އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަފްތާއެއް ވަންދެން ބޮންތައް އޮއްސާފަ ޣައްޒާއަށް އެއްގަމު މަގުން އަރައިގަންނަން އުޅުމުން އަދިވެސް ކާމިޔާބެއް ނުކުރެވޭ!

ހަފްތާއެއް ވަންދެން ބޮންތައް އޮއްސާފަ ޣައްޒާއަށް އެއްގަމު މަގުން އަރައިގަންނަން އުޅުމުން އަދިވެސް ކާމިޔާބެއް ނުކުރެވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓް ޔަހޫދީ ޓެރަރިސްޓުން ޣައްޒާއަށް ބޮންތައް އޮއްސުމަށްފަހު ކާމިޔާބުކުރެވިއްޖެ ކަމަށް ބަލައި އެއްގަމު މަގުން ޣއްޒާއަށް އަރައިގަންނަން އުޅުމުން އަދިވެސް ކާމިޔާބެއް ނުކުރެވެއެވެ. ހަމާސްގެ ހަނގުރާމަވެރިން ވަނީ ޣާޒާއަށް ވަން ޓެރަރިސްޓުން ހުއްޓުވައިފައެވެ. އަދި މިހާރުވެސް ދަނީ ހަނގުރާމަކުރަމުންނެވެ. 

ހަމާސްގެ އަސްކަރީ ފިޔަ، އަލްޤައްސާމް ބްރިގޭޑްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވީ އެއްގަމު މަގުން ވަދެގަތް ޓެރަރިސްޓުންނަށް ހުރިހާ ދިމާއަކުން ހަމާސްގެ މުޖާހިދުން ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާ ކަމަށާއި، ހަމަލާދިނުން މިހާރުވެސް ކުރިއަށްދާ ކަމަށާއި، ޣައްޒާގެ ދިފާއު ދަމަހައްޓަމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމާސްގެ މުޖާހިދުން ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ދުޝްމަނުންނަށް އިތުރަށް ކުރިއަށް ނުދެވި މަޑުޖެހި އަދި ބައެއް ހިސާބުތަކުން ފަހަތަށް ޖައްސައި، އެ ސަރަހައްދުތައް އަލުން ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް އަބޫ އުބައިދާ ވިދާޅުވިއެވެ.

ހަމާސްއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުން ތިބި ތަނަކަށް އިސްރާއީލު ސިފައިން ވަދެފައިވާ ކަމަށް ފަތުރަމުންދާ ރިޕޯޓްތައް، އަބޫ އުބައިދާވަނީ ދޮގު ކުރައްވާފައެވެ. އަބޫ އުބައިދާ ވިދާޅުވީ، ޣައްޒާއަކީ ދުޝްމަނުންގެ ގަބުރުސްތާނަކަށް ހަދާލާނެ ކަމަށެވެ.

އަބޫ އުބައިދާ ވިދާށޅުވެފައިވަނީ ދުނިޔެ ދެކެފައިވާ އެންމެ ބޮޑު ޓެރަރިސްޓު ނަތަންޔާހޫ ޖެހޭނީ ކުޑަކަކޫ ޖަހަން ކަމަށާއި، މިފަހަރަކީ  ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމުގެ ސިއްކަޖެހޭނެ ފަހަރު ކަމަށެވެ. 

ހަމާސް އިން ވަނީ ބައިތު ލާހިޔާ، ބައިތު ހާނޫން، ގާޒާ ސިޓީގެ ޒައިތޫންއަށް ވަންނަން ދިމާކުރި ޓެރަރިސްޓު ސިފައިންނަށް ޖެހުނު ހާލު ހާމަކުރަން ކެރޭނެތޯ އިސްރާއީލާ ސުވާލު ކޮށްފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް