އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑައިރު ނަފްސާނީ ފުރައްސާރަ ތަޖުރިބާކުރި ބެލެނިވެރިން އެމީހުންގެ ދަރިންނަށް އެ މައްސަލަތައް ކުރިމަތިކުރުވާ.

ކުޑައިރު ނަފްސާނީ ފުރައްސާރަ ތަޖުރިބާކުރި ބެލެނިވެރިން އެމީހުންގެ ދަރިންނަށް އެ މައްސަލަތައް ކުރިމަތިކުރުވާ.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 10 މިނެޓް, 22 ސިކުންތު

ކުއްޖާ ކުޑައިރު އޭނާގެ މައިންބަފައިން ފަރާތުން ލޯބި ނުލިބުމާއި ނުވަތަ ނަފްސާނީ ދުޅަހެޔޮ މާހައުލެއްގެ ތަޖުރިބާ ނުލިބޭ އަންހެނުންނަށް ދިރިއުޅުމެއް ފަށަން އުނދަގުލެވެ. އަދި ދަރިން ލިބުމާއެކު މިކަމުގެ ސަބަބުން ދަރިންނާމެދު އޮންނަ ގުޅުންތަކަށް އަސަރުކުރެއެވެ. އެގޮތުން،

1. ދޭދޭމީހުންނާއި ދެމެދުގައި އުފެދޭ ގުޅުންތަކުގެ މައްސަލަތައް:

ލޯތްބާއި، ތާއީދާއި، އަޅާލުމާއެކު ޖަވާބުދާރީވާ މައިންބަފައިންނާއެކު ތަރުބިއްޔަތުކުރާ މާހައުލެއްގައި އުޅޭ ކުއްޖަކު ދެކޭނީ ދޭދޭމީހުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ރަނގަޅު އަދި ރައްކާތެރި ކަމެއްގެ ގޮތުގައެވެ. ނަމަވެސް މައިންބަފައިން އެމީހުން ލޯބިވާކަން ނުދައްކާ ނުވަތަ އެކުއްޖާއަށް ރައްކާތެރިކަމާއި ލޯބި ލިބޭނެ ގޮތެއްނެތްތަނެއްގައި ތަރުބިއްޔަތު ކުރާ ކުއްޖަކަށް އެނގިގެން ދަނީ “މީހުންނަށް އިތުބާރު ނުކުރެވޭނެ” ކަމެވެ. ވީމާ އެފަދަ އަންހެނުންނަށް ދަސްވަމުންދަނީ މީހުންނާއިމެދުގައި އޮންނަ ގުޅުންތަކަކީ ރައްކާތެރި ނުވަތަ ދުޅަހެޔޮ ގުޅުންތަކެއް ނޫންކަމުގެ ވިސްނުމެވެ.

ތިއީ އެފަދަ މީހެއްކަން ހީވާ ހިސާބުން އަވަހަށް އެކަން ދެނެގަނެ އެކަމަށް އަވަހަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރާށެވެ. ނޫނީ މިއީ ޖަޒުބާތީ ދުޅަހެޔޮކަމާއި ލޯބި ބޭނުންވާ ކުއްޖަކަށް ކުރިމަތިވާނެ ފަނާކުރަނިވި ކަމެކެވެ. އޭނާ ބޮޑުވަނީ މެދުނުކެނޑި މި ރަނގަޅު ގުޅުންތައް ހޯދަން މަސައްކަތްކޮށް އަމިއްލަނަފްސަށް ބަރޯސާވާން ނޭނގިއެވެ. އެހެންކަމުން އަބަދުވެސް މީހުންގެ ފަރާތުން ބާކީ ކުރުމާއި ބައިވެރިނުކުރުމާއި އަދި ތަފާތުކުރުންވެސް އަންނާނެ ކަމަށް ހީކުރެވޭތީ ކަންބޮޑުވެއެވެ. އަދި މީހުންނާމެދު އޮންނަ ގުޅުންތަކުގެ ސަބަބުން އޭނާ ހާސްވެ ކަންބޮޑުވާ ގޮތްވެއެވެ.

2. އިތުބާރުގެ މައްސަލަތައް:

ކުދިންނަށް ކަންކަން އަމިއްލައަށް ހޯދޭނެގޮތް ގޮތް ހަދައިދީ، ކުއްޖާއަށް އާދައިގެ މައްސަލަތައް ކިޔައިދީ އަދި ވިސްނައިދީ އެކަންކަން ހައްލުކުރުމަށް އެހީތެރިވެދޭ މައިންބަފައިންނާއެކު ތަރުބިއްޔަތު ކުރާ ކުއްޖަކު އޭނާއަށްޓަކައި އެހެން މީހުން ތިބިކަމުގެ ޔަގީންކަން ލިބެއެވެ. ނަމަވެސް މީހުންނާ އޮންނަ ގުޅުމަށް ސަމާލުކަން ދިނުމުގައި އުނދަގޫކަމެއް ހުންނަ މައިންބަފައިންނާއެކު ތަރުބިއްޔަތު ކުރާ ކުއްޖަކު އަމިއްލައަށް ކަންކަން ބެލެހެއްޓުމަށް ދަސްކުރަން މަސައްކަތްކުރަން ޖެހޭނެއެވެ. އެފަދަ މައިންބަފައިން ނެތްނަމަ، ގިނަ ފަހަރަށް އޭނާއަށް އެހެން މީހުންނަށް އިތުބާރު ނުކުރެވޭނެކަން އެނގި އެކަން ރަނގަޅުކުރަން މަސައްކަތް ކުރެވޭތޯ ބަލަންވާނެއެވެ. މީހުން އޭނާއަށް ރައްކާތެރިކަމެއް ނުވަތަ އެހީތެރިކަމެއް ނުލިބޭނެ ކަމާއި ގުޅުންތަކަކީ ރައްކާތެރި ނޫން ގުޅުންތަކެއްކަން އޭނާއަށް ވިސްނުނަސް އެއީ ރަނގަޅު ކުރެވިދާނެ ކަމެއްކަމަށް ދެކެންވާނެއެވެ.

3. ބައުންޑަރީސް އަށް ދަތިވުން:

ކަންކަމުގައި ހަމަހަމަ އުސޫލު ގެންގުޅޭ ބެލެނިވެރިއަކަށް ދަރިފުޅަށް ހަމަހަމަ އުސޫލުން ކަންކަންކުރަން ދަސްކޮށްދިނުމުގެ މުހިންމުކަން ވިސްނެއެވެ. ކޮންމެ މީހަކަށްވެސް އަމިއްލަ ހުސްވަގުތު ބޭނުންވާނެކަމާއި އަދި އަމިއްލަ ޖާގަ ހައްގުވާކަން އޭނާއަށް އެނގޭނެއެވެ. ކޮންމެ ފަރުދަކީވެސް އެމީހުންގެ ވުޖޫދުގައި ހުންނަ ކަންކަމާއި އަދި އިޙްތިރާމް ކުރަންޖެހޭ ތަފާތު ބޭނުންތަކެއް ހުންނަ ފަރުދެއްކަން ގަބޫލުކޮށް އެކަންކަން ކުދިންނަށް ދަސްކޮށްދޭނެއެވެ.

ނަމަވެސް މި ފާހަގަކުރި ހަރުދަނާ އުސޫލުތައް އަދި ހަމަހަމަ އުސޫލުތައް ގަބޫލު ނުކުރެވޭ މައިންބަފައިން ދަރިފުޅަށް މި ފާހަގަކުރި ކަންކަމަށް އެކަށީގެންވާ ޖާގައެއް ނުދެއެވެ. ކުއްޖާއާ މެދު ކަންތައް ކުރާނީ ހަމައެކަނި އޭނާގެ ބޭނުންތައް މުހިންމުވާ ކަހަލަ ގޮތަކަށެވެ. އެ ކުއްޖާ ބޮޑުވަމުން އަންނަ ވަރަކަށް އޭނާގެ މިނިވަންކަމާއި ޖާގަ އެވްރެޖަށް ވުރެ ބޮޑަށް މިނާއިރު، އެންމެން ރުއްސުމުގެ އާދައާއި  ބޭނުންތެރިކަން އޭނާއަށް އިހުސާސް ކުރެވެ އެވެ. އަދި އެހެން މީހުންގެ ޖާގައަށް ބޭނުންވާ ކަންކަން ވެސް ގޯސްކޮށް މާނަ ކުރެ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެހެން މީހުން އަބަދުވެސް އޭނާއާ ދެކޮޅު ހަދާ ކަންމަކުގައި އޭނާ ބޭނުންމެއް ނުވެއެވެ.

