އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު
ﷲ ތަޢާލާ އެމީހަކަށް ލަޢްނަތް ލެއްވެވި ނުބައި ނުލަފާ، އަނިޔާވެރި ފިރުއަޢުނަށްވުރެ ފަހުގެ ތާރީޚުގަ ދުނިޔެއިން ފެނުނު އެންމެ ބޮޑު ޓެރަރިސްޓް ނަތާޔާންހޫގެ ނުބައިނުލަފާކަމާއި އަނިޔާވެރިކަން ފިރުއަޢުނަށްވުރެ މާބޮޑުކަމުގެ ހެކި ޤުރްއާނުން އަހުރެންނަށް ފެނެއެވެ.
" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތަކާއި، ފާޅުވެގެންވާ ދަލީލަކާއިގެން ތިމަންރަސްކަލާނގެ، މޫސާގެފާނު ފޮނުއްވީމެވެ."
" ފިރްޢައުނާއި، ހާމާނާއި، ޤާރޫނުގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ."
" ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން ޙައްޤު ތެދުމަގާއިގެން އެއުރެންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ! ކާފިރުންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ."
އަލް ޣާފިރު:( 25،24،23)
މޫސާގެފާނަށް ފިރުއަޢުނު އެންގީ އޭނާ ޢަމަލުކުރިފަދައިން ޢަމަލުކުރެއްވެވުމަށެވެ. " އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ!"
ފަހުގެ ތާރީޚުގަ ދުނިޔެއިން ފެނުނު އެންމެ ބޮޑު ޓެރަރިސްޓް ނަތާޔާންހޫ މިއަދު ބޮން އަޅައި ޝަހީދުކުރަމުން އެގެންދަނީ ވަކި ޖިންސަކަށްވެސް ބެލުމެއް ނެތި ކުޑަކުދިންނެވެ. އަންހެންކުދިންނާއި ފިރިހެން ކުދިންނެވެ. ހުރިހާ ކުޑަކުދިންނެވެ. ވީމާ މޫސާގެފާނުގެ ފިރުއަޢުނަށް ވުރެ ފަހުގެ ތާރީޚުގަ ދުނިޔެއިން ފެނުނު އެންމެ ބޮޑު ޓެރަރިސްޓް ނަތާޔާންހޫގެ ނުބައިނުލަފާކަމާއި އަނިޔާވެރިކަން ބޮޑުނުވަނީ ކޮން ގޮތަކުން ހެއްޔެވެ؟
މިއީ އެނގެން އޮތް ހަނގުރާމައިގެ އުކުޅެކެވެ. މިއުކުޅު ދަމަހައްޓާނެ މޫސާގެފާނުގެ ފިރުއަޢުނު ފަދަ ފިރުއަޢުނުތައް ފަހުންވެސް އުފަންވާނެކަން އެނގެން އެބައޮތެވެ.
އަންހެން ދަރިން ނުމަރައި ދޫކުރަން އެބުނީ އިތުރުދަރިން ވިހެއުމަށެވެ. ޙައްޤުގައި ތިބި މީހުން ފިރުއަޢުނާއި ދެކޮޅަށް ހަނގުރާމައަށް އަތުވެއްޖެނަމަ އިތުރު ކުދިން މެރުމަށްޓަކައެވެ. އެއީ އަސްކަރީ އުކުޅެކެވެ. ނުއެނގިތިބެ ކުރާ ކަންކަމެއް ނޫނެވެ. ނަމަވެސް ހަނދާންކުރާށެވެ! އެނުބައި ރޭވުން ﷲ ތަޢާލާ ނިމުމަކަށް ގެންނަވާނެތެވެ.
މޫސާގެފާނު އުފަންވެވަޑައިގެން އޭނާގެ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް ފިރުއަޢުނު އެތައް ހާސް ކުޑަކުދިން މެރިއެވެ. އެތައް އަހަރުތަކެއްވަންދެން އެކަން ކުރިއަށް ގެންދިއައެވެ. އެކަމަކު މޫސާގެފާނު ޤަތުލެއް ނުކުރެވުނެވެ. ބޮޑުފުޅުވެވަޑައިގަތީވެސް ފިރުއަޢުނުގެ ގަނޑުވަރުގައި ހުންނަވައިގެންނެވެ. އަދި ފިރުއަޢުނުގެ ނިމުން ވެގެންދިއައީ އޭނާއަށް އެންމެ ހިތި ނިމުން ކަމުގައެވެ.
- މަޢުލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
Advertisement
1 ނޮވެމްބަރ 2023