އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް ހޮވޭ އަންހެނުންނަށް ޕީޕީއެމް ޕީއެންސީ އިން ހާއްސަ އެލަވަންސެއް ދެނީ

ރައްޔިތުންގެ މަޖިލީހަށް ވާދަކޮށް ހޮވޭ އަންހެނުންނަށް ޕީޕީއެމް ޕީއެންސީ އިން ހާއްސަ އެލަވަންސެއް ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވިހާވެސްގިނަ އަންހެންބޭފުޅުން ވާދަކުރައްވާ އަދި މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރައްވާ އަންހެން ބޭފުޅުންނަށް ޕީޕީއެމްޕީއެންސީގެ ފަރާތުން ޚާއްސަ އެލަވަންސެއް ދެއްވަން މަސައްކަތްކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.

ވީހާވެސް ގިނަ އަންހެން ބޭފުޅުން މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ޕީއެމް ޕީއެންސީގެ ފަރާތުން، ރައްޔިތުންމަޖިލީހުގެ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރާ ފަރާތްތަކަށް މަޖިލީހުންދޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީގެ ފަރާތުންވެސް ޚާއްސަ އެލަވަންސެއް ހަމަޖައްސާ އަންހެނުންނަށް މިކަމުގައި އަންހެން ބޭފުޅުންނަށް ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރައްވާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިއީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވިހާވެސްގިނަ އަންހެންބޭފުޅުން ވާދަކުރައްވާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރެއްވުމަކީ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ތަފާތު މާހައުލުތަކުގައި ގާނޫނު ހެދުމުގުގެ ދާއިރާއާއި ގައުމު ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދެއްވާ ވާހަކަފުޅު ދައްކަވާފައެވެ.  

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ވިހާވެސްގިނަ އަންހެންބޭފުޅުން ވާދަކުރައްވަން ބާރު އެޅުއްވުމުގެ ގޮތުން އެމނިކުފާނު ވިދާޅުވީ ޕީޕީއެމް ޕީއެންސީއިން މަދުވެގެން މަދުވެގެން %20 އަންހެން ބޭފުޅުން ކުރިމަތިލައްވާ ހޮވިވަޑައިގަތުމަށް މަސައްކަތް ކުރެއްވުމަށެވެ.

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު