އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަމަނުން ހަނގުރާމަ އިޢުލާނުކޮށް އިޒްރޭލަށް ހަމަލާދޭން ފަށައިފި!

ޔަމަނުން ހަނގުރާމަ އިޢުލާނުކޮށް އިޒްރޭލަށް ހަމަލާދޭން ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

ޔަމަނުން ހަނގުރާމަ އިޢުލާނުކޮށް އިޒްރޭލަށް ޙަމަލާދޭން ފަށައިފިއެވެ. ޔަމަނުން ބުނެފައިވަނީ މިއަދުގެ ޙަމަލާތައް އަމާޒުކުރީ ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ސިފައިންގެ މަރުކަޒުތަކަށް ކަމަށެވެ. ހޫޘީ ސަރުކާރު ސިފައިން އިޒްރޭލަށް ހަމަލާދީފައިވަނީ ބެލިސްޓިކް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން ކަމަށް ޔަމަނުން ބުނެއެވެ. 

ހޫޘީ ސަރުކާރުގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީ ވިދާޅުވެފައިވަނީ ޣައްޒާއަށް ތާއީދު ދިނުމުގެގޮތުން ޔަމަނު ސިފައިން އެމީހުންގެ ވާޖިބު އަދާކޮށްފި ކަމަށެވެ. އަދި ޔަމަނު ސިފައިން ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލާއި، ކްރޫޒް މިސައިލާއި، ޑްރޯން ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދޭން ފަށާފައިވާކަން ޔަޤީންކޮށްދެއްވިއެވެ. 

ހޫޘީން އަތުގައި ބެލިސްޓިކް މިސައިލްގެ އިތުރުން، ކްރޫޒް މިސައިލާއި އެނޫންވެސް ޒަމާނީ ހަތިޔާރު އެބަހުއްޓެވެ. ހޫޘީން އަތުގައި ހުރި ބެލިސްޓިކް މިސައިލަކީ އަރަބި ކަރައިގެ ކޮންމެ ދިމާލެއްގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށްވެސް ވާސިލްވެވޭ މިސައިލްތަކެވެ.

އަނެއްކޮޅުން، ޔަމަނުގެ އަންސާރުﷲ ޖަމާއަތަކީ، ލުބުނާނުގެ ހިޒްބުﷲއަށް ވުރެންވެސް ޒަމާނީ މޮޅު ހަތިޔާރު ގެންގުޅޭ ޖަމާއަތެކެވެ. ހޫޘީންގެ ސަރުކާރު ސިފައިން އިސްރާއީލަށް ދޭންފެށި ހަމަލާތަކުގައި ބައިވެރިވުމާމެދު އަންސާރުﷲ އިން ކުރިއަށްއޮތް ގަޑި ދެގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމައި އިއުލާން ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ގުޅުން ހުރި ލިޔުމެއް:  https://english.alarabiya.net/News/middle-east/2023/10/31/Yemen-s-Iran-backed-Houthis-claim-drone-attack-on-Israel

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް