އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ގިނަ ޢާއިލާތަކަކީ ޣައްޒާގެ ޔަތީމް ކުއްޖަކު ބަލައި ދެވިދާނެ ޢާއިލާއެއް!

ރާއްޖޭގެ ގިނަ ޢާއިލާތަކަކީ ޣައްޒާގެ ޔަތީމް ކުއްޖަކު ބަލައި ދެވިދާނެ ޢާއިލާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ލިޔުމުގައިވާ ވީޑިއޯ ބައްލަވާށެވެ. ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން ވަނީ އެކުޑަކުއްޖާ، ޚާލިދު އައްނަޖާއީގެ ޢާއިލާގެ އެންމެން ޝަހީދުކޮށްފައެވެ. ދިރިހުރީ އެކުއްޖާ އެކަންޏެވެ. އެކުއްޖާ މަސައްކަތްކުރަމުން އެދަނީ ހަށިތައް ވަޅުލުމުގެ ކުރިން މޫނު ދެކެލުމަށެވެ. އެންމެ ފަހު ފަހަރަށް މޫނުގައި ބޮސްދެވޭތޯއެވެ. 

ޣައްޒާގައި މިފަދަ ނިކަމެތި ޙާލުގައި އެތައް ހާސް ކުޑަކުދިން އެބަތިއްބެވެ. ރާއްޖޭގެ ގިނަ ޢާއިލާތަކަކީ މިފަދަ ކުއްޖަކު ބަލައި ބޮޑުކުރެވިދާނެ ޢާއިލާއެކެވެ. ޔަތީމް ކުއްޖަކު ބަލަހައްޓައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައި ވުމަށް ފުރުޞަތުލިބިގެންދާ ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތްއިރު އާޚިރަތް ދުވަހަށްޓަކައިވެސް އެއީ ކުރަން އެންމެ ފައިދާހުރި އެއްކަންތަކެވެ. 

އަތްހުސްކޮށް ޣާޒާގެ ރައްޔިތުންނަށް އެހީތެރިވެދޭންވީއެވެ. އެއިގެ އިތުރުން ޔަތީމް ކުއްޖަކު ބަލައި ބޮޑުކުރަންވީއެވެ. އެކަމަށް ކެރިކުޅަދާނަކަން ލިބިގެންވާ ޢާއިލާތަކުން އެކަމަށް ކުރިމަތިލާންވީއެވެ. އެހީތެރިވާ ޖަމިއްޔާތަކުން މިކަމަށް މަގެއް ހޯދައިދޭން މަސައްކަތްކުރަންވީއެވެ. 

އަޅުގަނޑުމެންގެ އާދަކާދައިގައި ހުންނަ ގޮތުން ކޮންމެ ކަމަކާއިވެސް ކަންބޮޑުވާނީ މަދު ދުވަސްކޮޅަކަށެވެ. އެކަމެއްވެ ނިމުމުން ހަނދާން ނެތިގެން ދެއެވެ. ޣައްޒާއަށް ދެމުން ގެންދާ ގެއްލުންތަކުގެ ކަންކަމަށްވެސް ވެގެންދާނީ އެފަދަ ގޮތެވެ. ޣައްޒާ ބިމާހަމަވެގެންވެސް ހަނގުރާމަ ނިމި މީހުން ޝަހީދުކުރުން ހުއްޓުމަކަށް އައުމުން ސަމާލުކަންދޭ ލިސްޓުން މައްސަލަ އުނިވެގެންދާނެއެވެ. 

މިއަދު ޔަތީމްވަމުން އެދާ ކުދިންގެ މައްސަލައަކީ އެގޮތަށް ނިންމައިލެވެން އޮތް މައްސަލައެއް ނޫނެވެ. އެއީ އެތައް އަހަރުތަކަކަށް ދެމިގެންދާނެ މައްސަލައެކެވެ. އެކުދިން ބޮޑެތިވިޔަސް ދިރިއުޅުމެއް ހޯދޭނެ ގޮތެއް ފެންނަންދެން އުޅެންޖެހޭނީ ވަރަށް ދަތިޙާލުގައެވެ. ރިފިޔުޖީ ކޭންޕްތަކުގައެވެ. ވީމާ މިކުދިންގެ މައްސަލައަކީ އެންމެ މުހިންމު މައްސަލަކަމަށް ދެކެން މިވަނީ ޖެހިފައެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް