އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 3 ސިކުންތު
އެއްގަމު މަގުން ޣައްޒާއަށް ވަދެގެންފައިވާ ޒަޔަނިސްޓް އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ ހާލަތާ ބެހޭގޮތުން އިސްރާއީލުގެ ޕާލަމެންޓް މެމްބަރުންނަށް މައުލޫމާތު ހިއްސާކުރުމުން، އެންމެން ރޮއި ހޭރޭ މަންޒަރު ފެންނަ ވީޑިއޯއެއް ލީކްވެއްޖެއެވެ.
ޣައްޒާއަށް ފޮނުވި ފައުޖުތަކުގެ ތެރެއިން މަރުވި ސިފައިންނާއި، ޒަޚަމްވި ސިފައިންގެ އަދަދުތައް ހިއްސާކުރުމުން، އަދަދުތައް އެނގުމުން އެއީ ޕާލަމެންޓް މެމްބަރުންނަށް ކެތްކުރެވޭވަރު އަދަދަކަށް ނުވިއެވެ. މެމްބަރުންތައް ރޮއި ހޭރެމުން ޖަލްސާކުރާ މާލަމުން ނުކުންނަ މަންޒަރާއި، ފާރުގައި ބޯއަޅައިގެން ތިބެ ރޯ މަންޒަރު، ލީކްވެފައިވާ ވީޑިއޯއިން ފެނެއެވެ.
އިސްރާއީލު ސިފައިންގެ އެތައްބަޔަކު ޒަޚަމްވެގެން ހޮސްޕިޓަލަކަށް ވައްދަން އެމްބިއުލެންސްތައް ކިޔޫގައި ޖެހިފައި ތިބި މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައިވެއެވެ.
صور مسربة لأعضاء الكنيست الاسرائيلي بعد خروجهم من جلسة سرية مغلقة اطلعوا فيها على الأعداد الحقيقية للقتلى والجرحى من جنود جيش الاحتلال وحجم الخسائر التي يتكبدونها في غزة و الصور كافية لكشف حجم الكارثة والهزيمة التي يعيش فيها الإحتلال ويفسر جنون القصف والتدمير العشوائي لكل شيء في… pic.twitter.com/hhvVnpKbw7
— A Mansour أحمد منصور (@amansouraja) November 1, 2023
(Leaked photos of members of the Israeli Knesset after they left a secret, closed session in which they were informed of the real numbers of dead and wounded soldiers of the occupation army and the size of the losses they suffer in Gaza. The photos are sufficient to reveal the extent of the disaster and defeat in which the occupation is experiencing and explain the madness of bombing and random destruction of everything in Gaza.)
މި މަންޒަރުތަކުން ސާފުވެ އެނގޭ ހަގީގަތަކީ، ޣައްޒާއަށް އެއްގަމު މަގުން އަރައިގެންފައިވާ ޓެރަރިސްޓު ސިފައިންނަށް ހަމާސްއާއި، އިސްލާމިކް ޖިހާދު ޖަމާއަތުން ދެމުންގެންދާ ހަމަލާތަކުގެ ވަރުގަދަ ކަމާއި، އެ ހަމަތާކުން ލިބެމުންދާ ގެއްލުންތަކުގެ ބޮޑުކަމެވެ.
އަދި ހަނހުރާމައިގައި ޓެރަރިސްޓުން ބަލިވަމުންދާކަމެވެ.
މިއީ، އިސްރާއީލުން ޣައްޒާއަށް ގޮތެއްފޮތެއް ނުބަލައި ބޮންއަޅައި އެތައްހާސް ބަޔަކު ޝަހީދުކުރަމުންދާ ދިއުމުގެ ނަތީޖާއެވެ.
ޣައްޒާގެ ހަތަރު ދިމާއަކުން އިސްރާއީލު ސިފައިންގެ އެއްގަމު މަގުން އަރައިގެންފައިވާއިރު، އެމީހުންނާއެކު އެމެރިކާގެ ޑެލްޓާ ފޯރސްގެ އެތައް ސިފައިންވެސް ޣައްޒާއަށް އަރާފައި ވެއެވެ.
އެމެރިކާ ސިފައިންގެ މައިގަނޑު މަސައްކަތަކީ ހަމާސްއިން ހައްޔަރު ކޮށްފައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމެވެ.
އެހެން ނަމަވެސް، ހަމާސްއާއި، އިސްލާމިކް ޖިހާދުގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންނާއި، އެމެރިކާ ސިފައިންގެ އެތައްބަޔަކު މިހާތަނަށް މަރާލާފައިވާ ކަމަށް ހަމާސްގެ މަސްދަރުތަކުން ބުނެއެވެ.
އަދި ހަމާސްއިން އެމެރިކާ ސިފައިންގެ 27 މީހުންނާއި، އިސްރާއީލު ސިފައިންގެ 17 މީހުން އަސީރުންގެ ގޮތުގައި ހައްޔަރު ކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ހަމާސްއިން މިރޭ ބުނެފައިވަނީ، އުތުރު ހުޅަނގާއި، ދެކުނު ފަޅިން ޣައްޒާއަށް ވަދެގަތް އުދުވާނީ ސިފައިންގެ ފައުޖު އެއްކޮށް ނައްތާލެވިއްޖެ ކަމަށާއި، ހުރިހާ ވެހިކަލްތައްވެސް ހަލާކުކޮށްލެވުނު ކަމަށެވެ.
އިސްރާއީލުގެ ޗެނަލް 14 ޓީވީން ބުނެފައިވަނީ، ޣައްޒާއަށް ވަދެފައިވާ ސިފައިންގެ އެއް ޔުނިޓަކުން މިއަދު އެކަނިވެސް ސިފައިންގެ 20 މީހުން މަރުވެ، އެތައްބަޔަކު ޒަޚަމްވި ކަމަށެވެ.
ޣައްޒާއަށް ރޭގައި ވަދެގަތް ސިފައިންގެ ގްރޫޕަކަށް އެންޓި ޓޭންކް ގައިޑެޑް މިސައިލަކުން ހަމަލާދީ، ޓެރަރިސްޓު ސިފައިންގެ 10 މީހުން މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލިއެވެ.
ޣައްޒާއަށް ވަދެގެންފައިވާ އިސްރާއީލުގެ ފައުޖުތަކަށް ހަމާސްގެ މުޖާހިދުން ހަމަލާދީ، ޓޭންކްތަކާއި، ބުލްޑޯޒަރުތައް ގޮއްވާ މަންޒަރު ފެންނަ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އަދި ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އިސްމާއިލް ހަނިއްޔާ މިއަދު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޣައްޒާއަށް އަރައިގެންފައިވާ ދުޝްމަން ސިފައިންނަށް މުޖާހިދުން ދެމުންގެންދާ ހަމަލާތަކުގައި މަރާލެވުނު ސިފައިންގެ އަދަދުތަކާއި، ހަލާކުކޮށްލެވުނު ހަތިޔާރުގެ އަދަދުތައް ހަމާސްއިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށާއި، އެ އަދަދު ތަކަކީ ނަތަންޔާހޫއާއި އިސްރާއީލު ރައްޔިތުން "ސިއްސައިގެންދާނެ" އަދަދުތަކެއް ކަމަށެވެ.
ހަބަރު: ވީނިއުސް
Advertisement
1 ނޮވެމްބަރ 2023