އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިމިގެންދިއަ ރިޔާސީ އިންތިޚާބުގަވެސް ރައްޔިތުން އަންގައިދިނީ އަދިވެސް ތިބީ ނަޞްރުގެ ދުވަހުގެ ޢަޒުމުގަކަން!

ނިމިގެންދިއަ ރިޔާސީ އިންތިޚާބުގަވެސް ރައްޔިތުން އަންގައިދިނީ އަދިވެސް ތިބީ ނަޞްރުގެ ދުވަހުގެ ޢަޒުމުގަކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ޙަޤީޤީ ދިވެހިންނަކީ އިސްލާމް ދީނާއި ޤައުމުގެ ދިފާޢުގަ ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާން އަބަދުވެސް ތައްޔާރަށް ތިބޭ ބައެކެވެ. އެހެންކަމުން ނިމިގެންދިއަ ރިޔާސީ އިންތިޚާބުގައިވެސް ރައްޔިތުން އަންގައިދިނީ އަދިވެސް ތިބީ ނަޞްރުގެ ދުވަހުގެ ޢަޒުމުގަކަމެވެ. 

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިކުރުވި ޢުދުވާނީ ޙަމަލާއާއި ގުޅިގެން ރައްޔިތުން ނަޞްރުދިނީ ޤައުމާއި ދީނަށެވެ. ޓެރަރިސްޓުންނާއި ހަމައެކަކުވެސް ބައިވެރިނުވީ އެއިރު އޮތް ވެރިކަމަށް ރުހޭތީއެއް ނޫނެވެ. ނަމަވެސް ދީނާއި ޤައުމަށް އިސްކަންދޭތީއެވެ. 

މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ފެނިގެންދިއައީ ހަމައެކަމެވެ. ޖީބަށް ކިތަންމެ ގިނަ ފައިސާތަކެއް އެޅިނަމަވެސް އަދި ތަރައްޤީގެ މަޝަރޫޢުތައް ހިންގިނަމަވެސް ރައްޔިތުން ދީނާއި ޤައުމަށް އިސްކަންދޭނެކަމެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކުރާނެ ކަމެވެ. އެހެން ހުރިހާ ކަމެއްގެ ކުރތިއަށް ދީނާއި ޤައުމު ނެރޭނެ ކަމެވެ. 

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުމަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކޮށްދެއްވުމެވެ. އިސްލާމް ދީން ނޫން އެހެންވެސް ދީނަކަށް މިފަސްގަނޑުން ފުރުޞަތު ނުދެއްވުމެވެ. އިސްލާމް ދީނުގެ ޢަދާވާތްތެރިންނަށް އަޅުވެތިނުވެ ޤައުމާއިގެން ކުރިއަށް ވަޑައިގަތުމެވެ. 

ފައިސާގެ ދަހިވެތިކަމުގައި އަޅުވެތިވުމުން ފެންނާނެ ކަންކަން ފާއިތުވެގެން މިދާ 5 އަހަރު ވަނީ ފެނިފައެވެ. ހީންދޫންގެ ތަފާތު ދީންތަކަށް ފައުލުގައި ވަނީ ރާއްޖޭގައި އަޅުކަންކޮށްފައެވެ. ސިއްރަކުން ނޫނެވެ. ބޭއްވި ބޮޑެތި ރަސްމިއްޔާތު ތަކުގައިވެސް ވަނީ އަޅުކަންކޮށްފައެވެ. އެމީހުންގެ ފައިސާގައި ހިފާފައިވުމުން އެއިން އެއްވެސް ކަމަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅަން ވަނީ ނުކުޅެދިފައެވެ.

ވީމާ ކުރިން ހީވެސް ނުކުރެވޭ ކެންޑިޑޭޓަކު، ނުކުމެ ވަޑައިގެން އެހައި ބޮޑު ކާމިޔާބީއެއް ހޯއްދެވުމުގެ ފުރުޞަތު ލިބިވަޑައިގަތީ މިބަޔާންކުރި ފަދަ ސަބަބުތަކަށްޓަކައެވެ. ﷲ ތަޢާލާ ޤައުމުގެ ޙާލަތު ބަދަލުކުރައްވަވައި ދެއްވެވީ ޤައުމުގެ ގިނަ ބައަކު އެކަމަށް އެދި ދުޢާކުރުމުންނެވެ. މިއަދު އިންތިޚާބީ ރައީސަށް އޮތީ މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު މާތް ﷲ އަށް ތެދުވެރިވެވަޑައިގަތުމެވެ. ރައްޔިތުންނަށް އިކްލާޞްތެރިވެވަޑައިގަތުމެވެ. 

ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއަށް 35 އަހަރު ފުރުނީއެވެ. އެދުވަހު ކުރިމަތިވި ހިތްދަތިކަމުގެ ހަނދާންތައް އަދިވެސް ހިތްތަކުގައި ހަރުލާފައިވަނީ ދެންމެވީކަމެއް ފަދައިންނެވެ. އެހިތި ހަނދާންތައް ދުވަހަކުވެސް ދިވެހިންގެ ހިތްތަކުން ފިލައިގެން ނުދާނެއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް