އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު
ގެދޮރުގަ ތިއްބާ ބޮންއެޅީމާ ސަލާމަތްވާން މަސައްކަތްކުރާއިރު ޕާސްޕޯޓް ހޯދަން އުޅޭނީ ކާކުބާވައެވެ! އަދި ބޮން އެޅުމުން ޒަޚަމްވެ ަމރުގެ ތުންފަތްމައްޗަށް މީހާ ވެއްޓިގެންދާއިރު އެމީހެއްގެ އަތުގައި ޕާސްޕޯޓް އޮންނާނެ ކަމަށް ބަލަން ހެޔޮވެދާނެބާވައެވެ!
މިއަދު މިޞުރުން އެކުރި ކަންކަމަކީ އެބައެއްގެ ކިބައިގައި އިންސާނިއްޔަތުކަން ހުރި ބައަކު ކުރާނެ ކަމެއް ކަމާއިމެދު ސުވާލު އުފެދެއެވެ.
"ހަނގުރާމައިގެ މި ހާލަތުގައިވެސް ޣައްޒާއާ އިންވެގެން އޮންނަ މިސްރުން އުޅެނީ ބޯޑަރު ބަންދުކޮށްގެންނެވެ. ހަނގުރާމަފެށުމާއެކު މިސްރުންވަނީ ރަފަހް ދޮރާށި ވަގުތުން ބަންދުކޮށްފައެވެ.
ބޮޑެތި ޒަޚަމްތައް ލިބިގެން މިސްރަށް މިއަދުވެސް ގެންދަން އުޅުނު ބައެއްގެ ޕާސްޕޯޓް ނެތޭ ކިޔާފައި އެތެރެވާން ހުއްދަނުދިނުމުގެ ސަބަބުން އެ ހުރިހާ އެންމެންވެސް ފަރުވާނުދެވި އެމްބިއުލެންސް ތެރޭގައި މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ."
މީގެކުރިން ބަލިމީހުންނަކީ ކޮންބައެއްކަން އަންގައިޑޭން ބުނުމުން އެމީހުންގެ ފައިގައި ވަނީ ނަން ލިޔެފައެވެ. ޣައްޒާގެ ރައްޔިތުންގެ އަތުގައި ޕާސްޕޯޓް ނެތިގެން ފަރުވާނުދެވިގެން މަރުވާންޖެހޭ ޙާލަތަށް ކަންކަން ދިއުމަކީ ތަކުރާރުކޮށް ވިސްނަންޖެހޭނެ ކަމެކެވެ.
Advertisement
1 ނޮވެމްބަރ 2023