އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު
ޣައްޒާ ވަށާލެވި ޣައްޒާގެ ހުރިހާ ދިމާއަކުން އެތެރެއަށް ވަންނަމުންދާކަމަށް އިޒްރޭލުން ބުނެފިއެވެ. މިހައިތަނަށް މަރުވީ 335 ސިފައިން ކަމަށްވެސް ބުނެއެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުންގެ ބަސްމަގުހުރީ މުޅި ދުނިޔެ އެމީހުންނަށް ބާރު އެޅިނަމަވެސް އެމީހުން ޙާޞިލްކުރަން ބޭނުންވާ މަޤްޞަދު ޙާޞީލްކުރަނެ ކަމަށެވެ.
އަލްޖަޒީރާއިން ބުނެފައިވަނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން މިހައިތަނަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދުވި ޣައްޒާ ރައްޔިތުންގެ ޢަދަދު 9061 އަށް އަރާފައިފާކަމަށް ރިޕޯޓްތައް ބުނެއެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން މިހާރުވެސް ގެންދަނީ މެދުކެނޑުމެއް ނެތި ފލަސްޠީނުގެ އިތުރު ސިޓީތަކަށް ބޮންއަޅަމުންނެވެ.
ހިޒްބުﷲ ޖަމާޢަތުގެ އިސްވެރިޔާ ޙަސަން ނަޞްރުﷲ މިއަދުގެ ވަޤުތެއްގައި ފުރަތަމަ ފަހަރަށް ހަނގުރާމައާއިބެހޭގޮތުން ވާހަކަދައްކަވާނެ ކަމަށް އޮތީ ބެލެވިފައެވެ.
މިހައި ހިސާބަށް ކަންތައްތައް ދިއައިރުވެސް ކޮންމެ ގޮތަކަށް ލޭބަލްކުރިނަމަވެސް އީރާނުގެ އެހީތެރިކަން ލިބިގެން ޙަރަކާތްތެރިވަމުން އަންނަ ޖަމާޢަތްތައް ނޫން އެއްވެސް ބައަކު ޣައްޒާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ ދިފާޢުގައި ޢަމަލީގޮތުން އެއްވެސް ކަމެއް ކުރިކަން އެނގޭކަށް ނެތެވެ.
Advertisement
3 ނޮވެމްބަރ 2023