4. ނާކާމިޔާބީގެ ބިރު ހީވުން:

މައިންބަފައިން ދަރިންނަށް ދަސްކޮށްދޭން ޖެހޭނީ ނާކާމިޔާބީއަކީ އާދައިގެ ނާކާމިޔާބީއެއް ކަމަށާއި، އެއީ އަދި ދުނިޔެ ނިމެނީ ނޫން ކަމެވެ. އެއީ ބައެއްފަހަރު ހަޔާތުގައި ދިމާވާ އަދި ސާބިތުކަމާއެކު ކުރިމަތިލައިފިނަމަ ކާމިޔާބުވާނެކަމެވެ. ނަމަވެސް ކަންކަން ބެލެންސް ނުކުރެވޭ ބެލެނިވެރިޔަކު ދަރިންނަށް ވަކި އުންމީދުތަކެއް ފުއްދައި ނުދެވޭނަމަ އެކަން ގަބޫލުނުކުރެވި ކުއްޖާއަށް އަދަބުދީހަދައެވެ. އަދި ބެލެނިވެރިން އުއްމީދުކުރާ ގޮތަށް ކަންކަން ކޮށްގެން ނޫނީ އެއްވެސް ސަމާލުކަމެއް ކުދިންނަށް ނުދޭ ހާލަތްތައް ވެސް ދިމާވެއެވެ. މިކަމުގެ ސަބަބުން ކުއްޖާ ބައިވެރިވާ މުބާރާތަކުން ނާކާމިޔާބުވެއްޖެނަމަ ނުވަތަ ކިޔަވަން ދަށްވެއްޖެނަމަ މައިންބަފައިންގެ ލޯތްބާއި އަދި ރުހުން ހައްގު ނުވާ ކަމުގެ އިހުސާސް ކުރެވެ އެވެ.

5. އަމިއްލަ ނަފްސުގެ އިޙްސާސް ދަށްވުން:

ބެލެނިވެރިއަކު ކުއްޖާއަށް ރުހުމާއި ސަމާލުކަން ދޭން ޖެހޭނީ ކުއްޖާއަށް އޭނާއަކީ ލޯބިވާ މީހެއްކަން އެނގި އެކަން އިހުސާސްކުރުވަމުންނެވެ. އަދި ވާހަކަދައްކަން ޖެހޭނީ ހަމަ އޭނާއާ އެއްގޮތަށް ކުއްޖާއަށްވެސް އަޑުއަހަން ފަސޭހަ ގޮތަކަށެވެ. ތައުރީފު ނުކުރާ ނުވަތަ ލޯބި ފާޅުކުރަން އުނދަގޫވާ އަދި ސިއްހަތަށް ނުރަނގަޅު އާދައެއްކަމަށްވާ އަވަސްއަވަހަށް ރުޅިއަންނަ ބެލެނިވެރިއަކު ނަމަ ކުއްޖާއަށް ދަސްކޮށްދެނީ އޭނާއަކީ ލޯތްބާއި ސަމާލުކަން ދޭންޖެހޭ މީހެއްކަމަށެވެ. އަދި ކުއްޖާއަކީ ކަންކަން ރަނގަޅަށް ކުރަން ނޭނގޭ މީހެއް ކަމާމެދު އޭނާ އަމިއްލަ ނަފުސަށް ޝައްކު އުފައްދައެވެ. އަދި އަބަދުވެސް އޭނާއަށްވެސް ހީވަނީ އޭނާގެ ނަފުސުގައި ކޮންމެވެސް އުނިކަމެއް ވާކަމެވެ.

ކުޑައިރުގެ ޖަޒުބާތީ ޒަޚަމްތަކުގެ ނަތީޖާ

މި ޖަޒުބާތީ ޒަޚަމްތައް އެތައް ގޮތަކުން ފެނިދާނެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ އެ ޒަޚަމްތައް ކުޑައިރު ތަހައްމަލު ކުރިގޮތަށް ބަލާފައި އަންނަ ކަންކަމެވެ. ކަންކަމަށް ސަމާލުކަން ނުދޭ ބައްޕައިންގެ ބައެއް އާދަތަކުން ކުދިންނަށް ކުރާ އަސަރުތައް ތިރީގައިވާ ސުލޫކުތަކުގެ ގޮތުގައި ފެނިދާނެއެވެ.

ޑިޕްރެޝަނަށް މަގުފަހިވާ މިންވަރު: ގިނަ އަންހެނުންނަށް ބައްޕައިންނާ ގުޅުން ދަށްވުމުގެ ސަބަބުން ލޯބީގެ ގުޅުންތަކުގައި ދަތިތަކެއް ކުރިމަތިވެއެވެ. އެއީ އެމީހުންގެ އަމިއްލަ ނަފްސަށް އިޙްތިރާމްކުރުމަށް ވަރަށް ބޮޑަށް އަސަރުކުރުމެވެ. އަދި ކަންކަމާ ކުރިމަތިލާން ނޭނގި ހިތާމައިގެ ސަބަބުން ޑިޕްރެޝަނަށް މަގުފަހި ވުމެވެ.

