އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައްޑޫ ސިޓީގެ މަޖިލިސް ގޮނޑިތައް ޕީޕީއެމަށް ބަދަލުކޮށްލުމުގެ ހިތްވަރު އައްޑޫ ރައްޔިތުންގެ ކިބައިގަ އެބަހުރި!: ރެޑްވޭވް ސަލީމް

އައްޑޫ ސިޓީގެ މަޖިލިސް ގޮނޑިތައް ޕީޕީއެމަށް ބަދަލުކޮށްލުމުގެ ހިތްވަރު އައްޑޫ ރައްޔިތުންގެ ކިބައިގަ އެބަހުރި!: ރެޑްވޭވް ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ޕީޕީއެމަށް ބަދަލުކޮށްލުމުގެ ހިތްވަރު އައްޑޫ ރައްޔިތުންގެ ކިބައިގަ އެބަހުރި ކަމަށް މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް  (ރެޑްވޭވް ސަލީމް) ވިދާލުވެއްޖެއެވެ. 

އައްޑޫ ސިޓީ ހިތަދޫގައި ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ މިހައިތަނަށް މަޖިލީހުގެ އައްޑޫ ސިޓީގެ ގޮނޑިތައް ޕީޕީއެމަށް ލިބެނީ މަދުން ކަމަށާއި އެޙާލަތު ބަދަލުކުރަންޖެހޭ ކަމަށެވެ. އެޙާލަތު ބަދަލުކުރުމުގެ ހިތްވަރު އައްޑޫސިޓިގެ ރައްޔިތުންގެ ކިބައިގައި އެބަހުރިކަން ނިމިގެންދިއަ މަޖިލިސް އިންތިޚާބުން ރަނގަޅަށް އެނގޭ ކަމަށެވެ. 

ސަލީމް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޢިލްމީ ޤާބިލް ބޭފުޅެއް ކަމަށާއި އައްޑޫ ސިޓީގެ ތަރައްޤީއަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށެވެ. އެހެންވެ ފުރަތަމަ އަހަރުގެ ބަޖެޓުގައިވެސް ހިތަދޫ އާއި މީދޫ ގުޅުވައިލަދޭ ބްރިޖުގެ މަޝްރޫޢަށް ފައިސާ ހިމަނުއްވާފައިވާ ކަމަށެވެ. 

ސަލީމް ވިދާޅުވީ ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންވެސް މާޔޫސްވެގެން ނުވާނެ ކަމަށެވެ. ޕީޕީއެމުން ބޭނުންވީ ރިޔާސީ ރޭހުގައި ރައީސް ޔާމީނު ވާދަކުރައްވަން ކަމަށާއި މަސައްކަތްކުރީވެސް އެކަމަށް ކަމަށެވެ. ނަމަވެސް ތަޤްދީރު އެގޮތް މިންވަރު ނުކުރެއްވެވީ ކަމަށާއި ޕްރައިމަޜީގައި ވާދަކުރާ ކެންޑިޑޭޓުންވެސް ވިސްނައި ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމަށެވެ. 

އަދި މާތް ﷲ ގެ ވާގިފުޅާއިއެކު ރައްޔިތުން ކުރި މިންނަތް މަސައްކަތުން މިހާރު ޕީޕީއެމްޕީއެންސީއަށް ހޯދިފައިވާ ކާމިޔާބީ ދަމަހައްޓަން ހުރިހާ އެންމެންވެސް މަސައްކަތްކުރަންވާނެކަމަށާއި ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވުމަކީ އެއީ ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް