އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ހުރިހާ ޤާނޫނުތަކުގެ ބޭރުން ޔަހޫދީން އަތުލައިގަނެ ހިފަހައްޓާފައިވާ ހޮސްޓެޖުންގެ ޢަދަދު މާގިނަ! ދިފާޢުވުމުގެ ބާރު ލިބެންޖެހޭނީ އިޒްރޭލަށް އެކަނި ކަމަށް ބުނީ ކާކު؟

ދުނިޔޭގެ ހުރިހާ ޤާނޫނުތަކުގެ ބޭރުން ޔަހޫދީން އަތުލައިގަނެ ހިފަހައްޓާފައިވާ ހޮސްޓެޖުންގެ ޢަދަދު މާގިނަ! ދިފާޢުވުމުގެ ބާރު ލިބެންޖެހޭނީ އިޒްރޭލަށް އެކަނި ކަމަށް ބުނީ ކާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

އިޒްރޭލަށް ތާއީދުކުރާ މީހުންގެ އަނގައިން ކިޔޭ އެންމެ ގިނަ ބަހަކީ "ހަމާސް އިން ހިފަހައްޓާފައިވާ ހޮސްޓޭޖުން، ހޮސްޓޭޖުން، ހޮސްޓޭޖުން" މިއެވެ. މިދައްކަނީ ކިތައް މީހުންގެ ވާހަކަ ހެއްޔެވެ؟ މިދައްކަނީ އެންމެ 200 ވަރަކަށް މީހުންގެ ޥާހަކަ ނޫންހެއްޔެވެ؟ 

ނިކަން ބުނެބަލާށެވެ. އިޒްރޭލުގެ ޖަލުތަކުގައި އެއްވެސް ޝަރީޢަތެއް ނުކޮށް ބަންދުކޮށްފައި ތިބީ ކިތައް މީހުންހެއްޔެވެ؟ ކިތައް ކުޑަކުދިން ހެއްޔެވެ؟ ކިތައް ތުއްތުކުދިންހެއްޔެވެ؟ އަހުރެން ޤަބޫލުކުރާ ގޮތުގައި ޢަދަދު ނުވެސް އެނގޭނެއެވެ. 600. 800، 1000 މިއީ އަހުރެން ޤަބޫލުކުރާ ޢަދަދުތަކެއް ނޫނެވެ. 

ނިކަން ބުނެބަލާށެވެ! މިއެންމެންނަކީ ހޮސްޓޭޖުން ނޫން ދެން އެހެން ކޮންބައެއް ހެއްޔެވެ؟ އަހުރެން ބުނާނީ މިއެންމެންނަކީވެސް ހަމަ ހޮސްޓޭޖުން ކަމަށެވެ. ކިޔާނެ އެހެން ނަމެއް ނެތްކަމަށެވެ. 

ދެން އޮތީ އިޒްރޭލަށް ދިފާޢުވުމުގެ ޙައްޤު ލިބިގެންވާ ކަމުގެ ވާހަކައެވެ. ދިފާޢުވުމުގެ ޙައްޤަކީ ހަމައެކަނި އިޒްރޭލަށް ލިބިގެންވާ ޙައްޤަކީހެއްޔެވެ؟ ދިފާޢުވުމުގެ ޙައްޤު ފަލަސްޠީނަށް ނެތީ ހެއްޔެވެ؟ ދުނިޔޭގައި ހުރިހާ ހިނދަކު ކޮންމެ އިންސާނަކަށް ލިބެންޖެހޭ ޙައްޤެއް ހަމައެކަނި ޔަހޫދީން ކިޔުމުން ލިބިފައި މުސްލިމުން ކިޔުމުން ލިބިގެން ނުވާނެ ކަމަށް ކަނޑައެޅުމަކީ ކޮން ހަމައަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ 

ހުރިހާވެސް ނުބައަކީ އެމެރިކާއެވެ. ޔަހޫދީންނަށް ނުބައިހަދަން ހިތްވަރުދީ އެހީތެރިވަނީ އެމެރިކާއެވެ. ޔަހޫދީން ލައްވައި ނުބައި ހައްދުވަނީ އެމެރިކާއެވެ. އެމެރިކާއިން ޔަހޫދީން ދިފާޢުކޮށް ހިތްވަރުދީ އެހީތެރިވުން މިހާރު ހުއްޓައިލި ނަމަވެސް ތިއަބުނާ ބާރުގަދަ އިޒްރޭލަށް ޖެހޭނީ ބަނޑުބިންމަތީގައި ޖައްސާށެވެ! 

ދަންނަވަންތޯއެވެ! މިއީ މިއަދު މުސްލިމުން ދައްކާ ވާހަކަތަކެއް ނޫނެވެ. މުސްލިމުންނާއި ޢަދާވާތްތެރި ކާފިރުން ދައްކާ ވާހަކަތަކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު