ އިރުކޮޅެއްކުރިން ބުނެފައިވަނީ، މިސްރުމަގުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ހުއްދަދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އެކަން ފެށޭނީ ކޮން އިރަކު ކަމެއް ނުބުނެއެވެ.
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ވާހަކަ ދައްކާއިރު، ޣައްޒާގެ އެތަން މިތަނަށް އިސްރާއީލުގެ ޓެރަރިސްޓުންދޭ އުދުވާނީ ހަމަލާތައް މިހާރުވަނީ ހައްތަހާ ފުޅާކޮށްފައެވެ.
ދާދި ދެންމެއަކުވެސް ޣައްޒާގެ މެދުތެރޭގައި އދއިން ހިންގާ ސްކޫލަކަށް ބޮންއަޅައި އާންމު އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.
އެ ސްކޫލަކީވެސް އާންމު އެތައްބަޔަކު ހިމާޔަތް ހޯދައިގެންތިބި ސްކޫލެކެވެ.
Advertisement
18 އޮކްޓޯބަރ 2023