ކެއުމުގެ އުދަގޫތައް ކުރިމަތިވާ މިންވަރު އިތުރު: އަންހެންކުއްޖާ ކުޑައިރު އޭނާގެ ބައްޕައެއްގެ ހަރުދަނާކަމާއި ރައްކާތެރިކަން ނުލިބުމުން އެކުދިން ފަލަވުމުގެ ފުރުސަތު ދެގުނަ އިތުރުވެއެވެ. އާއްމުގޮތެއްގައި އެމީހުން އެ ހާސްކަމާއި ހުސްކަމުގެ ހިޔާލުތަކުން ދުރުކޮށްދެނީ ކާނާއިންނެވެ.

ކުރީކޮޅު ލޯބީގެ ގުޅުންތަކާއި ޖިންސީ ގުޅުން ހިންގުމަށް ފަސޭހަވުން: ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ބައްޕަގެ ލޯބި ނުލިބޭ އަންހެން ކުދިން ގުޅުންތަކުގެ ތެރެއިން ފިރިހެނެއްގެ ރުހުން ހޯދަން މަސައްކަތް ކުރުން ގިނަ އެވެ. އެގޮތުން އެމީހުން ޖިންސީ ގުޅުންތަކަށް އަވަހަށް ހުށަހެޅެއެވެ.

އެޑިކްޝަން އަށް ފަސޭހަވާ މީހުން: އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސަސް އިން ބުނާ ގޮތުގައި ބައްޕަ ނެތް ކުދިން މަސްތުވާތަކެތި ބޭނުން ކުރުމުގެ ފުރުސަތު %69 އިތުރުވެ، ކުށް ކުރުމުގެ ފުރުސަތު %76 އިތުރުވެއެވެ. އަންހެން ކުއްޖަކުނަމަ ހިތާމަތަކުން ދުރުވުމަށް މަސްތުވާތަކެތީގެ ތެރެއަށް ރުޖޫއަވުމުގެ ފުރުސަތު ބޮޑެވެ.

ކުޑައިރު ލޯބި ނުލިބުނު މީހުން ފަރުވާ ހޯދާނެ ގޮތް.

ކޮންމެ މީހަކުވެސް މާޒީއަށް އެނބުރި ގޮސް ނަޒަރު ހިންގާލާއިރު، އެމީހަކު ކުޑައިރު ދެކެމުންއައި ހުވަފެންތައް ވިއްސިވިހާލިވެފައިވެއެވެ. އެގޮތުން އެހެން އެތައް ބަޔަކު ތަޖުރިބާކުރާ ފަދައިން ލޯތްބާއި، ރުހުމާއި، ރައްކާތެރިކަން ތަޖުރިބާ ނުކުރެވޭނަމަ، އެމީހަކު ވަރަށް މާޔޫސްވާނެއެވެ. ވީމާ މާޒީގެ ހާދިސާތަކުން ޝިފާ ލިބި، ދުޅަހެޔޮ، ނަފްސާނީގޮތުން ވަރުގަދަ މީހަކަށް ތިމާ ވުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ ދަރިފުޅަށް ލޯބި ނުދެވޭކަން އެނގޭއިރުވެސް ދަރިފުޅުޅަށް ޝިފާ ހޯދުމަށް އެހީތެރިވެވޭނެއެވެ. މިކަމުން އަރައިގަތުމަށްޓަކައި، ކުރީގެ ފޮޓޯތައް ބަލާށެވެ.

ގިނަ ފަހަރަށް އަހަރެމެން ސިކުނޑީގައި ހަރުލާފައި ހުންނަނީ މީހުން އަހަރެމެންނަށް ކިޔައިދިން އެއްޗިއްސެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. މިސާލަކަށް ފަލަ ކަމަށް ބުނި ކުއްޖަކު މާޒީގެ ފޮޓޯތަކަށް ބަލާލުމުން ހަގީގަތުގައި އެއީ އެހެން ކުދިންނާ ގާތްގަނޑަކަށް އެއް ސައިޒެއްގެ ކުއްޖެއްކަން ފެނިދާނެ އެވެ. މޮޔަ ކަމަށް ބުނެ ޖަޒުބާތީ ޒަޚަމްތަކެއް ލިބުނު ކުއްޖަކަށް އޭނާގެ ރިޕޯޓް ފޯމުގައި ބައެއް ތަންތާ އޭ ގްރޭޑް ބައެއްތަންތާ ބީގްރޭޑް، އަދި ދޭތެރެ ދޭތެރެއިން ސީ ލިބިފައިވެސް ހުރެއެވެ. ވީމާ ކުޑައިރުގެ ހިތި ހަނދާންތަކުގައި ބައެއްފަހަރު އެއީ އެއްވެސް އަސާސެއް ނެތް ކަންކަމަށް ހަދާ ވިސްނުން ބަދަލުކުރާށެވެ.

މިހާރުގެ ގުޅުންތައް އަލުން އަގު ވަޒަންކުރުން.

މީހަކާ އެކުވެރިކަމެއް އުފެދިއްޖެނަމަ ނުވަތަ ލޯބީގެ ގުޅުމަކުންވިޔަސް ތިމާގެ އަމިއްލަ ނަފްސަށް ދެރަ ގޮތެއް އުފެދިއްޖެނަމަ އެކަމަށް ބަލާށެވެ. އެމީހުންނާ ދިމާއަށް ތިމާ ދަމައިގަންނަނީ ނުވަތަ ޝައުގުވެރިވަނީ ކޮން އެއްޗެއްތޯ ބަލާށެވެ. ހަމައެކަނި މިއީ އެހެންމީހުންގެ ސަބަބުން ކުޑައިރުގެ ހަނދާންތަކުން އަމިއްލަ ނަފްސާއި މެދު ދެކޭގޮތްތޯ ސުވާލުކުރާށެވެ. އަނިޔާދޭ މީހުން ދޫކޮށްލުމުގެ ބާރު ތިބާގެ ކިބައިގައި އެބަހުރިތޯ ވިސްނާށެވެ؟ ބަދަލުގައި ތިމާގެ ނަފުސަށް އޯގާވެރިވުމަށްވުރެ ބޮޑަށް އެހެން މީހުންގެ ރުހުން ހޯދަން އެދެވެނީ ކީއްވެތޯ ބަލާށެވެ. މިކަންކަން ރަނގަޅުކުރުމަށް ގުޅުންތަކުގެ ތެރެއިން ތިމާ ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް ހަދާށެވެ. ދެން ފިޔަވަޅުން ފިޔަވަޅަކަށް، އެކަންކަން ރަނގަޅުކޮށް ބެލެންސަކަށް ގެނެސްދެވިދާނެ އެވެ.

މާޒީގެ ހަގީގަތް ގަބޫލުކޮށް މައިންބަފައިންނާއެކު އާ ބިންގަލެއް ބިނާކުރުން.

މައިންބަފައިންނާ މިހާރު އޮންނަ ގުޅުމުގެ ކޮންޓްރޯލް ހޯދުމަކީ ދިރިއުޅުމުގައި އެހެން މީހުންނާ އެއްވަރަށް ތިމާއަށްވެސް މުހިންމު ކަމެކެވެ. މައިންބަފައިންގެ އަމަލުތަކުގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ވޭންދެނިވި ނުވަތަ ނުހައްގުން އަސަރުކުރާ ކަންކަމުގެ ލިސްޓެއް ހަދާށެވެ. ދެން މިކަން ބަދަލުކުރުމަށް ޤާއިމުކުރެވޭނެ އުސޫލުތަކުގެ ލިސްޓެއް ހަދާށެވެ. ގަބޫލުކުރަންޖެހޭ ކަމަކީ މިއީ އުނދަގޫ ކަމެއް ކަމަށާއި މި ޖަޒުބާތީ ޒަޚަމްތަކުގެ ސަބަބުން ދުވަސްވީ ވޭންތަކެއް ކުރިމަތިވާނެ ކަމެއްކަމަށް ފުރަތަމަވެސް ގަބޫލުކުރުމެވެ. ކުޑައިރު މައިންބަފައިންނާއެކު ނެތް ކޮންޓްރޯލް އަނބުރާ ނެގުމަކީ ކެތްތެރިވާންޖެހޭ ކަމެއް ނަމަވެސް ވަރުގަދަ އަޒުމެއްގައި ކޮށްފިނަމަ ރަނގަޅު ފަރުވާއެކެވެ. ދެމީހުންވެސް ކުރީގެ ހަރުކަށި އުސޫލުތަކަށް އަނބުރާ ދިއުމަށް ފުރުސަތުއޮތް ނަމަވެސް އެއީ ކުރެވިދާނެ ކަމެކެވެ.

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު