އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމެރިކާ ކަންބޮޑުވަނީ އިޒްރޭލުގެ މީހުން މަރުވެގެން- ރިފިޔުޖީ ކޭމްޕްތަކަށް ބޮން އަޅައި އެތައް ސަތޭކަ ބައަކު ޝަހީދުކުރާތީ ކަންބޮޑެއް ނުވޭ!

އެމެރިކާ ކަންބޮޑުވަނީ އިޒްރޭލުގެ މީހުން މަރުވެގެން- ރިފިޔުޖީ ކޭމްޕްތަކަށް ބޮން އަޅައި އެތައް ސަތޭކަ ބައަކު ޝަހީދުކުރާތީ ކަންބޮޑެއް ނުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އެމެރިކާއިން ތަކުރާރުކޮށް ކަންބޮޑުވުން ފައުޅުކުރަނީ އިޒްރޭލުގެ 1300 މީހަކު މަރުވި މައްސަލައިގައެވެ. ހަމާސް ނައްތާލުމުގެ ނަމުގައި ފަލަސްޠީނުގެ ހުރިހާ ރަށްތަކަށާއި ރިފުޖީ ކޭމްޕްތަކަށް ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓް ސިފައިން މެދުކެނޑުމެއް ނެތި ބޮންއަޅައި މިހާރުވެސް އެތައް ސަތޭކަ ބައަކު ޝަހީދުކޮށްފައިވާ މައްސަލައިގައި ކަންބޮޑެއް ނުވެއެވެ.  

އެމެރިކާއިން މިހާރުވެސް ވަނީ އިޒްރޭލް ޙިމާޔަތްކުރަން އިތުރު 1300 ސިފައިން ފޮނުވާފައެވެ. ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓް ސިފައިން މެދުކެނޑުމެއްނެތި ޣައްޒާގެ ރައްޔިތުން ދިރިއުޅޭ ތަންތަނަށް ބޮން އަޅައި 8000 އަށްވުރެ ޣައްޒާގެ ރައްޔިތުން މިހާރުވެސް ޝަހީދުކޮށްފައިވާއިރު އެކަންކަމަކަށް ނުުހަދައި ތިބެގެން ހަޤީޤަތް އޮޅުވާލަން އެމެރިކާއިން ފަތުރާ ވާހަކަތައް މިހާރު އެއްވެސް ބައަކު ޤަބޫލެއް ނުކުރެއެވެ. 1300 އާއި 8000 އާއި ދެމެދުގައި ހުރި ބޮޑު ތަފާތެއްވެސް ނުފެނެއެވެ.  

އެމެރިކާއަށް ފެންނަނީ ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ޙަމަލާދިން ކަމެވެ. އިޒްރޭލުން ކޮންމެ ދުވަހަކު ފަލަސްޠީނުގެ އެތައް ބައަކު ޝަހީދުކުރަމުން ގެންދާތާ އެތައް އަހަރެއްވެފައިވާކަން އެނގޭކަމަކަށް އެމެރިކާ ނުހަދައެވެ.  

މުސްލިމުންނަށް އޮތް އެންމެ ބޮޑު އެއް ހިތާމައަކީ މިޙާލަތުގައިވެސް އެމެރިކާއަށް އަޅުވެތިވެގެން ތިބި އިސްލާމީ ޤައުމުތަކުގެ ނޫސްތަކުން އެމެރިކާ ދައްކާ ދޮގުވާހަކަތައް މައިޚަބަރުތަކަށް ހަދައި ހާމަކުރަމުން ގެންދާކަމެވެ. މިއީ މިއަދު އިސްލާމީ އުންމަތަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު މައްސަލައެވެ. މުސްލިމުންގެ ވެރިންގެ ގޮތުގައި ތިބި ބާރުގަދަ ތަނަވަސް ޤައުމުތަކުގެ މުނާފިޤުކަން ބޮޑުކަމުން މުޅި އުންމަތަށް މިދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް