އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޮލުގެ ފެނުމާއި އަޑުއެހުމުގެ ދަތިކަން ހުންނަ ނަޝީދުގެ ބޭސްފަރުވާއަށް ދީލަތި އެހީއެއް ދެއްވާ!

ލޮލުގެ ފެނުމާއި އަޑުއެހުމުގެ ދަތިކަން ހުންނަ ނަޝީދުގެ ބޭސްފަރުވާއަށް ދީލަތި އެހީއެއް ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

އުމުރުން 40 އަހަރުގެ އަހުމަދު ނަޝީދު އަބްދުއްރަހީމަކީ އައިޖީއެމްއެޗްގައި 11 އަހަރު ވަންދެން އެޓެންޑެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަދި މިހާރުވެސް އެ މަސައްކަތުގައި ދެމިހުރި މުވައްޒަފެކެވެ. ނަމަވެސް 2021 ވަނަ އަހަރު ކޮވިޑް-19 އަދި ޑެންގޫ ޖެހުމާ ގުޅިގެން ނަޝީދުގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ނަޝީދު ކިޔައިދިން ގޮތުގައި، ޑެންގޫ ޖެހުމަށްފަހު އޭނާގެ ކަންފަތުން ލޭ އައިސްގެން އައިޖީއެމްއެޗުން ވަނީ ކަންފަތުގެ ސާޖަރީއެއް ހަދާފައެވެ. ނަމަވެސް މި ސާޖަރީއަށްފަހުވެސް އޭނާއަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި ފިޒިއޯތެރަޕީ ނަގަން ޖެހޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ނަޝީދުގެ ސިކުނޑީގައި އަދި ބޮލުގެ ބޭރުގައިވެސް ބެޓަރި ލައްވައިގެން ދިރިއުޅެމުންދާތާ މިހާރު ހަތަރު އަހަރު ވެދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ނަޝީދުގެ ޞިއްޙީ ހާލަތު ދަށްވުމާ ގުޅިގެން އޭނާގެ އާއިލީ ދިރިއުޅުމަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. 2021 ވަނަ އަހަރު އޭނާގެ ކަންފަތުން ލޭ އައިސް އަޑު ނީވެން ފެށި ބަލިވުމުން އޭރު އިނދެގެން އުޅުނު އަނބިމީހާ އޭނާ ދޫކޮށް ދިޔައީ ދެކުދިންވެސް ގޮވައިގެންނެވެ. އާއިލާއާ ދުރުގައި އުޅެން ޖެހުމުން އޭނާގެ ބަލި އިތުރަށް ބޮޑުވެފައިވާ ކަމަށް ނަޝީދު ބުނެފައިވެއެވެ.

ނަޝީދުގެ ބޭސްފަރުވާއަށް ކޮންމެ ހަ މަހަކުން އިންޑިއާއަށް ދާން ޖެހެއެވެ. އެގޮތުން، ކޮންމެ ފަހަރަކު 3-6 މަސް އެކޮޅުގައި މަޑުކުރަން ޖެހޭ ކަމަށް އޭނާ ބުނެފައިވެއެވެ. އާސަންދައިން ބޭސްފަރުވާގެ އެހީ ދިން ނަމަވެސް ހުރުމާއި ކެއުން އަދި އެހެނިހެން ޚަރަދުތައް ވަރަށް ބޮޑުވުމުގެ ސަބަބުން، ބޭސްފަރުވާއަށްދާ ކޮންމެ ފަހަރަކު މީހުން އަތުންނާއި ތަންތަނުން ލޯނު ނަގައިގެން ފަރުވާއަށް ގޮސް، އެނބުރި އައިސް އެ ފައިސާ މަސްތަކަށް ބަހާލައިގެން އަދާ ކުރަން ޖެން ޖެހެއެވެ.

މިހާރު ނަޝީދުގެ ބޮލަށް ލައްވާފައި ހުރި ބެޓަރި ޗާޖު ހުސްވެ އޭގެ ސަބަބުން ލޮލުގެ ފެނުން ފުސްވެ އަޑުއެހުންވެސް ވަނީ ދަށްވެފައެވެ. މިހާރު އަޑުއިވެނީ އެއް ކަންފަތުން ކަމަށް އޭނާ ބުނެފައިވެއެވެ. އަނެއްކާވެސް ބެޓަރި ޗާޖު ކުރުމަށާއި ފިޒިއޯތެރަޕީ ހެދުމަށް އިންޑިއާއަށް ދާން ޖެހިފައިވާތީ ނަޝީދު އެދެނީ މިފަހަރު އާންމުންގެ ދީލަތި އެހީއަކަށެވެ.

ސަރުކާރަށް 15 އަހަރު، އަދި އައިޖީއެމްއެޗުގައި މެދު ނުކކެނޑި 11 އަހަރު މަސައްކަތް ކޮށްފައިވާ މި ޚިދުމަތްތެރިޔާ މިއަދު ވަނީ އާންމުންގެ އެހީއަށް ބޭނުންވެފައެވެ. އޭނާގެ ޞިއްޙީ ހާލަތު ދަށްވުމާއެކު، އާއިލާގެ އެއްބާރުލުން ގެއްލި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަރަމުންދާ މި ދަނޑިވަޅުޅުގައި އަޅުގަނޑުމެންގެ އެހީތެރިކަން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވެއެވެ.

ނަޝީދުގެ ބަލީގެ ސަބަބުން އޭނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނައެވެ. ކަންފަތުގެ ސާޖަރީއަށްފަހު ދިމާވެފައިވާ އުނދަގޫތަކާއި، ބޮލުގައި ހަރުކޮށްފައިވާ ބެޓަރީގެ ސަބަބުން ލޮލުގެ ފެނުމާއި އަޑުއިވުމަށް ކުރިމަތިވެފައިވާ ދަތިތަކަކީ އޭނާގެ ދިރިއުޅުމަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަންކަމެވެ. މީގެ އިތުރުން، ކޮންމެ ހަ މަހަކުން އެއްފަހަރު އިންޑިއާއަށް ގޮސް ބޭސްފަރުވާ ކުރަން ޖެހުމަކީވެސް އޭނާއަށް ވަރަށް ބޮޑު މާލީ ބުރައެކެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގެ ގޮތުން، އެކަކު އަނެކަކަށް އެހީތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަޝީދުގެ ހާލަތަކީ އެންމެން ގުޅިގެން އެހީތެރިވާން ޖެހޭ ކަމެކެވެ. އޭނާގެ ބޭސްފަރުވާއަށް އެހީތެރިވުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި، އިސްލާމްދީނުގެ ނަޒަރުން ބަލާއިރުވެސް ވަރަށް ހެޔޮ އަދި ސަވާބު ބޮޑު ޢަމަލެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މިފަދަ ހާލަތެއް ދިމާވެދާނެއެވެ. އެހެންކަމުން، މިއަދު ނަޝީދުއަށް އެހީތެރިވުމަކީ މާދަމާ އަޅުގަނޑުމެންގެ ތެރެއިން މީހަކަށް އެހީތެރިވުމަށް މަގުފަހިކޮށްދިނުން ކަމުގައި ދެކި، އެންމެން ގުޅިގެން ނަޝީދުގެ ބޭސްފަރުވާއަށް އެހީތެރިވުމަށް ކުރިމަތިލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ. އާމީން.

ނަޝީދުއަށް އެހީވުމަށް:

ގުޅޭނެ ނަމްބަރު: 7311009 (އަހުމަދު ނަޝީދު އަބްދުއްރަހީމް)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7703227365101 ) އަހުމަދު ނަޝީދު އަބްދުއްރަހީމް

އެކައުންޓް ނަންބަރު: ޑޮލަރު (7730000602041)

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު