އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާ ސަރަޙައްދަށް ބޮން އަޅައި ފުނޑުފުނޑުކުރަމުން ގެންދާ ޢިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ މީހުން، އެމީހުން ސަލާމަތްކޮށްދިނުން އެދި ރޯ ރުއިމުގެ އަޑު ނުކެނޑެއެވެ.
ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރަން ބޭނުންކުރާނެ ވަސީލަތްތައް ނެތުމުން އެމީހުން މަސައްކަތްކުރަމުން ގެންދަނީ އަތުންނެވެ. ރޭވެސް ވަނީ ތާށިވެ ވަޅުލެވިފައި ތިބި ބައެއް މީހުން ސަލާމަތްކޮށްފައެވެ.
ނުސައިރަތު ރިފިޔުޖީ ކޭމްޕަށް ރޭވެސް ވަނީ ޙަމަލާދީފައެވެ. އެހެންކަމުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ޣައްޒާ ސަރަޙައްދަށް ބޮން އަޅަމުންދަނީ ހަމާސްގެ ހަނގުރާމަވެރިން ނައްތާލަން ނޫންކަމާއި ފަލަސްޠީނުގެ ނަސްލު ނައްތާލަންކަން ދުނިޔެއަށް އަންނަނީ ހާމަވަމުންނެވެ.
އިނގިރޭސިވިލާތާއި އެމެރިކާގެ ސަރުކާރުން ހަނގުރާމަ ހުއްޓާލަން ތާއީދުނުކުރި ނަމަވެސް އެމެރިކާގެ ވޮޝިންގޓަނުގައާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އެތައްހާސް ބައަކު ވަނީ މުޒާހަރާކޮށްފައެވެ.
Advertisement
5 ނޮވެމްބަރ 2023